5000 އަހަރު ކުރިން މަރުވި އާއިލާއެއް، ކަށީގެ ޑީއެންއޭ ޓެސްޓްކޮށްގެން ދެނެގަނެފި

5000 އަހަރު ކުރިން މަރުވި އާއިލާއެއް، ކަށީގެ ޑީއެންއޭ ޓެސްޓްކޮށްގެން ދެނެގަނެފި

އިނގިރޭސި ވިލާތުގެ ކޮޓްސްވޯލްޑް ސިޓީގައި ހުރި ގަބުރުސްތާނަކުން 27 މީހުންގެ ބޮޑު އާއިލާއެއް ފެނިއްޖެ އެވެ.

ސައިންސްވެރިން މިހާރު ވަނީ މި އާއިލާގެ ފެމިލީ ޓްރީ ކުރަހާފަ އެވެ.

ފެމިލީ ޓްރީ ކުރަހާފައިވަނީ 5700 އަހަރުވެފައިވާ މި ގަބުރުސްތާނުން ފެނުނު ގަބުރުތަކުގެ ޑީއެންއޭ ސާމްޕަލް ދިރާސާކޮށްގެންނެވެ. މި ދިރާސާއިން ހާމަވެފައިވާ ގޮތުގައި މި ގަބުރުސްތާނުގައި ވަޅުލާފައިވާ 27 މީހުންނަކީ ވެސް އެއް ދަރިފަސްކޮޅަކަށް ނިސްބަތްވާ އެއް އާއިލާއެއްގެ ބައެކެވެ. އެއާއިލާގެ ފަސް ޖީލު ވަޅުލާފައިވަނީ ކައިރި ކައިރީގައި ހަމަ އެ ގަބުރުސްތާނުގަ އެވެ.

Advertisement

މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ހާވާޑް ޔުނިވާސިޓީގެ ޕްރޮފެސާ ޑޭވިޑް ރެއިކް ބުނެފައިވާ ގޮތުގައި މި ފެމިލީ ޓްރީ ދިރާސާ ކުރުމުން މި ގަބުރުސްތާނުގައިވާ ފަސް ޖީލުގެ މީހުންގެ މެދުގައި ހުރި ސަގާފަތާއި އާދަކާދައިގެ ބައެއް ކަންކަން ދެނެގަނެވިފައިވާ ކަމަށެވެ.

ސައެންސުވެރިން ކުރަހާފައިވާ ފެމިލީޓްރީ- ފޮޓޯ: ބީބީސީ
ސައެންސުވެރިން ކުރަހާފައިވާ ފެމިލީޓްރީ- ފޮޓޯ: ބީބީސީ

ސައެންސުވެރިން ކުރަހާފައިވާ ފެމިލީޓްރީ- ފޮޓޯ: ބީބީސީ

މި އާއިލާގެ ވެރިއެއްގެ ގޮތުގައި ހުންނަނީ ފިރެހެނެކެވެ. އަދި ފުރަތަމަ ޖީލުގައި ހިމެނެނީ އޭނާގެ ހަތަރު އަނބިންނަށް ލިބިފައިވާ ދަރިންނެވެ.

އޭނާއާ އެކު އޭނާގެ ހަތަރު އަނބިންވެސް ގަބުރުސްތާނުގައި ވަޅުލާފައިވެ އެވެ.

މި އާއިލާއަކީ "ސްޓޯން އޭޖް" ނިމުނު ދުވަސްވަރުގައި އުޅުނު އާއިލާއެއްކަމަށް ސައިންސްވެރިން ލަފާކުރެ އެވެ. އެއީ އިންސާނުން ދަނޑުވެރިކަން ކުރަން އެންމެ ފުރަތަމަ ފެށި ދުވަސްވަރުކަން ވެސް ދިރާސާތަކުންވަނީ ހާމަވެފަ އެވެ.

މި ގަބުރުތަކުގެ ފެމިލީ ޓްރީ ކުރެހުމުގެ ތެރެއިން ސައިންސްވެރިން އެންމެ ހައިރާންކުރުވި ކަމަކަށް ވެގެންދިޔައީ ގަބުރުސްތާނުގައި އެ އާއިލާއަށް ނިސްބަތްވާ އަންހެންކުދިންގެ ގަބުރުތައް ވަޅުލާފައި ނެތުމެވެ. މިކަން މިހެން ކޮށްފައިވަނީ އެ ޒަމާނުގެ އާދަކާދައިގެ ސަބަބުންކަމަށް އެމީހުން ގަބޫލުކުރެ އެވެ.

"އަންހެންކުދިންގެ ހަށިތައް އެމީހުން ވަޅުލަނީ އެމީހުންގެ ފިރިންނާއި އެއްކޮށްކަމަށްވެސް ވެދާނެ އެވެ. ނޫނީ އަންހެން ކުއްޖާ މަރުވުމުން އޭނާގެ ހަށިގަނޑު ވަޅުލުމުގެ ބަދަލުގައި އަންދާލަނީ ކަމަށްވެސް ވެދާނެ އެވެ. މިކަމުގެ ފަހަތުގައިވާ އަސްލު ހަގީގަތަކީ ކޮބާކަމެއް އަހަރުމެނަކަށް އަދި ނޭނގޭ،" ޕްރޮފްސާ ރެއިކް ވިދާޅުވި އެވެ.

މިއީ މިހާތަނަށް ކުރަހާފައިވާ އެންމެ ދުވަސްވީ ފެމިލީ ޓްރީކަމަށް މިކަމުގައި ހަރަކާތްތެރިވި ސައިންސްވެރިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox