ތޫފާނަށް ފަހު ފިލިޕީންސް އަށް އެހީވާން އދ. އިން 107 މިލިއަން ޑޮލަރު ހޯދަނީ

ފިލިޕީންސް އަށް އެރި ތޫފާނުގައި ބިމާ ހަމަވެފައިވާ ގެޔެއް ކައިރީގައި އެ ގޭގެ މީހުން މަޑުކޮށްގެން. -- ފޮޓޯ: އޭއެފްޕީ

ފިލިޕީންސް އަށް އެރި ތޫފާނުގައި ބިމާ ހަމަވެފައިވާ ގެޔެއް ކައިރީގައި އެ ގޭގެ މީހުން މަޑުކޮށްގެން. -- ފޮޓޯ: އޭއެފްޕީ

އދ.، އެމެރިކާ (ޑިސެމްބަރު 24) - ފިލިޕީންސް އަށް މިދިޔަ ހަފުތާގައި އެރި ތޫފާން ރާއީގައި ހާލުގައި ޖެހުނު މީހުންނަށް އެހީވާން 107.2 މިލިއަން ޑޮލަރު ހޯދަން ހާއްސަ ކެމްޕެއިނެއް އދ. އިން ހުކުރު ދުވަހު ފަށައިފި އެވެ.

އދ. އިން ބުނީ އެ ފައިސާ އިން އެހީވާނީ ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރި ހިސާބުތަކުގައި އުޅޭ 530،000 މީހުންނަށް ކަމަށެވެ. އެ މީހުންނަށް ބޭނުންވާ ބޯފެނާއި، ނަރުދަމާ، ކާބޯތަކެތި އަދި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ވަނީ ރާވާފަ އެވެ.

"އެހީވާނެ ކަމަށް އެބަ ބުނޭ ވަރަށް ގިނަ ފަރާތްތަކުން. ދެން އޮތް ގޮންޖެހުމަކީ ދެއްކި ވާހަކަތަކަށް އަމަލީ ސިފަ ގެނައުން،" ފިލިޕީންސްގައި ހުންނަ އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރު ގުސްތާވީ ގޮންޒާލޭޒް ވާޗުއަލް ޕްރެސް ކޮންފެރެންސެއްގައި ވިދާޅުވި އެވެ.

ފިލިޕީންސްގެ މެދުތެރެ އާއި ދެކުނު ހިސާބުތަކަށް ތޫފާނު ރާއީގައި ބޮޑެތި ގެއްލުންތަކެއް ލިބި، 375 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. ގެތައް ބިމާ ހަމަވެ، އެތައް ހާސް ބަޔަކު ހާލުގައި ޖެހިފައި ވާއިރު، ބައެއް އަވަށްތައް ވަނީ އެއްކޮށް ސުންނާފަތިވެފަ އެވެ.

އެންމެ ބޮޑަށް އަސަރު ކުރި ހިސާބުތަކުގައި ތިބި މީހުންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ނަމަވެސް ލިބުނު ގެއްލުމާ އެކު ވަރަށް ގިނަ ހިސާބުތަކުން މޮބައިލް ފޯނާއި އިންޓަނެޓުގެ ހިދުމަތް ކެނޑި، މަގުތައް ހަލާކުވެފައި ވާތީ އެހީ ފޯރުކުރުމަށް ގޮންޖެހުންތައް ގިނަ އެވެ.

ތޫފާން ރާއީ އަށް ފިލިޕީންސްގައި ދީފައިވާ ނަމަކީ "އޮޑެޓް" އެވެ. އަހަރުގެ ފަހުކޮޅު އާއްމުކޮށް ފިލިޕީންސް އަށް ތޫފާން ނާރަ އެވެ. ތޫފާން އަރާ މޫސުމުގެ ގޮތުގައި ފާހަގަވެފައި އޮންނަނީ ޖުލައި މަހުން އޮކްޓޯބަރު މަހަށެވެ.

ތޫފާންތައް ވަރުގަދަވެ، ކުރިއަށް ވުރެ ނުރައްކާތެރިވަމުން ދަނީ މޫސުމީ ބަދަލާ ހެދި ކަމަށް ސައިންސްވެރިން ބުނެ އެވެ. ފިލިޕީންސް އަކީ މޫސުމީ ބަދަލުގެ އަސަރަށް އެންމެ ނާޒުކު އެއް ގައުމެވެ. އެ ގައުމަށް ކޮންމެ އަހަރަކު ވެސް 20 ތޫފާން އާއްމު ގޮތެއްގައި އަރަ އެވެ.

ފިލިޕީންސްގެ ތާރީހުގައި އެންމެ ބާރުގަދަ ތޫފާނަކާ ދިމާވީ 2013 ވަނަ އަހަރު އެވެ. އެ ފަހަރު އެރި ތޫފާން ހައްޔާންގައި 7،300 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox