ލޯކަލް ޓޫރިޒަމް ތައާރަފްކުރީތީ ނަޝީދާއި މާފުށީ ރައްޔިތުންނަށް ރައީސްގެ ޝުކުރު

Dec 28, 2021, 2:40 PM
ރައީސް ނަޝީދު އިނގިރޭސި ވިލާތުގައި ހުންނެވުމަށް ފަހު ރާއްޖެ ވަޑައިގަތުމުން ރައީސް ސޯލިހު އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް

ރައީސް ނަޝީދު އިނގިރޭސި ވިލާތުގައި ހުންނެވުމަށް ފަހު ރާއްޖެ ވަޑައިގަތުމުން ރައީސް ސޯލިހު އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް

ލޯކަލް ޓޫރިޒަމްއާ އެކު ރާއްޖޭގެ އިގްތިސާދަށް ކުރިއެރުން ލިބިފައިވާ ކަމަށާއި އެކަން ތައާރަފްކުރެއްވީތީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަދި އެކަން ތަރައްގީކުރީތީ މާފުށީ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޝުކުރުއަދާކުރައްވައިފި އެވެ.

މާފުށްޓަށް އިތުރުކުރި ބިމާއި ޕިކްނިކް އައިލެންޑް ރަށު ކައުންސިލާ ހަވާލުކުރަން މިއަދު ހަވީރު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވިދާޅުވީ އެ ރަށަކީ ލޯކަލް ޓުއަރިޒަމްގެ ނަމޫނާ ރަށެއް ކަމަށެވެ.

"ލޯކަލް ޓުއަރިޒަމް ރާއްޖެއަށް ތައާރުފްވެގެން މިއައީ، ކުރީގެ އަޅުގަނޑުމެންގެ ވެރިކަމުގެ ދުވަސްވަރު. އެކަމަށްޓަކައި އޭރުގެ ސަރުކާރަށާއި އަދި ހާއްސަކޮށް، ރައީސް ނަޝީދަށް މިކަމުގައި އަޅުގަނޑުމެން ޝުކުރު އަދާކުރަންޖެހޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަންނަ އަހަރު ބައިގަރުނު ފުރޭ ރާއްޖޭގެ ޓުއަރިޒަމަކީ، ދުނިޔެއަށް ނަމޫނާ ޓުއަރިޒަމެއް ކަމަށާއި އެންމެ ފުރަތަމަ ތައާރަފްވި ވަން އައިލެންޑް، ވަން ރިޒޯޓް ކޮންސެޕްޓަކީ މުޅި ދުނިޔެ ގަބޫލުކުރި ނަމޫނާ ޓުއަރިޒަމެއް ކަމަށެވެ.

"އެއަށް ފަހުގައި، ދެން މިއައީ ލޯކަލް ޓުއަރިޒަމް، ގެސްޓްހައުސް ޓުއަރިޒަމް. ރާއްޖޭގެ ގެސްޓްހައުސް ޓުއަރިޒަމް މިއަދު މިވަނީ ދުނިޔޭގެ ނަމޫނާ ޓުއަރިޒަމަކަށް ވެގެންގޮސްފައި. އެހެން ގައުމުތަކުގައި އެ ފެންނަފަދަ ގެސްޓްހައުސްތަކެއް ނޫން ރާއްޖޭގައި ހުރީކީ. މާ ފުރިހަމަ، މާ ފައްކާ، ހުރިހާ ވަސީލަތްތަކެއް ފުރިހަމަވެފައި ހުރި ގެސްޓްހައުސްތަކެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިކަން ފެށިގެން އައީ މާފުށިން ކަމަށާއި މާފުށީގެ ރައްޔިތުންގެ ދުރު ވިސްނުމާއި، މިކަމަށް ހުރި ޝައުޤު އެކަމުން ފާޅުވެގެން ހިނގައްޖެ ކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި، ހާއްސަކޮށް، މި ރަށުގެ އިގްތިސާދަށް ބޮޑު ބަދަލުތަކެއް އައިސް، ކުރިއެރުންތަކެއް އަތުވެއްޖެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެކަމަށްޓަކައި މާފުށީގެ ރައްޔިތުންގެ ވިސްނުން އެހުރިގޮތުން، ރާއްޖެއަށް މިކުރި ފައިދާއަށްޓަކައި، މާފުށީގެ ހުރިހާ ރައްޔިތުންނަށް ސަރުކާރުގެ ނަމުގައި، އަޅުގަނޑުގެ އަމިއްލަ ނަމުގައި އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ނަމުގައި އިހްލާސްތެރިކަމާ އެކުގައި އަޅުގަނޑު ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox