ޑެންމާކްގެ ޝޮޕިން ސެންޓަރެއްގައި ބަޑި ޖަހައި ތިން މީހުން މަރާލައިފި

ތުހުމަތު ކުރެވޭ މީހާ ޝޮޕިން ސެންޓަރުގައި ބަޑި ހިފައިގެން. -- ފޮޓޯ: މަަހްދީ އަލް ވަޒްނީ

ތުހުމަތު ކުރެވޭ މީހާ ޝޮޕިން ސެންޓަރުގައި ބަޑި ހިފައިގެން. -- ފޮޓޯ: މަަހްދީ އަލް ވަޒްނީ

ޑެންމާކްގެ ވެރިރަށް ކޯޕެންހޭގަންގެ ޝޮޕިން ސެންޓަރެއްގައި ބަޑި ޖަހައި ތިން މީހުން މަރާލައިފި އެވެ.

އެ ހާދިސާގައި އިތުރު ހަތަރު މީހުންނަށް އަނިޔާވި އެވެ. މަރުވީ އުމުރުން 17 އަހަރުގެ ޑެންމާކް ދެ ކުދިންނާއި އުމުރުން 47 އަހަރުގެ ރަޝިއާ މީހެކެވެ. އަނިޔާވީ ޑެންމާކް ދެ މީހުންނާއި ސްވިޑަންގެ ދެ މީހުންނަށެވެ. ހޮސްޕިޓަލުގައި ފަރުވާދެމުންދާ އިރު އެ މީހުންގެ ހާލު ސީރިއަސް އެވެ.

ހަމަލާ ދިންތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހައްޔަރު ކުރި އުމުރުން 22 އަހަރުގެ ފިރިހެން މީހާއަކީ ޑެންމާކްގެ ރައްޔިތެކެވެ.

ފުލުހުންގެ ޗީފް ސޮއެރެން ތޯމަސެން ވިދާޅުވީ އޭނާއަކީ ނަފްސާނީ މައްސަލަތަކެއް ހުރި މީހެއް ކަމަށާއި ހަމަލާއާ ޓެރަރިޒަަމާ ގުޅުން އޮތް ކަމުގެ ނިޝާނެއް ނެތް ކަމަށެވެ.

ތުހުމަތު ކުރެވޭ މީހާގެ ވަނަވަރު ހާމަކޮށްފައި ނުވާ އިރު، ހޯމަ ދުވަހު އޭނާ ކޯޓަށް ހާޒިރު ކުރާނެ އެވެ.

ބޮޑު ވަޒީރު މެޓެ ފްރެޑެރިކްސަން ވިދާޅުވީ ޑެންމާކަށް އަނިޔާވެރި ހަމަލާއެއް ދީފައިވާ ކަމަށާއި މި ދަނޑިވަޅުގައި ހުރިހާ އެންމެން އެއްބައިވަންތަވުން މުހިއްމު ކަމަށެވެ.

"އަޅުގަނޑުމެންގެ ރީތި، ރައްކާތެރި ވެރިރަށް ބަދަލުވެގެން ދިޔައީ ފަޅި ސިކުންތެއްގެ ތެރޭގައި،" އެކަމަނާ ވިދާޅުވި އެވެ.

ފުލުހުން ބުނީ ތުހުމަތު ކުރެވޭ މީހާ ހަައްޔަރު ކުރި އިރު ރައިފަލް ބަޑިއަކާއި ވަޒަން އޭނާގެ އަަތުގައި ހުރި ކަމަށެވެ. ފީލްޑްސް ޝޮޕިން ސެންޓަރުގައި 140 އަށް ވުރެ ގިނަ ފިހާރަ އާއި ރެސްޓޯރެންޓް ހުރެ އެވެ.

ޑެންމާކްގައި އެންމެ ފަހުން މިފަދަ ހާދިސާއެއް ހިނގީ 2015 ވަނަ އަހަރު އެވެ. އެ ފަހަރު ކޯޕެންހޭގަންގެ ސަގާފީ ސެންޓަރަކާއި ޔަހޫދީންގެ ފައްޅިއަކަށް ދިން ހަމަލާގައި ދެ މީހުން މަރުވެ، ހަ ފުލުހުންނަށް އަނިޔާވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އޮސްޓްރޭލިއާއިން ސަންސްކްރީންގެ އުސޫލުތައް ހަރުކަށިކޮށްފި

އޮސްޓްރޭލިއާގައި ވިއްކާ ބައެއް ސަންސްކްރީންތަކުގެ ރައްކާތެރިކަން ކުޑަކަމަށް ދެއްކުމާ ގުޅިގެން، އެ ތަކެތި އުފައްދާ މިންގަނޑުތައް ހަރުކަށިކުރަން އެ ގައުމުގެ ކަމާބެހޭ އިދާރާއިން ނިންމައިފިއެވެ. މި ބަދަލުގެ ދަށުން ސަންސްކްރީންގައި ހިމެނޭ މާއްދާތައް ޓެސްޓްކުރުމާއި، އޭގެއިން ލިބޭ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ހާމަކުރުމުގައި ހަރުކަށި އުސޫލުތަކަކަށް އަމަލުކުރަން ޖެހޭނެއެވެ.

އުރުދުންއިން ސީރިއާއަށް ވައިގެ ހަމަލާދީފި

އުރުދުންގެ ފައްޅިއަކަށް ދިން ބަޑީގެ ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން، ސީރިޔާގެ ބައެއް ސަރަހައްދުތަކަށް އުރުދުންގެ އަސްކަރިއްޔާއިން ވައިގެ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކުގައި ކުޑަކުދިން ހިމެނޭހެން އާންމުންގެ ބަޔަކު މަރުވެފައިވާއިރު، ސީރިޔާ ސަރުކާރުން ވަނީ މި އޮޕަރޭޝަނަކީ އެ ގައުމާ މަޝްވަރާކުރުމެއް ނެތި ހިންގި އަމަލެއް ކަމަށް ބުނެފައެވެ.

ބްރެޒިލް އިންތިހާބު އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރައްވައިފި

ބްރެޒިލްގެ ރިޔާސީ އިންތިޚާބު ލޫލާ ކާމިޔާބު ކުރެއްވީ އޮޅުވާލައިގެން ކަމަށް ޑޮނަލްޑް ޓްރަމްޕް ތުހުމަތު ކުރެއްވި ނަމަވެސް، ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ބޮލްސޮނާރޯގެ ޕާޓީން މިހާރު ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުކޮށްފައެވެ. ބޮލްސޮނާރޯގެ ދަރިކަލުން ފްލާވިއޯ ފުރަތަމަ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހެދި ނަމަވެސް، ފަހުން ވަނީ ގާނޫނީ އަމުރުތަކަށް ތަބާވާނެ ކަމަށް ވިދާޅުވެފައެވެ.

ސައުދީ، ތުރުކީ އަދި ޕާކިސްތާނުގެ ވެރިން އީރާނުގައި ބައްދަލުވުމެއް

މެދުއިރުމަތީގެ ހަމަނުޖެހުންތައް ކުޑަކޮށް ސަރަހައްދީ ސުލްހަ ގާއިމުކުރުމަށްޓަކައި ސައުދީ، ތުރުކީ އަދި ޕާކިސްތާނުގެ އިސްވެރިން އީރާނުގެ އޮފިޝަލުންނާ ތެހެރާންގައި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އަސްކަރީ ކުރިމަތިލުންތައް އިތުރުވިޔަ ނުދިނުމަށާއި، ސަރަހައްދީ ސަލާމަތްތެރިކަން ދެމެހެއްޓުމަށްޓަކައި ހަތަރު ގައުމުން ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ.

ވޯޓު ހޯދަން ނިކީ މިނާޖް ޓްރަމްޕާއެކު ސްޓޭޖަށް

އެމެރިކާގެ ދައުރު މެދުތެރޭ އިންތިޚާބުގެ ކެމްޕޭނަށް މިޝިގަންގައި ބޭއްވި ރެލީއެއްގައި، މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ނިކީ މިނާޖް ބައިވެރިވެ ޑޮނަލްޑް ޓްރަމްޕަށާއި ރިޕަބްލިކަން ޕާޓީއަށް ތާއީދުކޮށްފިއެވެ. މި ރެލީގައި ޓްރަމްޕް ވަނީ ޑިމޮކްރެޓިކް ކެންޑިޑޭޓް އަބްދުލް އެލް-ސައީދުގެ ދީނާއި ނަސްލަށް އަމާޒުކޮށް ފާޑުވިދާޅުވެފައެވެ. އިންތިޚާބަށް ހަފުތާއަކަށް ވެފައިވާއިރު، ކޮންގްރެސްގެ ކޮންޓްރޯލް ހޯދުމަށް ދެ ޕާޓީންވެސް ދަނީ ފޯރިއާއެކު ކެމްޕޭން ކުރަމުންނެވެ.

ބްރެޒިލްގެ ރައީސް ލޫލާ ހަތަރު ވަނަ ދައުރަކަށް އިންތިހާބުވެއްޖެ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު 51.79 އިންސައްތަ ވޯޓާއެކު ކާމިޔާބުކުރައްވައި، ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ ހަތަރުވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިއެވެ. ނަމަވެސް އޭނާއާ ވާދަކުރެއްވި ފްލާވިއޯ ބޮލްސޮނާރޯ ވަނީ ވޯޓުލާ ވަގުތު އިތުރުކުރި މައްސަލައިގައި ނަތީޖާ ގަބޫލުކުރަން ދެކޮޅުހަދައި، އިންތިޚާބު ބާތިލުކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ.

Newsletter

Get the latest news delivered straight to your inbox