ޑެންމާކްގެ ޖަލުތައް ފުރި ކޮސޯވޯގެ ގޮޅިތައް ކުއްޔަށް ހިފައިފި!

ޑެންމާކްގެ ލިޕްޔާން ޑިޓެންޝަން ސެންޓަރު. -- ފޮޓޯ: އޭޕީ

ޑެންމާކްގެ ލިޕްޔާން ޑިޓެންޝަން ސެންޓަރު. -- ފޮޓޯ: އޭޕީ

ޕްރިސްޓީނާ، ކޮސޯވޯ (ޑިސެމްބަރު 21) - އަހަރަކު 17 މިލިއަން ޑޮލަރަށް ކޮސޯވޯގެ 300 ޖަލު ގޮޅި ޑެންމާކް އަށް ކުއްޔަށް ދޭން އެއްބަސްވެއްޖެ އެވެ.

ދެ ގައުމުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ހޯމަ ދުވަހު އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި ސޮއިކޮށްފައިވާ ކަމަށާއި މިއީ ފަސް އަހަރުގެ އެއްބަސްވުމެއް ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރާ ފަހުން ވެސް، މުއްދަތު އިތުރު ކުރަން ދެ ގައުމުން ބޭނުން ނަމަ އެ ފުރުސަތު ލިބޭނެ ކަމަށް ބަޔާނުގައި ބުނެފައި ވެ އެވެ.

މިދިޔަ ހަފުތާގައި ޑެންމާކްގެ ސަރުކާރުން ބުނީ ކޮސޯވޯގެ ޖަލު ގޮޅިތަކުގައި ބަންދު ކުރާނީ ހުކުމް ތަންފީޒު ކުރުމަށް ފަހު ޑީޕޯޓް ކުރަން ތައްޔާރަށް ތިބި އެހެން ގައުމުތަކުގެ ރައްޔިތުން ކަމަށެވެ.

ޑެންމާކްގެ ޖަލުތަކަށް ވަނީ ތޮއްޖެހުމުގެ މައްސަލަ ދިމާވެފަ އެވެ. އެގޮތުން 2015 ވަނަ އަހަރުން ފެށިގެން ގައިދީންގެ އަދަދު 20 ޕަސެންޓު އިތުރުވި އެވެ. ނަމަވެސް ޖަލު ގާޑުންގެ އަދަދު 20 ޕަސެންޓުން ދަށްވި އެވެ.

ކޮސޯވޯއާ އެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ޑެންމާކްގެ ގައިދީން ބައިތިއްބާނީ ޖިލަން އަވަށުގެ ޖަލެއްގައި 2023 ވަނަ އަހަރުން ފެށިގެންނެވެ. އެއީ ކޮސޯވޯގެ ވެރޮރަށް ޕްރިސްޓީނާއާ 50 ކިލޯމީޓަރު ދުރުގައި އޮންނަ އަވަށެކެވެ.

"މިއީ ވަރަށް މުހިއްމު އެއްބަސްވުމެއް. މީގެ ސަބަބުން އަޅުގަނޑުމެންގެ ޖަލުތަކުގައި ޖާގަ އުފެދި، ޖަލު އޮފިސަރުންނަށް ޕްރެޝަރު ކުޑަވާނެ،" ޑެންމާކްގެ ޖަސްޓިސް މިނިސްޓަރު ނިކް ހެކެރަޕް ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

ކޮސޯވޯގެ ޖަސްޓިސް މިނިސްޓަރު އަލްބުލޭނާ ހަޒިއު ވިދާޅުވީ އެ ގައުމުގައި ހުސްކޮށް ހުރި 700 އާއި 800 އާ ދެމެދުގެ ޖާގަ ޖަލުތަކުގައި އެބަ ހުރި ކަމަށެވެ. ކޮސޯވޯގެ ޖަލު ގޮޅިތަކުގައި ޑެންމާކްގެ ގައިދީން ތިބޭއިރު، އަމަލު ކުރާނީ ޑެންމާކްގެ ގާނޫނުތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވިހި ވިހި ވަނަ އަހަރު ހުކުމް ތަންފީޒުކޮށް ނިމިފައި ތިބި 350 ގައިދީން ޑެންމާކްގެ ޖަލުތަކުގައި އެބަ ތިއްބެވެ. އެ މީހުންނަކީ ގައުމަށް ޑީޕޯޓް ކުރެވެންދެން ބަންދުކޮށްފައި ތިބި މީހުންނެވެ.

މީގެ ކުރިން ނޯވޭ އާއި ބެލްޖިއަމް އިން ވަނީ ނެދަލޭންޑްސްގެ ޖަލު ގޮޅިތަކެއް ކުއްޔަށް ހިފާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އޮސްޓްރޭލިއާއިން ސަންސްކްރީންގެ އުސޫލުތައް ހަރުކަށިކޮށްފި

އޮސްޓްރޭލިއާގައި ވިއްކާ ބައެއް ސަންސްކްރީންތަކުގެ ރައްކާތެރިކަން ކުޑަކަމަށް ދެއްކުމާ ގުޅިގެން، އެ ތަކެތި އުފައްދާ މިންގަނޑުތައް ހަރުކަށިކުރަން އެ ގައުމުގެ ކަމާބެހޭ އިދާރާއިން ނިންމައިފިއެވެ. މި ބަދަލުގެ ދަށުން ސަންސްކްރީންގައި ހިމެނޭ މާއްދާތައް ޓެސްޓްކުރުމާއި، އޭގެއިން ލިބޭ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ހާމަކުރުމުގައި ހަރުކަށި އުސޫލުތަކަކަށް އަމަލުކުރަން ޖެހޭނެއެވެ.

އުރުދުންއިން ސީރިއާއަށް ވައިގެ ހަމަލާދީފި

އުރުދުންގެ ފައްޅިއަކަށް ދިން ބަޑީގެ ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން، ސީރިޔާގެ ބައެއް ސަރަހައްދުތަކަށް އުރުދުންގެ އަސްކަރިއްޔާއިން ވައިގެ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކުގައި ކުޑަކުދިން ހިމެނޭހެން އާންމުންގެ ބަޔަކު މަރުވެފައިވާއިރު، ސީރިޔާ ސަރުކާރުން ވަނީ މި އޮޕަރޭޝަނަކީ އެ ގައުމާ މަޝްވަރާކުރުމެއް ނެތި ހިންގި އަމަލެއް ކަމަށް ބުނެފައެވެ.

ބްރެޒިލް އިންތިހާބު އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރައްވައިފި

ބްރެޒިލްގެ ރިޔާސީ އިންތިޚާބު ލޫލާ ކާމިޔާބު ކުރެއްވީ އޮޅުވާލައިގެން ކަމަށް ޑޮނަލްޑް ޓްރަމްޕް ތުހުމަތު ކުރެއްވި ނަމަވެސް، ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ބޮލްސޮނާރޯގެ ޕާޓީން މިހާރު ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުކޮށްފައެވެ. ބޮލްސޮނާރޯގެ ދަރިކަލުން ފްލާވިއޯ ފުރަތަމަ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހެދި ނަމަވެސް، ފަހުން ވަނީ ގާނޫނީ އަމުރުތަކަށް ތަބާވާނެ ކަމަށް ވިދާޅުވެފައެވެ.

ސައުދީ، ތުރުކީ އަދި ޕާކިސްތާނުގެ ވެރިން އީރާނުގައި ބައްދަލުވުމެއް

މެދުއިރުމަތީގެ ހަމަނުޖެހުންތައް ކުޑަކޮށް ސަރަހައްދީ ސުލްހަ ގާއިމުކުރުމަށްޓަކައި ސައުދީ، ތުރުކީ އަދި ޕާކިސްތާނުގެ އިސްވެރިން އީރާނުގެ އޮފިޝަލުންނާ ތެހެރާންގައި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އަސްކަރީ ކުރިމަތިލުންތައް އިތުރުވިޔަ ނުދިނުމަށާއި، ސަރަހައްދީ ސަލާމަތްތެރިކަން ދެމެހެއްޓުމަށްޓަކައި ހަތަރު ގައުމުން ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ.

ވޯޓު ހޯދަން ނިކީ މިނާޖް ޓްރަމްޕާއެކު ސްޓޭޖަށް

އެމެރިކާގެ ދައުރު މެދުތެރޭ އިންތިޚާބުގެ ކެމްޕޭނަށް މިޝިގަންގައި ބޭއްވި ރެލީއެއްގައި، މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ނިކީ މިނާޖް ބައިވެރިވެ ޑޮނަލްޑް ޓްރަމްޕަށާއި ރިޕަބްލިކަން ޕާޓީއަށް ތާއީދުކޮށްފިއެވެ. މި ރެލީގައި ޓްރަމްޕް ވަނީ ޑިމޮކްރެޓިކް ކެންޑިޑޭޓް އަބްދުލް އެލް-ސައީދުގެ ދީނާއި ނަސްލަށް އަމާޒުކޮށް ފާޑުވިދާޅުވެފައެވެ. އިންތިޚާބަށް ހަފުތާއަކަށް ވެފައިވާއިރު، ކޮންގްރެސްގެ ކޮންޓްރޯލް ހޯދުމަށް ދެ ޕާޓީންވެސް ދަނީ ފޯރިއާއެކު ކެމްޕޭން ކުރަމުންނެވެ.

ބްރެޒިލްގެ ރައީސް ލޫލާ ހަތަރު ވަނަ ދައުރަކަށް އިންތިހާބުވެއްޖެ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު 51.79 އިންސައްތަ ވޯޓާއެކު ކާމިޔާބުކުރައްވައި، ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ ހަތަރުވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިއެވެ. ނަމަވެސް އޭނާއާ ވާދަކުރެއްވި ފްލާވިއޯ ބޮލްސޮނާރޯ ވަނީ ވޯޓުލާ ވަގުތު އިތުރުކުރި މައްސަލައިގައި ނަތީޖާ ގަބޫލުކުރަން ދެކޮޅުހަދައި، އިންތިޚާބު ބާތިލުކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ.

Newsletter

Get the latest news delivered straight to your inbox