ޑެންމާކްގެ ބޮޑުވަޒީރު މަގުމަތިން ހިންގަވާފައި ދަނިކޮށް މީހަކު ހަމަލާދީފި

ޑެންމާކްގެ ބޮޑުވަޒީރު މެޓޭ ފްރެޑެރިކްސެން: އެ ކަމަނާ މަގުމަތިން ހިންގަވާފައި ދަނިކޮށް މީހަކު ވަނީ ހަމަލާދީފައި -- ފޮޓޯ: އެކްސް

ޑެންމާކްގެ ބޮޑުވަޒީރު މެޓޭ ފްރެޑެރިކްސެން: އެ ކަމަނާ މަގުމަތިން ހިންގަވާފައި ދަނިކޮށް މީހަކު ވަނީ ހަމަލާދީފައި -- ފޮޓޯ: އެކްސް

ޑެންމާކުގެ ބޮޑުވަޒީރު މެޓޭ ފްރެޑެރިކްސެން، 46، އެ ގައުމުގެ ކޯޕަންހޭގަންގެ މަގުމަތިން ހިންގަވާފައި ދަނިކޮށް މީހަކު އިއްޔެ ހަމަލާދީފި އެވެ.

ޑެންމާކްގެ ސަރުކާރުން ބުނީ ހަމަލާ ދިން މީހާ އެތަނުން ހައްޔަރު ކޮށްފައިވާ ކަމަށާއި ބޮޑުވަޒީރު ހުރީ ހަމަލާ ދިނުމުން ވަރަށް ބޮޑު ޝޮކެއްގައި ކަމަށެވެ.

ނަމަވެސް ހަމަލާގައި އެ ކަމަނާ ޒަހަމްވި ކަމެއް ނުވަތަ އެކަމަނާގެ މިހާރު ހާލާ ގުޅޭ ގޮތުން ޑެންމާކްގެ ސަރުކާރުން ސާފުކޮށް މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ޑެންމާކުގެ ފުލުހުން ވަނީ ބުނެފަ އެވެ.

ޑެންމާކުގެ ބޮޑުވަޒީރުކަމާ 2019 ގައި ހަވާލުވެވަޑައިގެންނެވި ފްރެޑެރިކްސެން އެ ގައުމުގެ މިނިސްޓާ އޮފް ޖަސްޓިސް އަދި މިނިސްޓާ އޮފް އެމްޕްލޯއިމަންޓުގެ މަގާމު ވެސް ފުރުއްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އޮސްޓްރޭލިއާއިން ސަންސްކްރީންގެ އުސޫލުތައް ހަރުކަށިކޮށްފި

އޮސްޓްރޭލިއާގައި ވިއްކާ ބައެއް ސަންސްކްރީންތަކުގެ ރައްކާތެރިކަން ކުޑަކަމަށް ދެއްކުމާ ގުޅިގެން، އެ ތަކެތި އުފައްދާ މިންގަނޑުތައް ހަރުކަށިކުރަން އެ ގައުމުގެ ކަމާބެހޭ އިދާރާއިން ނިންމައިފިއެވެ. މި ބަދަލުގެ ދަށުން ސަންސްކްރީންގައި ހިމެނޭ މާއްދާތައް ޓެސްޓްކުރުމާއި، އޭގެއިން ލިބޭ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ހާމަކުރުމުގައި ހަރުކަށި އުސޫލުތަކަކަށް އަމަލުކުރަން ޖެހޭނެއެވެ.

އުރުދުންއިން ސީރިއާއަށް ވައިގެ ހަމަލާދީފި

އުރުދުންގެ ފައްޅިއަކަށް ދިން ބަޑީގެ ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން، ސީރިޔާގެ ބައެއް ސަރަހައްދުތަކަށް އުރުދުންގެ އަސްކަރިއްޔާއިން ވައިގެ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކުގައި ކުޑަކުދިން ހިމެނޭހެން އާންމުންގެ ބަޔަކު މަރުވެފައިވާއިރު، ސީރިޔާ ސަރުކާރުން ވަނީ މި އޮޕަރޭޝަނަކީ އެ ގައުމާ މަޝްވަރާކުރުމެއް ނެތި ހިންގި އަމަލެއް ކަމަށް ބުނެފައެވެ.

ބްރެޒިލް އިންތިހާބު އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރައްވައިފި

ބްރެޒިލްގެ ރިޔާސީ އިންތިޚާބު ލޫލާ ކާމިޔާބު ކުރެއްވީ އޮޅުވާލައިގެން ކަމަށް ޑޮނަލްޑް ޓްރަމްޕް ތުހުމަތު ކުރެއްވި ނަމަވެސް، ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ބޮލްސޮނާރޯގެ ޕާޓީން މިހާރު ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުކޮށްފައެވެ. ބޮލްސޮނާރޯގެ ދަރިކަލުން ފްލާވިއޯ ފުރަތަމަ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހެދި ނަމަވެސް، ފަހުން ވަނީ ގާނޫނީ އަމުރުތަކަށް ތަބާވާނެ ކަމަށް ވިދާޅުވެފައެވެ.

ސައުދީ، ތުރުކީ އަދި ޕާކިސްތާނުގެ ވެރިން އީރާނުގައި ބައްދަލުވުމެއް

މެދުއިރުމަތީގެ ހަމަނުޖެހުންތައް ކުޑަކޮށް ސަރަހައްދީ ސުލްހަ ގާއިމުކުރުމަށްޓަކައި ސައުދީ، ތުރުކީ އަދި ޕާކިސްތާނުގެ އިސްވެރިން އީރާނުގެ އޮފިޝަލުންނާ ތެހެރާންގައި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އަސްކަރީ ކުރިމަތިލުންތައް އިތުރުވިޔަ ނުދިނުމަށާއި، ސަރަހައްދީ ސަލާމަތްތެރިކަން ދެމެހެއްޓުމަށްޓަކައި ހަތަރު ގައުމުން ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ.

ވޯޓު ހޯދަން ނިކީ މިނާޖް ޓްރަމްޕާއެކު ސްޓޭޖަށް

އެމެރިކާގެ ދައުރު މެދުތެރޭ އިންތިޚާބުގެ ކެމްޕޭނަށް މިޝިގަންގައި ބޭއްވި ރެލީއެއްގައި، މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ނިކީ މިނާޖް ބައިވެރިވެ ޑޮނަލްޑް ޓްރަމްޕަށާއި ރިޕަބްލިކަން ޕާޓީއަށް ތާއީދުކޮށްފިއެވެ. މި ރެލީގައި ޓްރަމްޕް ވަނީ ޑިމޮކްރެޓިކް ކެންޑިޑޭޓް އަބްދުލް އެލް-ސައީދުގެ ދީނާއި ނަސްލަށް އަމާޒުކޮށް ފާޑުވިދާޅުވެފައެވެ. އިންތިޚާބަށް ހަފުތާއަކަށް ވެފައިވާއިރު، ކޮންގްރެސްގެ ކޮންޓްރޯލް ހޯދުމަށް ދެ ޕާޓީންވެސް ދަނީ ފޯރިއާއެކު ކެމްޕޭން ކުރަމުންނެވެ.

ބްރެޒިލްގެ ރައީސް ލޫލާ ހަތަރު ވަނަ ދައުރަކަށް އިންތިހާބުވެއްޖެ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު 51.79 އިންސައްތަ ވޯޓާއެކު ކާމިޔާބުކުރައްވައި، ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ ހަތަރުވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިއެވެ. ނަމަވެސް އޭނާއާ ވާދަކުރެއްވި ފްލާވިއޯ ބޮލްސޮނާރޯ ވަނީ ވޯޓުލާ ވަގުތު އިތުރުކުރި މައްސަލައިގައި ނަތީޖާ ގަބޫލުކުރަން ދެކޮޅުހަދައި، އިންތިޚާބު ބާތިލުކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ.

Newsletter

Get the latest news delivered straight to your inbox