މާ ކުޅި ކަމަށް ބުނެ ޑެންމާކުގައި ކޮރެއާ ރަމެން މަނާކޮށްފި

ސަމްޔަންގްއިން ވިއްކާ އިންސްޓެންޓް ނޫޑުލްސް: ޑެންމާކުގައި ވަނީ މަނާކޮށްފައި -- ފޮޓޯ: ފޭސްބުކް

ސަމްޔަންގްއިން ވިއްކާ އިންސްޓެންޓް ނޫޑުލްސް: ޑެންމާކުގައި ވަނީ މަނާކޮށްފައި -- ފޮޓޯ: ފޭސްބުކް

ޑެންމާކުގައި ދެކުނު ކޮރެއާގެ ސަމްޔަންގްއިން އުފައްދާ ރަމެން ނޫޑުލްސް މާ ކުޅި ކަމަށް ބުނެ ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި އެވެ.

ޑެންމާކުން މަނާކުރި އިންސްޓޭންޓް ނޫޑްލްސްގެ ބާވަތްތަކުގެ ތެރޭގައި "ބުލްޑަކް ރަމެން" 3x ސްޕައިސީ އެންޑް ހޮޓް ޗިކަން އަދި 2x ސްޕައިސީ އެންޑް ހޮޓް ޗިކަންގެ އިތުރުން ހޮޓް ޗިކަން ސްޓޫ ހިމެނެ އެވެ.

ޑެންމާކުގެ ފުޑް އެޖެންސީން ވަނީ މި ބާވަތްތަކާމެދު ސަމާލުވެ، ބޭނުން ކުރުން ހުއްޓާލުމަށް ގޮވާލާފަ އެވެ.

"މި އުފެއްދުންތައް ހުރިނަމަ، ބޭނުން ނުކޮށް ލަސްނުކޮށް ގަތްތަނާ ހަވާލުކުރަން އެދެން،" ޑެންމާކުގެ ފުޑް އެޖެންސީން ބުންޏެވެ.

އުފެއްދުންތައް މަނާކުރީ ބޭނުންކުރާ ފަރާތްތައް ވިހަވެދާނެތީ ކަމަށް އެ އެޖެންސީން ބުނި ނަމަވެސް، އެފަދަ ހާދިސާއެއް ހިނގިކަމަށް ބުނެފައެއް ނުވެ އެވެ.

ނަމަވެސް އެ ނޫޑުލްސް އުފައްދާ ސަމްޔަންގްއިން ބުނީ ނޫޑުލްސްގެ ކޮލިޓީއާމެދު މައްސަލައެއް އޮތްކަން ފާހަގަ ނުވާ ކަމަށާއި، ޑެންމާކުން ފާހަގަކޮށްފައި ވަނީ ނޫޑުލްސް ކުޅިވުން އެކަނި ކަމަށެވެ.

"މި އުފެއްދުމަކީ މުޅި ދުނިޔޭގައި ވެސް ބޭނުން ކުރަމުން އަންނަ އުފެއްދުމެއް. މިހާތަނަށް އެއްވެސް ގައުމަކުން މިފަދަ މައްސަލައެއް ފާހަގަ ނުކުރޭ،" ސަމްޔަންގްއިން ބުންޏެވެ.

ސަމްޔަންގްއަކީ ދެކުނު ކޮރެއާގައި އެކި އުފެއްދުންތައް މުޅި ދުނިޔޭގައި ވިއްކަމުން އަންނަ މަޝްހޫރު ކުންފުންޏެކެވެ. އެ ކުންފުނިންޏަކީ ކޮރެއާގައި 1960 ގައި އެންމެ ފުރަތަމަ އިންސްޓެންޓް ނޫޑުލްސް ވިއްކަން ފެށި ކުންފުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އޮސްޓްރޭލިއާއިން ސަންސްކްރީންގެ އުސޫލުތައް ހަރުކަށިކޮށްފި

އޮސްޓްރޭލިއާގައި ވިއްކާ ބައެއް ސަންސްކްރީންތަކުގެ ރައްކާތެރިކަން ކުޑަކަމަށް ދެއްކުމާ ގުޅިގެން، އެ ތަކެތި އުފައްދާ މިންގަނޑުތައް ހަރުކަށިކުރަން އެ ގައުމުގެ ކަމާބެހޭ އިދާރާއިން ނިންމައިފިއެވެ. މި ބަދަލުގެ ދަށުން ސަންސްކްރީންގައި ހިމެނޭ މާއްދާތައް ޓެސްޓްކުރުމާއި، އޭގެއިން ލިބޭ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ހާމަކުރުމުގައި ހަރުކަށި އުސޫލުތަކަކަށް އަމަލުކުރަން ޖެހޭނެއެވެ.

އުރުދުންއިން ސީރިއާއަށް ވައިގެ ހަމަލާދީފި

އުރުދުންގެ ފައްޅިއަކަށް ދިން ބަޑީގެ ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން، ސީރިޔާގެ ބައެއް ސަރަހައްދުތަކަށް އުރުދުންގެ އަސްކަރިއްޔާއިން ވައިގެ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކުގައި ކުޑަކުދިން ހިމެނޭހެން އާންމުންގެ ބަޔަކު މަރުވެފައިވާއިރު، ސީރިޔާ ސަރުކާރުން ވަނީ މި އޮޕަރޭޝަނަކީ އެ ގައުމާ މަޝްވަރާކުރުމެއް ނެތި ހިންގި އަމަލެއް ކަމަށް ބުނެފައެވެ.

ބްރެޒިލް އިންތިހާބު އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރައްވައިފި

ބްރެޒިލްގެ ރިޔާސީ އިންތިޚާބު ލޫލާ ކާމިޔާބު ކުރެއްވީ އޮޅުވާލައިގެން ކަމަށް ޑޮނަލްޑް ޓްރަމްޕް ތުހުމަތު ކުރެއްވި ނަމަވެސް، ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ބޮލްސޮނާރޯގެ ޕާޓީން މިހާރު ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުކޮށްފައެވެ. ބޮލްސޮނާރޯގެ ދަރިކަލުން ފްލާވިއޯ ފުރަތަމަ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހެދި ނަމަވެސް، ފަހުން ވަނީ ގާނޫނީ އަމުރުތަކަށް ތަބާވާނެ ކަމަށް ވިދާޅުވެފައެވެ.

ސައުދީ، ތުރުކީ އަދި ޕާކިސްތާނުގެ ވެރިން އީރާނުގައި ބައްދަލުވުމެއް

މެދުއިރުމަތީގެ ހަމަނުޖެހުންތައް ކުޑަކޮށް ސަރަހައްދީ ސުލްހަ ގާއިމުކުރުމަށްޓަކައި ސައުދީ، ތުރުކީ އަދި ޕާކިސްތާނުގެ އިސްވެރިން އީރާނުގެ އޮފިޝަލުންނާ ތެހެރާންގައި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އަސްކަރީ ކުރިމަތިލުންތައް އިތުރުވިޔަ ނުދިނުމަށާއި، ސަރަހައްދީ ސަލާމަތްތެރިކަން ދެމެހެއްޓުމަށްޓަކައި ހަތަރު ގައުމުން ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ.

ވޯޓު ހޯދަން ނިކީ މިނާޖް ޓްރަމްޕާއެކު ސްޓޭޖަށް

އެމެރިކާގެ ދައުރު މެދުތެރޭ އިންތިޚާބުގެ ކެމްޕޭނަށް މިޝިގަންގައި ބޭއްވި ރެލީއެއްގައި، މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ނިކީ މިނާޖް ބައިވެރިވެ ޑޮނަލްޑް ޓްރަމްޕަށާއި ރިޕަބްލިކަން ޕާޓީއަށް ތާއީދުކޮށްފިއެވެ. މި ރެލީގައި ޓްރަމްޕް ވަނީ ޑިމޮކްރެޓިކް ކެންޑިޑޭޓް އަބްދުލް އެލް-ސައީދުގެ ދީނާއި ނަސްލަށް އަމާޒުކޮށް ފާޑުވިދާޅުވެފައެވެ. އިންތިޚާބަށް ހަފުތާއަކަށް ވެފައިވާއިރު، ކޮންގްރެސްގެ ކޮންޓްރޯލް ހޯދުމަށް ދެ ޕާޓީންވެސް ދަނީ ފޯރިއާއެކު ކެމްޕޭން ކުރަމުންނެވެ.

ބްރެޒިލްގެ ރައީސް ލޫލާ ހަތަރު ވަނަ ދައުރަކަށް އިންތިހާބުވެއްޖެ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު 51.79 އިންސައްތަ ވޯޓާއެކު ކާމިޔާބުކުރައްވައި، ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ ހަތަރުވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިއެވެ. ނަމަވެސް އޭނާއާ ވާދަކުރެއްވި ފްލާވިއޯ ބޮލްސޮނާރޯ ވަނީ ވޯޓުލާ ވަގުތު އިތުރުކުރި މައްސަލައިގައި ނަތީޖާ ގަބޫލުކުރަން ދެކޮޅުހަދައި، އިންތިޚާބު ބާތިލުކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ.

Newsletter

Get the latest news delivered straight to your inbox