ތިން އަހަރު ތެރޭ 23 ހާހަށް ވުރެ ގިނަ ގަސް އިންދައިފި: ޝައުނާ

އެންވަޔަރެމެންޓް މިނިސްޓަރު ޝައުނާ ގޯގްރީން ހަރަކާތް ޝަރަފްވެރިކޮށްދެއްވާ، ގަސް އިންދަވަނީ: މިއީ ކްލީން މޯލްޑިވްސް އިން އިންތިޒާމް ކުރި ހަރަކާތެއް. -- ފޮޓޯ: އެޗްޑީސީ

އެންވަޔަރެމެންޓް މިނިސްޓަރު ޝައުނާ ގޯގްރީން ހަރަކާތް ޝަރަފްވެރިކޮށްދެއްވާ، ގަސް އިންދަވަނީ: މިއީ ކްލީން މޯލްޑިވްސް އިން އިންތިޒާމް ކުރި ހަރަކާތެއް. -- ފޮޓޯ: އެޗްޑީސީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވިތާ މަހެއް ނުވަނީސް ފެށި "ރަށްފެހި" ޕްރޮގްރާމަށް ފަހު މިވީ ތިން އަހަރު ތެރޭގައި 23 ހާހަށް ވުރެ ގިނަ ގަސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންދާފައިވާ ކަމަށް ކަމަށް ތިމާވެށި މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

މުޅި ރާއްޖޭގައި ގަސް އިންދުމުގެ ޕްރޮގްރާމްތައް ފެށުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދެކެވެ. އެގޮތުން ވެރިކަމާ ހަވާލުވުމަށް ފަހު 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހުޅުމާލެ ދެވަނަ ފިޔަވަހީގައި 250 ގަސް އިންދުމުގެ ޕްރޮގްރާމެއް ފެށި އެވެ.

މިއަދު ހަވީރު އޮތް ގަސް އިންދުމުގެ ޕްރޮގްރާމް "ގޯގްރީން" ޝަރަފްވެރިކޮށްދެއްވަން ވަޑައިގެން މިނިސްޓަރު ޝައުނާ ވަނީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރަން މި ސަރުކާރުން ދޭ އަހަމިއްޔަތުކަން ފާހަގަކުރައްވާފަ އެވެ. މިނިސްޓަރު ވިދާޅުވީ މީގެ 17 އަހަރު ކުރިން މިއަދު ރާއްޖެ އަށް އެރި ސުނާމީން ކުރެވުނު ތަޖުރިބާ އާއި އިހުސާސަކީ މި ރާއްޖޭގެ ރަށްތަކުގެ ނާޒުކުކަމާއި ތިމާވެށީގެ މުހިންމުކަން ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެއަށް ދިމާވާ ތިމާވެށީގެ އެކި މައްސަލަތައް ފެންމަތިވަނީ މޫސުމަށް އަންނަ ބަދަލުތަކާ އެކު ކަމަށެވެ. އެހެންކަމުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށްޓަކައި ގަސް އިންދުން ގިނަ ކުރުމަކީ ހައްލެއް ކަމަށް މިނިސްޓަރު ގަބޫލުކުރައްވަ އެވެ.

"ރަށްރަށުގެ ފެންފަށަލަ ހިމާޔަތް ކުރަން ކަމުގައި ވީ ނަމަވެސް، ނުވަތަ ރަށްރަށުގެ ހޭޅިފަށް ހިމާޔަތް ކުރަން ކަމުގައި ވީ ނަމަވެސް ނުވަތަ ރަށް ގިރުންމުންވެސް އަޅުގަނޑުމެންގެ ރަށްތައް ރައްކާތެރި ކުރުމަށް ނަމަވެސް އެންމެ މުހިއްމު ކަމަކީ ގަސް އިންދުން،" ޝައުނާ ވިދާޅުވި އެވެ.

ކްލީން މޯލްޑިވްސްގެ ފަރާތުން ބާއްވާ ގަސް އިންދުމުގެ ޕްރޮގްރާމް "ގޯ ގްރީން" އިން މިއަދު ވަނީ އެޗްޑީސީ އަށް 3500 ގަސް ހަދިޔާކޮށްފަ އެވެ. އޭގެ ތެރެއިން 1000 ގަސް މިއަދު ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިންދި އެވެ.

މި ރަސްމިއްޔާތުގައި ގިޔާސުއްދީން ސްކޫލާއި އަހުމަދިއްޔާ ސްކޫލާއި ވިލާ ކޮލެޖްގެ ދަރިވަރުންނާއި ތިމާވެށީގެ އެކި ޖަމިއްޔާތަކުގެ މެމްބަރުން ބައިވެރިވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox