ޗައިނާގެ ޖައްވީ ސްޓޭޝަނާއި ސްޕޭސް އެކްސްގެ ދެ ސެޓެލައިޓް އެކްސިޑެންޓު ނުވީ ކިރިޔާ!

ޗައިނާގެ އެސްޓްރޮނޯޓުން ޖައްވީ ސްޓޭޝަންގެ ބޭރުގައި މިދިޔަ ނޮވެމްބަރު މަހު މަސައްކަތް ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ޗައިނާގެ އެސްޓްރޮނޯޓުން ޖައްވީ ސްޓޭޝަންގެ ބޭރުގައި މިދިޔަ ނޮވެމްބަރު މަހު މަސައްކަތް ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ބެއިޖިން، ޗައިނާ (ޑިސެމްބަރު 28) - ޗައިނާގެ ޖައްވީ ސްޓޭޝަނާއި ސްޕޭސް އެކްސްގެ ދެ ސެޓެލައިޓް އެކްސިޑެންޓުވާން އުޅުނުކަން އެނގުމުން ޗައިނާ މީހުން އެލޮން މަސްކްއަށް ފާޑުކިޔަން ފަށައިފި އެވެ.

ސްޕޭސް އެކްސްގެ ވެރިޔާ އަކީ ޗައިނާގައި މަގްބޫލު ކަރަންޓު ކާރު އުފައްދާ ޓެސްލާ ކުންފުނީގެ ބިލިއަނަރު އެލޮން މަސްކް އެވެ.

މި މަހު ޗައިނާ އިން އދ. ގެ ސްޕޭސް އެޖެންސީ އަށް ހުށަހެޅި ލިޔުންތަކުން އެނގޭ ގޮތުގައި ސްޕޭސް އެކްސްގެ ސްޓާލިންކް ސެޓެލައިޓްތަކާ އެކްސިޑެންޓު ވާން އުޅުމުން މިދިޔަ ޖުލައި އަދި އޮކްޓޯބަރުމަހު ވެސް ޗައިނާގެ ޓިއަންގޮންގް ޖައްވީ ސްޓޭޝަނުން "ހާއްސަ، އަވަސް ފިޔަވަޅުތަކެއް" އަޅަން ޖެހުނެވެ.

ލިޔުންތަކުގައިވާ ގޮތުން ދެ ފަހަރު ވެސް ސެޓެލައިޓްތައް ކުއްލިއަކަށް އޯބިޓް ބަދަލުވުމުން، ޖައްވީ ސްޓޭޝަނުގެ އޮޕަރޭޓަރުންނަށް ޖެހުނީ ދަތުރު ކުރާ ގޮތް ބަދަލު ކުރާށެވެ.

ސްޓާލިންކް 60 ސެޓެލައިޓް ހިފައިގެން 2019 ވަނަ އަހަރު ޖައްވަށް ދަތުރު ކުރި ސްޕޭސްއެކްސްގެ ރޮކެޓެއް. -- ފޮޓޯ: އޭއެފްޕީ
ސްޓާލިންކް 60 ސެޓެލައިޓް ހިފައިގެން 2019 ވަނަ އަހަރު ޖައްވަށް ދަތުރު ކުރި ސްޕޭސްއެކްސްގެ ރޮކެޓެއް. -- ފޮޓޯ: އޭއެފްޕީ

ސްޓާލިންކް 60 ސެޓެލައިޓް ހިފައިގެން 2019 ވަނަ އަހަރު ޖައްވަށް ދަތުރު ކުރި ސްޕޭސްއެކްސްގެ ރޮކެޓެއް. -- ފޮޓޯ: އޭއެފްޕީ

"ސެޓެލައިޓް ދަތުރު ކުރި ސްޓްރެޓެޖީ ސާފެއް ނޫނެ އަދި އޯބިޓުގައި ކުއްލިއަކަށް މައްސަލައެއް ދިމާވާނެކަން ދެނެގަތުމަކީ އުނދަގޫ ކަމެއް،" އޮކްޓޯބަރު މަހު ހިނގި ހާދިސާއާ ގުޅޭ ގޮތުން ޗައިނާ އިން ބުންޏެވެ.

ޗައިނާ އިން ބުނީ އެ ވަގުތު ޖައްވީ ސްޓޭޝަނުގައި ތިބި އެސްޓްރޮނޯޓުންގެ ފުރާނަ ހިމާޔަތް ކުރަން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އެޅި ކަމަށެވެ.

ޓިއަންގޮންގްގެ މާނައަކީ ސުވަރުގެޔެއް ފަދަ ގަނޑުވަރެވެ. އެ ސްޓޭޝަނަކީ ބޮޑު ޖައްވީ ބާރަކަށް ވާން ޗައިނާ އިން ކުރަމުންދާ މަސައްކަތުގައި އެންމެ ފަހުން ހޯދި ކާމިޔާބީ އެވެ. އޭގެ ކުރިން ޗައިނާ އިން ވަނީ މާސް އަށާއި ހަނދަށް ވެސް ތަހުލީލު ކުރަން އުޅަނދުތައް ފޮނުވާފަ އެވެ.

ޓިއަންގޮންގް ޖައްވީ ސްޓޭޝަނުގެ މައި މޮޑިއުލް ޖައްވަށް ފޮނުވީ މި އަހަރު އެވެ. ދެހާސް ބާވީސް ވަނަ އަހަރުގެ ތެރޭގައި އެ ސްޓޭޝަން ފުރިހަމަ ކެޕޭސިޓީގައި ބޭނުންކުރަން ފަށާނެ އެވެ.

ޖައްވީ ސްޓޭޝަނާއި ސެޓެލައިޓުތައް ޖެހެން އުޅުނުކަން އެނގުމާ އެކު ޗައިނާގެ ސޯޝަލް މީޑިއާގައި އަންނަނީ މަސްކް އާއި އޭނާގެ ކުންފުނިތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން އަންގާރަ ދުވަހުގެ ހެނދުނު އެއް ހޭޝްޓެގް 87 މިލިއަން ފަހަރު ވިޔުކޮށްފައި ވެ އެވެ.

އެއް ބަޔަކު ބުނީ ޗައިނާ މީހުން ޓެސްލާގެ ކާރުތައް ގަނެ، މަސްކް އަށް ފައިސާ ހޯދައި ދިނުމުން ލޯންޗު ކުރި ސްޓާލިންކު ސެޓެލައިޓްތަކުން ޗައިނާގެ ޖައްވީ ސްޓޭޝަނުގައި ޖެހުމަކީ ހެއްވާ ކަމެއް ކަމަށެވެ.

އެލޮން މަސްކް ޗައިނާގައި. އޭނާގެ ޓެސްލާ ކާރުތަކަށް ޗައިނާގައޮ މަގްބޫލުކަން ބޮޑު. -- ފޮޓޯ: އޭއެފްޕީ
އެލޮން މަސްކް ޗައިނާގައި. އޭނާގެ ޓެސްލާ ކާރުތަކަށް ޗައިނާގައޮ މަގްބޫލުކަން ބޮޑު. -- ފޮޓޯ: އޭއެފްޕީ

އެލޮން މަސްކް ޗައިނާގައި. އޭނާގެ ޓެސްލާ ކާރުތަކަށް ޗައިނާގައޮ މަގްބޫލުކަން ބޮޑު. -- ފޮޓޯ: އޭއެފްޕީ

ޓެސްލާ ބޮއިކޮޓް ކުރަން ބައެއް މީހުން ގޮވާލާފައި ވާއިރު، ޗައިނާގެ ގައުމީ މަސްލަހަތަށް ގެއްލުންވާ ނަމަ ބައިނަލްއަގްވާމީ ބްރޭންޑުތައް ބޮއިކޮޓް ކުރުމަކީ އެ ގައުމުގެ މީހުން އާއްމުކޮށް ކުރާ ކަމެއްކަން ފާހަގަކުރެވެ އެވެ.

އެހެން ބައެއް މީހުން ބުނީ މިއީ އެމެރިކާ ހިމެނޭ ކަމެއް ނަމަ، ވަގުތުން ދަތި ކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށެވެ. ޗައިނާ އިން އދ. އަށް ހުށަހެޅި ލިޔުންތަކާ ގުޅޭ ގޮތުން ސްޕޭސް އެކްސް އިން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox