ވެކްސިން ނުޖަހާ ދަތުރުވެރިން ކަރަންޓީނުކުރަން ނިންމައިފި

Dec 26, 2021, 5:22 PM
ވެކްސިން ނުޖަހާ ދަތުރުވެރިން ކަރަންޓީނުކުރަން ނިންމައިފި

އޮމިކްރޮން ވޭރިއަންޓާ ގުޅިގެން އަޅާ ފިޔަވަޅުތަކެއްގެ ގޮތުގައި ރާއްޖެ އަށް ފަތުރުވެރިން ފިޔަވައި އެހެން އެންމެން ތިން ދުވަހާއި ފަސް ދުވަހާ ދެމެދު ޕީސީއާރް ޓެސްޓް ހަދަށާއި ވެކްސިން ފުރިހަމަނުކުރާ ދިވެހިންނާއި ވޯކްޕާމިޓް ހޯލްޑަރުން 14 ދުވަހަށް ކަރަންޓީނުކުރަން އެޗްޕީއޭ އިން ނިންމައިފި އެވެ.

އެޗްޕީއޭ އިން ބުނީ މިއީ ދުނިޔޭގެ ބައެއް ގައުމުތަކުން ފެނިފައިވާ އޮމިކްރޮން ވޭރިއަންޓާ ގުޅިގެން އާއްމު ރައްޔިތުންގެ ސިއްހަތަށާއި ރައްކާތެރިކަމަށްޓަކައި، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މާދަމާ އިން ފެށިގެން ވަކި ގޮތެއް އަންގަން ދެން އަޅާ ފިޔަވަޅުތަކެއް ކަމަށެވެ.

އެގޮތުން ފުރަތަމަ ފިޔަވަޅަކީ ފަތުރުވެރިން ހިމެނޭހެން ބޭރުން އަންނަ އެންމެން ރާއްޖެ އަށް ދަތުރުފަށާ ބަނދަރުން ފުރާއިރު 96 ގަޑިއިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާއެއް އޮވެގެން ނޫން ގޮތަށް އެތެރެނުވެވޭ ގޮތަށް ހެދުމެވެ. އެޗްޕީއޭ އިން ބުނީ އެއް އަހަރުން ދަށުގެ ތުއްތު ކުދިން މިކަމުން އިސްތިސްނާވާނެ ކަމަށެވެ.

ދެ ވަނަ ފިޔަވަޅަކީ ފަތުރުވެރިން ފިޔަވައި ބޭރުން އަންނަ އެންމެން ރާއްޖެ އެތެރެވުމަށް ފަހު ތިން ދުވަހާއި ފަސް ދުވަހުގެ ތެރޭގައި ޕީސީއާރް ޓެސްޓެއް ހަދަން އެންގުމެވެ.

ތިން ވަނަ ފިޔަވަޅަކީ ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިނުވާ ނަމަ ދިވެހިންނާއި ވޯކްޕާމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމަށް ފަހު 14 ދުވަހުގެ ކަރަންޓީންކުރުމެވެ. އެ މީހުން ކަރަންޓީނުން ދޫކުރާނީ 14 ދުވަހަށް ފަހު ޓެސްޓް ހަދައި ނެގެޓިވްވުމުންނެވެ. އޭގެ ތެރޭގައި 12 އަހަރުން ދަށުގެ ކުޑަކުދިން ނުހިމެނޭނެ އެވެ.

ރާއްޖެ އައި ފަތުރުވެރިންތަކެއްގެ ހަށިގަނޑުން ކޮވިޑްގެ އޮމިކްރޯން ވޭރިއެންޓު ވަނީ ފެނިފަ އެވެ. ކޮވިޑްގެ އާ ވޭރިއަންޓެއް ކަމުގައިވާ އޮމިކްރޯން އަކީ ކަންބޮޑުވާންޖެހޭ ވޭރިއަންޓެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯއިން ވަނީ ކަނޑައަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox