ހިޔާލުފާޅު ކުރުމުގެ ނަމުގައި ގުރުއާން އެންދުން ޑެންމާކުގައި ގާނޫނަކުން މަނާކޮށްފި

ހިޔާލުފާޅު ކުރުމުގެ ނަމުގައި ގުރުއާން އެންދުން ޑެންމާކުގައި ގާނޫނަކުން މަނާކޮށްފި

ހިޔާލުފާޅު ކުރުމުގެ ނަމުގައި އާންމު ތަންތަނުގައި ގުރުއާން އެންދުން މަނާ ކުރާ ބިލެއް ޑެންމާކުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި އެވެ.

އެފަދަ ބިލެއް ޑެންމާކުގައި ފާސްކޮށްފައި މިވަނީ ހިޔާލު ފާޅުކުރުމުގެ ނަމުގައި ހާމަކަން ބޮޑުކޮށް ގުރުއާން އެންދުމުގެ ހަރަކާތްތައް ހިންގަމުންދިޔުން ކުށްވެރިކޮށް މުޅި ދުނިޔޭގައި މުސްލިމުން އަޑު އުފުލާފައި ވަނިކޮށެވެ.

ވަކި ދީނެއްގެ ބަޔަކަށް ހާއްސަ ލިޔުމެއް ނުވަތަ ފޮތަކަށް އިހާނެތިކޮށް ހިތުން މަނާކުރާ އެ ގާނޫނު ފާސްކޮށްފައި ވަނީ 179 މެންބަރުން ހިމެނޭ މަޖިލީހުގެ 94 މެންބަރުންގެ ތާއީދާ އެކު އެވެ. އެ ބިލާ ދެކޮޅަށް ޑެންމާކު މަޖިލީހުގެ 77 މެންބަރަކު ވޯޓު ދިނެވެ. އެ ގާނޫނަށް އަމަލު ކުރަން ފަށާނީ ޑެންމާކުގެ ރާނީ، މާގްރީތާ ތަސްދީގު ކުރެއްވުމުންނެވެ.

އެ ގާނޫނަށް އަމަލު ކުރަން ފެށުމާއެކު އެއްވެސް ދީނެއްގެ ބަޔަކު ހުރުމަތްތެރިކޮށް ހިތާ އެއްވެސް ފޮތެއް ޑެންމާކުގައި އަންދައި، ވީދާ ހަދައިފި ނަމަ ދެ އަހަރުގެ ޖަލު ހުކުމެއް ނުވަތަ ޖޫރިމަނާއެއް އެމީހަކަށް އަންނާނެ އެވެ.

މިއަހަރުގެ ތެރޭގައި ޑެންމާކްއާއި ސްވިޑެންގައި ވަނީ ހިޔާލުފާޅު ކުރުމުގެ ނަމުގައި ފާޅުގައި ގުރުއާން މުސްހަފު އަންދައި އިސްލާމް ދީނަށް ފުރައްސާރަ ކޮށްފަ އެވެ. އެ ހަރަކާތްތަކާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުގައި ދިރިއުޅޭ މުސްލިމުން ވަނީ އެކަން ކުށްވެރިކޮށް މަގުތައް މައްޗަށް ނުކުމެ އަޑުވެސް އުފުލައިފަ އެވެ.

ޑެންމާކަކީ މީގެ ކުރިން ވެސް އިސްލާމްދީނަށް ފުރައްސާރަކޮށް ހަޖޫޖެހުމުގެ މާޒީއެއް އޮތް ގައުމެކެވެ. އެގޮތުން 2006 ވަނަ އަހަރު އެގައުމުގެ ނޫހެއްގައި ވަނީ ކީރިތި ރަސޫލާއަށް ވެސް ފުރައްސާރަކޮށް ކާޓޫނުތަކެއް ޝާއިއު ކޮށްފަ އެވެ. އެފަހަރު ވެސް ޑެންމާކާ ދެކޮޅަށް މުޅި ދުނިޔޭގައި މުސްލިމުން އަޑު އުފުލި އެވެ.

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އޮސްޓްރޭލިއާއިން ސަންސްކްރީންގެ އުސޫލުތައް ހަރުކަށިކޮށްފި

އޮސްޓްރޭލިއާގައި ވިއްކާ ބައެއް ސަންސްކްރީންތަކުގެ ރައްކާތެރިކަން ކުޑަކަމަށް ދެއްކުމާ ގުޅިގެން، އެ ތަކެތި އުފައްދާ މިންގަނޑުތައް ހަރުކަށިކުރަން އެ ގައުމުގެ ކަމާބެހޭ އިދާރާއިން ނިންމައިފިއެވެ. މި ބަދަލުގެ ދަށުން ސަންސްކްރީންގައި ހިމެނޭ މާއްދާތައް ޓެސްޓްކުރުމާއި، އޭގެއިން ލިބޭ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ހާމަކުރުމުގައި ހަރުކަށި އުސޫލުތަކަކަށް އަމަލުކުރަން ޖެހޭނެއެވެ.

އުރުދުންއިން ސީރިއާއަށް ވައިގެ ހަމަލާދީފި

އުރުދުންގެ ފައްޅިއަކަށް ދިން ބަޑީގެ ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން، ސީރިޔާގެ ބައެއް ސަރަހައްދުތަކަށް އުރުދުންގެ އަސްކަރިއްޔާއިން ވައިގެ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކުގައި ކުޑަކުދިން ހިމެނޭހެން އާންމުންގެ ބަޔަކު މަރުވެފައިވާއިރު، ސީރިޔާ ސަރުކާރުން ވަނީ މި އޮޕަރޭޝަނަކީ އެ ގައުމާ މަޝްވަރާކުރުމެއް ނެތި ހިންގި އަމަލެއް ކަމަށް ބުނެފައެވެ.

ބްރެޒިލް އިންތިހާބު އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރައްވައިފި

ބްރެޒިލްގެ ރިޔާސީ އިންތިޚާބު ލޫލާ ކާމިޔާބު ކުރެއްވީ އޮޅުވާލައިގެން ކަމަށް ޑޮނަލްޑް ޓްރަމްޕް ތުހުމަތު ކުރެއްވި ނަމަވެސް، ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ބޮލްސޮނާރޯގެ ޕާޓީން މިހާރު ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުކޮށްފައެވެ. ބޮލްސޮނާރޯގެ ދަރިކަލުން ފްލާވިއޯ ފުރަތަމަ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހެދި ނަމަވެސް، ފަހުން ވަނީ ގާނޫނީ އަމުރުތަކަށް ތަބާވާނެ ކަމަށް ވިދާޅުވެފައެވެ.

ސައުދީ، ތުރުކީ އަދި ޕާކިސްތާނުގެ ވެރިން އީރާނުގައި ބައްދަލުވުމެއް

މެދުއިރުމަތީގެ ހަމަނުޖެހުންތައް ކުޑަކޮށް ސަރަހައްދީ ސުލްހަ ގާއިމުކުރުމަށްޓަކައި ސައުދީ، ތުރުކީ އަދި ޕާކިސްތާނުގެ އިސްވެރިން އީރާނުގެ އޮފިޝަލުންނާ ތެހެރާންގައި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އަސްކަރީ ކުރިމަތިލުންތައް އިތުރުވިޔަ ނުދިނުމަށާއި، ސަރަހައްދީ ސަލާމަތްތެރިކަން ދެމެހެއްޓުމަށްޓަކައި ހަތަރު ގައުމުން ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ.

ވޯޓު ހޯދަން ނިކީ މިނާޖް ޓްރަމްޕާއެކު ސްޓޭޖަށް

އެމެރިކާގެ ދައުރު މެދުތެރޭ އިންތިޚާބުގެ ކެމްޕޭނަށް މިޝިގަންގައި ބޭއްވި ރެލީއެއްގައި، މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ނިކީ މިނާޖް ބައިވެރިވެ ޑޮނަލްޑް ޓްރަމްޕަށާއި ރިޕަބްލިކަން ޕާޓީއަށް ތާއީދުކޮށްފިއެވެ. މި ރެލީގައި ޓްރަމްޕް ވަނީ ޑިމޮކްރެޓިކް ކެންޑިޑޭޓް އަބްދުލް އެލް-ސައީދުގެ ދީނާއި ނަސްލަށް އަމާޒުކޮށް ފާޑުވިދާޅުވެފައެވެ. އިންތިޚާބަށް ހަފުތާއަކަށް ވެފައިވާއިރު، ކޮންގްރެސްގެ ކޮންޓްރޯލް ހޯދުމަށް ދެ ޕާޓީންވެސް ދަނީ ފޯރިއާއެކު ކެމްޕޭން ކުރަމުންނެވެ.

ބްރެޒިލްގެ ރައީސް ލޫލާ ހަތަރު ވަނަ ދައުރަކަށް އިންތިހާބުވެއްޖެ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު 51.79 އިންސައްތަ ވޯޓާއެކު ކާމިޔާބުކުރައްވައި، ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ ހަތަރުވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިއެވެ. ނަމަވެސް އޭނާއާ ވާދަކުރެއްވި ފްލާވިއޯ ބޮލްސޮނާރޯ ވަނީ ވޯޓުލާ ވަގުތު އިތުރުކުރި މައްސަލައިގައި ނަތީޖާ ގަބޫލުކުރަން ދެކޮޅުހަދައި، އިންތިޚާބު ބާތިލުކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ.

Newsletter

Get the latest news delivered straight to your inbox