ގައުމީ ޓީމަށް ޕޯޗުގަލްގެ އެސިސްޓަންޓް ކޯޗެއް ހަމަޖައްސައިފި

Dec 22, 2021, 8:28 AM
ގައުމީ ޓީމުގެ ކޯޗު މޮރިއޭރޯ (ކ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް (މ) އަދި އަލަށް ގެނައި އެސިސްޓަންޓް ކޯޗު ކޮސްޓާ.-

ގައުމީ ޓީމުގެ ކޯޗު މޮރިއޭރޯ (ކ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް (މ) އަދި އަލަށް ގެނައި އެސިސްޓަންޓް ކޯޗު ކޮސްޓާ.-

ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ޕޯޗުގީސް ކޯޗު ސިމާއޯ ކޮސްޓާ ހަމަޖައްސައިފި އެވެ.

ސިމާއޯ، 46، އަކީ ކުރިން ޕޯޗުގަލްގެ ކްލަބްތަކުގައި މިޑްފީލްޑަރަކަށް ކުޅުނު ކުޅުންތެރިއެކެވެ. އޭނާ ވަނީ ދެކުނު ކޮރެއާގެ ޑައިޖިއަން ސިޓިޒަންގައި ކޯޗިން މަސައްކަތްތަކެއް ކޮށްފަ އެވެ. އަދި އޭނާ އެންމެ ފަހުން ހަވާލުވެހުރީ ސްވިޒަލެންްޑްގެ ކްލަބް, ބެރޯޝް-ގޯޖިއާއާ އެވެ.

ބެރޯޝް-ގޯޖިއާ ކޯޗަކަށް ހުއްޓައި މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކޮސްޓާ އަށް ރާއްޖޭގެ އެސިސްޓަންޓް ކޯޗަކަށް ވުމުގެ ހުށަހެޅުން ލިބުނެވެ. އެއީ ގައުމީ ޓީމުގެ ކޯޗަކަށް ވުމަށް އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯއާ އެފްއޭއެމުން މަޝްވަރާ ކުރިއިރު އެވެ. އޭރު ކޮސްޓާ ބޭނުންވީ ސީޒަނުގެ މެދުތެެރެއިން ކްލަބް ދޫކޮށްނުލުމަށެވެ. އެކަމަކު، ފަހުން ބެރޯޝް-ގޯޖިއާ އަށް ސީޒަން ނިމުމުން އާ ޓާގެޓަކަށް ވާސިލްވާން ބޭނުންވާތީ ދާދި ފަހުން ކޮސްޓާ ވަނީ އެ ޓީމުން ވަކިވެފަ އެވެ.

އިއްޔެ އިންސްޓަގްރާމްގައި ކޮސްޓާ ކުރި ޕޯސްޓެއްގައިވަނީ އޭނާ އަކީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުކަމަށް ބުނެފަ އެވެ. ކޮސްޓާ ބުނީ އޭނާ އަށް މި ފުރުސަތު ހޯދައިދޭން އެހީތެރިވި ހުރިހާ ފަރާތަކަށް ޝުކުރު އާދަކުރާ ކަމަށެެވެ.

"ރާއްޖޭގެ ފުޓްބޯޅަ އާއިލާ އިން އަހަންނަށް މަރުހަބާ ކިޔުމުން ފުޓްބޯޅަ އެސޯސިއޭޝަނާއި ރައީސް (ބައްސާމް) އަށް ޝުކުރު އަދާކުރަން. މޮރިއޭރޯ (ގައުމީ ކޯޗު) އަހަންނަށް ކުރި އިތުބާރާއި މި ޕްރޮޖެކްޓްގައި އަހަރެންގެ ތަޖުރިބާގެ ބޭނުންހިފައި ބައިވެރިވުމުގެ ފުރުސަތު ދިނީތީ ޝުކުރުވެރިވަން،" ކޮސްޓާ ބުންޏެވެ.

ގައުމީ ޓީމުގެ ކޯޗު މޮރިއޭރޯ (ކ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް.-- ފޮޓޯ: އެފްއޭއެމް

އެފްއޭއެމުން ބުނީ މޮރިއޭރޯގެ އެސިސްޓަންޓެއްގެ ގޮތުގައި ކޮސްޓާގެ ކޮންޓްރެކްޓް ފައިނަލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކޮސްޓާގެ އިތުރުން މިހާރު ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި އަލީ ސުޒޭން ވެސް ޓީމާ އެކު ހުންނާނެ ކަމަށެވެ.

ގައުމީ ޓީމާ އެކު މޮރިއޭރޯ ކޮންޓްރެކްޓް ހެދީ މިދިޔަ އޮކްޓޫބަރު މަހު 21 ވަނަ ދުވަހު އެވެ. ޓީމާ އެކު ޕްރެކްޓިސް ފެށީ އޮކްޓޫބަރު 25 ގަ އެވެ. މޮރިއޭރޯގެ ކޯޗުކަމުގައި ރާއްޖޭން ސްރީ ލަންކާގައި މިދިޔަ މަހު 8 އިން 19 އަށް ކުރިއަށްދިޔަ ފޯ ނޭޝަންސް ކަޕްގައި ރާއްޖޭން ވާދަކުރި އެވެ.

ލަންކާ ބޮޑުވަޒީރު ރާޖަޕަކްސަ ޓްރޮފީ އަށް ހާއްސަ ފޯ ނޭޝަންސް މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖެ ވަނީ ހަތަރު ގޯލުގެ ލީޑެއްގައި އޮއްވައި ލަންކާއާ 4-4 އިން އެއްވަރުވެފަ އެވެ. ދެ ވަނަ މެޗުގެ ފަހު ވަގުތު ބަންގްލަދޭޝް އިން ޕެނަލްޓީއެއް ޖަހައި 18 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ރާއްޖެ ބަލިކުރި އެވެ. އަދި ފަހު މެޗުގައި ރާއްޖެ ވަނީ ސީޝެލްސްއާ 0-0 އިން އެއްވަރުވެ، މޮޅެއް ނުލިބި މުބާރާތުން ކަޓައިފަ އެވެ.

އެ މުބާރާތުގައި ސީޝެލްސް މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޮރިއޭރޯ ބުނީ އޭނާ ރާއްޖޭގެ ފުޓްބޯޅައިގެ ގިނަ ކަންކަން ބަލައި، ޕްރިމިއާ ލީގުގެ މެޗުތައް ދިރާސާކޮށް، ޓީމެއް އެކުލަވާލައިގެން ގައުމީ ޓީމުގެ ނަތީޖާތައް ރަނގަޅުކުރާނެ ކަމަށެވެ. މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތަކަށް ކްލަބްތަކުން ވާ ތައްޔާރީތަކާއި މެޗުތައް ބަލަން މޮރިއޭރޯ ދަނޑަށް ދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox