ފެންބޮޑުވި ތަންތަން ސާފުކުރުން ލަސްވާތީ މެލޭޝިއާ ސަރުކާރަށް ފާޑުކިޔުން އަމާޒުވެއްޖެ

ބޯވާރޭގެ ސަބަބުން ފެންބޮޑުވުމުގެ އަސަރު ކުރި ގެޔެއް ސާފުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ބޯވާރޭގެ ސަބަބުން ފެންބޮޑުވުމުގެ އަސަރު ކުރި ގެޔެއް ސާފުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ޝާހް އަލަމް، މެލޭޝިއާ (ޑިސެމްބަރު 27) - މެލޭޝިއާ އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވި ހިސާބުތަކުގެ މީހުންނަށް އެހީވެ، ސާފު ކުރުމުގެ މަސައްކަތް ލަސްވާތީ ސަރުކާރަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

މިދިޔަ ހަފުތާގައި މެދުނުކެނޑި ގިނަ ދުވަސްތަކެއް ވަންދެން ވެހުނު ވާރޭގެ ސަބަބުން ކޯރުތައް ބަންޑުންވެ، ސިޓީތަކުގައި ފެންބޮޑުވެ، އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވި އެވެ.

ފެންބޮޑުވުމަށް ފަހު ސާފު ކުރުމުގެ މަސައްކަތަށް އާއްމުންނާއި ވޮލަންޓިއަރުން ނުކުތް އިރު، ހަލާކުވެފައިވާ ހިފާގެންގުޅޭ ސާމާނާއި، ފަރުނީޗަރު ހުރީ މަގުތަކަށް ޖަމާވެފަ އެވެ. އެ މަސައްކަތަށް ނުކުތް ގިނަ މީހުން ވަނީ ސަރުކާރާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

"އަހަރެން މި ހުރީ ރުޅި އައިސްފައި. ސަރުކާރުން އެއްވެސް އެހީއެއް ނުވޭ... އަހަރުމެންގެ ދިރިއުޅުން އަލުން ބިނާކުރަން ފައިސާ ބޭނުންވޭ،" ސެލަންގޯ ސްޓޭޓުގެ ވެރިރަށް ޝާހް އަލަމްގައި ދިރިއުޅޭ އަސްނިޔާތީ އިސްމާއިލް އޭއެފްޕީ އަށް ބުންޏެވެ.

"މުޅި ތަނުގައި މި އޮތީ ކިލާ. ހުރިހާ އެއްޗެއް މި ވަނީ ހަލާކުވެފައި،" ދެ ދަރިންނާ އެކު ސާފު ކުރުމުގެ މަސައްކަތުގައި އުޅެމުން އޭނާ ބުންޏެވެ.

ފެންބޮޑުވުމަށް ފަހު ބައެއް ހިސާބުތަކަށް ކުނިތައް ފުނިޖެހިފައި ވާތީ ބަލިތައް ފެތުރުމުގެ ބިރު ވެސް އެބަ އޮތެވެ.

މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރް ވަށައިގެން އޮންނަ ސެލަންގޯ ސްޓޭޓަށް ފެންބޮޑުވުމުގައި ވަރަށް ބޮޑުވަރު ވި އެވެ. ޝާހް އަލަމްގައި ދިރިއުޅޭ ގިނަ ބަޔަކު ކާބޯތަކެތި ނެތި ގެތަކުގައި ތާށިވި އެވެ.

މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަންތަކުގައި އައި ބޯޓުތަކުން ފަހުން ވަނީ އެ މީހުން ވަގުތީ ހިޔާތަކަށް ގެންގޮސްފަ އެވެ.

"މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ސަރުކާރުން ހިންގީ ވަރަށް ލަހުން،" ކަރްތިކް ރާއޯ އޭއެފްޕީ އަށް ބުންޏެވެ.

"ސާފު ކުރުމުގެ އޮޕަރޭޝަން ވެސް އެ ގެންދަނީ ހަމަ އެހާ ލަހުން. ހަފުތާއެއް ވެގެން ދިޔަ އިރު ވެސް މި ސަރަހައްދުގައި ހުރި ކުނިތައް ސާފެއް ނުކުރެވުނު."

ބޮޑު ވަޒީރު އިސްމާއިލް ސަބްރީ ޔައުގޫބް ވެސް ވިދާޅުވީ ސަރުކާރުގެ މަސައްކަތުގައި "މައްސަލައެއް އުޅޭ" ކަމަށެވެ. ނަމަވެސް އެކަން ހައްލުކޮށް، ރަނގަޅު ކުރާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ.

އަހަރުގެ ފަހުކޮޅު އާއްމުކޮށް މެލޭޝިއާ އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާން މެދުވެރިވެ އެވެ. ނަމަވެސް މި ފަހަރު ފެންބޮޑުވެފައި ވަނީ 2014 ވަނަ އަހަރުގެ ފަހުން ފެންބޮޑުނުވާހާ ބޮޑުކޮށެވެ.

މި ފަހަރު ފެންބޮޑުވުމުގެ ސަބަބުން މުޅި މެލޭޝިއާ އިން 48 މީހުން މަރުވެ، ފަސް މީހުން ވަނީ ގެއްލިފަ އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ކުރިއަށް ވުރެ ބޮޑަށް ފެންބޮޑުވުމުގެ މައްސަލަ ދިމާވަނީ މޫސުމީ ބަދަލާ ހެދި ކަމަށް ސައިންސްވެރިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox