ސިއްހީ ފަންނުވެރިންނަށް ކުރިއެރުން ނުލިބޭތީ ސިވިލް ސާވިސް އާއި ފިނޭންސް އަދި ހެލްތު ގޮވައިގެން ކޯޓަށް

ސިއްހީ މަސައްކަތްތެރިންގެ މައްސަލަ ކޯޓަށް ހުށަހަޅަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއައިއެލްސީގެ ވަކީލުންނާއި އެމްއެޗްޕީޔޫގެ އިސްފަރާތްތައް: މި މައްސަލަ ކޯޓަށް ހުށަހެޅީ 498 ސިވިލް ސާވަންޓުންގެ ފަރާތުން. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސިއްހީ މަސައްކަތްތެރިންގެ މައްސަލަ ކޯޓަށް ހުށަހަޅަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއައިއެލްސީގެ ވަކީލުންނާއި އެމްއެޗްޕީޔޫގެ އިސްފަރާތްތައް: މި މައްސަލަ ކޯޓަށް ހުށަހެޅީ 498 ސިވިލް ސާވަންޓުންގެ ފަރާތުން. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސިއްހީ ދާއިރާގެ މަސައްކަތްތެރިންނަށާއި ފަންނުވެރިންނަށް މުސާރަ އާއި މަގާމުގެ ކުރިއެރުން ލިބޭނެ އޮނިގަނޑެއް ނެތި ވަޒީފާގެ ކުރިއެރުން ނުލިބޭ މައްސަލައިގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއި ފިނޭންސް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.

ސިއްހީ ފަންނުވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން (އެޗްޕީޔޫ) އިސްވެ އޮވެ، ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ 489 ސިވިލް ސާވަންޓުންގެ ފަރާތުންނެވެ. އެއީ މާލެ ހިމެނޭ ގޮތަށް 14 އަތޮޅެއްގެ ސަރުކާރުގެ ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގައި މަސައްކަތްކުރާ އެކި ދާއިރާތަކުގެ މުވައްޒަފުން އޭގެ ތެރޭގައި ހިމެނެ އެވެ.

އެ މުވައްޒަފުންގެ ތެރޭގައި ލެބް ޓެކްނީޝަނުންނާއި، ރޭޑިއޮލޮޖިސްޓުންނާއި، ބަޔޯ މެޑިކަލް އިންޖިނިއަރުންގެ އިތުރުން އިލެކްޓްރީޝަނުންނާއި މަސައްކަތްތެރިން ހިމެނެ އެވެ.

މި މައްސަލަައިގައި ސިވިލް ސާވަންޓުންގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރާނީ، ހިލޭ ސާބަހާ ގާނޫނީ ހިދުމަތްތައް ފޯރުކޮށްދޭ ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިންނެވެ.

މިކަން އިއުލާނުކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއައިއެލްސީގެ ފަރާތުން ވަކީލާ މަރިޔަމް ޝުނާނާ ވިދާޅުވީ، ކޯޓަށް ދާން ނިންމީ އެކި ގޮތްގޮތުން މަސައްކަތްކޮށްގެން 15 އަހަރު ވީއިރުވެސް ހައްލެއް ނުލިބެގެން ކަމަށެވެ.

"ވަޒީފާއާ ބެހޭ ގާނޫނުން ކެރިއާ ބޭސްޑް ނިޒާމެއްގެ ތެރެއިން ވަޒީފާގެ ކުރިއެރުން ލިބޭނެ މަގުފަހިކޮށްދޭން ސިވިލް ސާވިސް ކޮމިޝަނުގެ މައްޗަށް ލާޒިމުކުރޭ. އެހެންކަމުން ދައުލަތުން އެދަނީ މަސައްކަތްތެރިންގެ އަސާސީ ހައްގެއް ނިގުޅައިގަންނަމުން" ޝުނާނާ ވިދާޅުވި އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައި ބުނާ ގޮތުން މި އޮނިގަނޑު އެކުލަވާލަން ޖެހޭނީ ސީއެސްސީންނެވެ. މިހާތަނަށް ސީއެސްސީން އެކުލަވާލާފައިވަނީ ޑޮކްޓަރުންނާއި، ނަރުހުންނާއި، ޓީޗަރުންނަށް ޕްރޮމޯޝަން ލިބޭނެ އޮނިގަނޑެކެވެ. އެކަމަކު ސިއްހީ ދާއިރާގެ އެހެން ފަންނުވެރިންނަށް ޕްރޮމޯޝަން ލިބޭނެ އޮނިގަނޑެއް އެކުލަވާލުމުގައި އެ ކޮމިޝަނުން އިހުމާލުވެފައިވާ ކަމަށް ޝުނާނާ ވިދާޅުވި އެވެ.

ޝުނާނާގެ ވާހަކަތަކަށް ތާއީދުކުރައްވަމުން އެމްއެޗްޕީޔޫގެ ޖެނެރަލް ސެކެޓްރީ ފާތިމަތު ޒިންމާ ވިދާޅުވީ ކޯޓަށް މައްސަލަ ހުށަހަޅަން ޖެހުނީ ތަކުރާރުކޮށް ކުރި މަސައްކަތުން އެއްވެސް ހައްލެއް ނުލިބިގެން ކަމަށެވެ.

އަދި، އެ ޖަމިއްޔާ އުފެދުނު ފަހުން ދެ ހެލްތް މިނިސްޓަރަކާއި، ކުރީ ދައުރުގެ ސިވިލް ސާވިސް ކޮމިޝަނާއި މިހާރު ކޮމިޝަނާއި ނޭޝަނަލް ޕޭ ކޮމިޝަނާ ވެސް ބައްދަލުކޮށްގެން އެއްވެސް ހައްލެއް ނުލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކި ފަހަރު މަތިން މަސައްކަތް ކުރެވިއްޖެ. ބައެއް ފަހަރު ދަންނަވަނީ (އޮނިގަނޑު އެކުލަވާނުލެވިގެން އުޅެނީ) ބަޖެޓު ނެތިގެންނޭ. ޕޮލިޓިކަލީ ޕްރަޔޯރިޓައިޒް ކުރެވޭ ގޮތެއްގެ މަތިންނޭ (އެކަން ވާނީ)،" ޒިމްނާ ވިދާޅުވި އެވެ.

މައްސަލަ ކޯޓަށް ހުށަހެޅި ނަމަވެސް އަދިވެސް އިސްކުރާނީ މަޝްވަރާކަމަށް ޕީއައިއެލްސީން ބުންޏެވެ. އެގޮތުން މަދަނީ މައްސަލަތަކުގައި އޮންނަ އުސޫލުތަކުގެ ތެރެއިން ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާއިން މައްސަލަ ހައްލުކުރަން މަރުހަބާ ކިޔާނެ ކަމަށް ޝުނާނާ ވިދާޅުވި އެވެ.

އަންނަ އަހަރު ސަރުކާރުން ތަންފީޒުކުރަން ނިންމާފައިވާ ނޭޝަނަލް ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ދަށުން ސަރުކާރު މުވައްޒަފުންގެ އުޖޫރައިގެ މައްސަލަ ހައްލުވެގެން ދާނެ ކަމަށް ސަރުކާރުން ބުނެ އެވެ. އަދި މިކަމަށް އަންނަ އަހަރަށް ބޭނުންވާނެ ފައިސާ ވެސް ވަނީ ބަޖެޓު ކުރެވިފަ އެވެ.

އެމްއެޗްޕީޔޫގެ ޖެނެރަލް ސެކެްޓްރީ ފާތިމަތު ޒިމްނާ: ވިދާޅުވީ ހައްލު ހޯދަން ލައްކަ މަސައްކަތް ކުރެވިއްޖެ ކަމަށް. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
އެމްއެޗްޕީޔޫގެ ޖެނެރަލް ސެކެްޓްރީ ފާތިމަތު ޒިމްނާ: ވިދާޅުވީ ހައްލު ހޯދަން ލައްކަ މަސައްކަތް ކުރެވިއްޖެ ކަމަށް. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އެމްއެޗްޕީޔޫގެ ޖެނެރަލް ސެކެްޓްރީ ފާތިމަތު ޒިމްނާ: ވިދާޅުވީ ހައްލު ހޯދަން ލައްކަ މަސައްކަތް ކުރެވިއްޖެ ކަމަށް. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މި ސިޔާސަތު ތަންފީޒުކުރަން ފެށުމުން ހައްލެއް ލިބިދާނެތޯ "އަދަދު" އިން ސުވާލުކުރުމުން ޒިމްނާ ވިދާޅުވީ، މައުލޫމާތު ލިބެނީ މި ސިޔާސަތު ތަންފީޒުކުރެވިގެން ދާނީ އެކި ދާއިރާތައް ހާއްސަކުރެވިގެނެ ކަމަށް ކަމަށެވެ. އެހެންވުމާއެކު، މިހާރު ހުރި ކަންބޮޑުވުންތަކަށް މި ސިޔާސަތުން ހައްލު ލިބޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝުނާނާ ވެސް ވިދާޅުވީ އެކި ސަރުކާރުތަކުން އެކި ވައުދުވެ، އެކި ވާހަކަތައް ދެއްކި ނަމަވެސް އެކަން ނުވާ ކަމަށެވެ. އަދި، ހުސް ވާހަކަތަކަކަށް ބަރޯސާވެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މި މައްސަލަ 498 މުވައްޒަފުންގެ ފަރާތުން ހުށަހެޅި ނަމަވެސް މިއީ ހުރިހާ ސިއްހީ މަސައްކަތްތެރިންގެ މަސްލަހަތު ހިމެނޭ މައްސަލައެއް ކަމަށެވެ. އަދި ޕްރޮމޯޝަން ލިބޭނެ އޮނިގަނޑެއް އެކުލަވާލާ އަމަލުކުރަން ފެށުމުން ނޫނީ މައްސަލަ ނުނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ބުނަނީ ޕްރޮމޯޝަން ދޭށެކޭ ނޫން. ޕްރޮމޯޝަނަށް ކޮންސިޑާ ކުރެވޭނެ ގޮތެއް އޮންނަންވާނެޔޭ. މިހާރު ކޮންސިޑާ ކުރެވޭނެ ގޮތެއް ވެސް ނެތީ،" ޝުނާނާ ވިދާޅުވި އެވެ.

މި މައްސަލަ ހުށަހެޅުމުގައި އިސްކޮށް ހަރަކާތްތެރިވާ އެމްއެޗްޕީޔޫން ވަނީ އިތުރު ފަރާތްތަކުން މައްސަލައިގައި ބައިވެރިވުމަށް ދައުވަތު އަރުވާފަ އެވެ. އަދި މިކުރާ މަސައްކަތުގައި ޖަމިއްޔާއާ ގުޅިގެން ކުރިޔަށް ދާން ވެސް ވަނީ ދައުވަތު އަރުވާފަ އެވެ.

އެމްއެޗްޕީޔޫއަކީ ލެބް ޓެކްނީޝަނުންތަކެއް އިސްވެ އޮވެ ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތުކުރަން 2019 ގައި އުފެއްދި ޖަމިއްޔާއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox