ފިލިޕީންސް އަށް އެރި ތޫފާނަށް ފަހު ފެނާއި ކާބޯތަކެއްޗަށް ޖެހިފައި

ފިލިޕީންސްގެ ބޮހޯލް ޕްރޮވިންސްގައި ފެނަށް ޖެހިފައިވާ މީހުން ހުސްފުޅި ހިފައިގެން ކިޔުގައި މަޑުކޮށްގެން. -- ފޮޓޯ: އޭއެފްޕީ

ފިލިޕީންސްގެ ބޮހޯލް ޕްރޮވިންސްގައި ފެނަށް ޖެހިފައިވާ މީހުން ހުސްފުޅި ހިފައިގެން ކިޔުގައި މަޑުކޮށްގެން. -- ފޮޓޯ: އޭއެފްޕީ

ލޮބޮކް، ފިލިޕީންސް (ޑިސެމްބަރު 21) - ފިލިޕީންސް އަށް އެރި ތޫފާން ރާއީގައި ހާލުގައި ޖެހިފައިވާ މީހުންނަށް ފެނާއި ކާބޯތަކެތި އަދި ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތަށް އިތުރު އެހީ ބޭނުންވާ ކަމަށް ޖަމިއްޔާތަކުން ބުނެފި އެވެ.

ފިލިޕީންސްގެ ދެކުނާއި މެދުތެރޭގެ ހިސާބުތަކަށް މިދިޔަ ބުރާސްފަތި ދުވަހު އެރި ތޫފާނުގައި ބޮޑެތި ގެއްލުންތަކެއް ލިބި، 375 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. ފިލިޕީންސް ރެޑް ކްރޮސް އިން ބުނީ އައްސޭރިފަށުގެ ހިސާބުތައް އެއްކޮށް ސުންނާފަތިވެފައިވާ ކަމަށެވެ.

ބައެއް ހިސާބުތަކުން ކަރަންޓާއި މުއާސަލާތީ ހިދުމަތްތައް ކެނޑި، އިމާރާތްތަކުގެ ފުރާޅު އެއްލާލައި، ބިޔަ ކަރަންޓު ދަގަނޑުތައް ވެއްޓިފައި ވެ އެވެ. އދ. އިން ވެސް ބުނީ ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރި ހިސާބުތައް އެއްކޮށް ސުންނާފަތިވެފައިވާ ކަމަށެވެ.

ވަގުތީ ހިޔާތަކުގައި 400،000 އަށް ވުރެ ގިނަ މީހުން އެބަ ތިއްބެވެ. އެންމެ ބޮޑަށް އަސަރު ކުރި އެއް ރަށް ކަމަށްވާ ބޮހޯލް އިން އެކަނިވެސް 94 މީހުން މަރުވި އެވެ. އެ ތަނުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ.

ގަޑިއަކު 195 ކިލޯމީޓަރުގެ ވަޔާ އެކު އެރި ތޫފާނުގެ އަސަރު ސިއަރްގާއޯ، ޑިނަގަތް އަދި މިންޑަނާއޯ ރަށްތަކަށް ވެސް ވަރަށް ބޮޑަށް ކުރި އެވެ. އާއްމުންނަށް އެހީވާން ކުރާ މަސައްކަތަށް ހުރަސް އެޅިފައި ވަނީ އަދިވެސް ގިނަ ހިސާބުތަކަށް މުއާސަލާތީ ހިދުމަތްތައް ނުލިބޭތީ އެވެ.

ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރި ހިސާބުތަކުގައި އެހީވުމަށް އެތައް ހާސް ސިފައިންނާއި، ފުލުހުން އަދި ކޯސްޓުގާޑާއި އަލިފާން ނިއްވާ ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. ކާބޯތަކެއްޗާއި، ފެން އަދި ބޭސް ހިފައިގެން ބޯޓުތަކާއި ވައިގެ އުޅަނދުތައް ވަނީ އެކި ސަރަހައްދުތަކަށް ގޮސްފަ އެވެ.

"ލިބެން ހުރި ހުރިހާ ވަސީލަތެއް އެހީގެ މަސައްކަތަށް ނެރުމަށް އަޅުގަނޑު ވާނީ ސިފައިންނަށް އަންގާފައި،" ޑިފެންސް ސެކެޓްރީ ޑެލްފިން ލޮރެންޒާނާ ހޯމަ ދުވަހު ވިދާޅުވި އެވެ.

ބަންދުވެފައިވާ މަގުތައް ސާފުކޮށް، ތޫފާނުގެ ސަބަބުން އުފެދިފައިވާ ކުނިތައް ސާފުކުރުމަށް ބޭނުންވާ ބަރު އުޅަނދާއި އެހެނިހެން މެޝިންތައް ވެސް އެކި ހިސާބުތަކަށް ދަނީ ފޮނުވަމުންނެވެ.

ބިމާ ހަމަވެފައިވާ ގެޔެއްގެ ވެރިފަރާތުން ގެއްލުންތައް ބަލަނީ. --ފޮޓޯ: އޭއެފްޕީ
ބިމާ ހަމަވެފައިވާ ގެޔެއްގެ ވެރިފަރާތުން ގެއްލުންތައް ބަލަނީ. --ފޮޓޯ: އޭއެފްޕީ

ބިމާ ހަމަވެފައިވާ ގެޔެއްގެ ވެރިފަރާތުން ގެއްލުންތައް ބަލަނީ. --ފޮޓޯ: އޭއެފްޕީ

ސަރުކާރުގެ އިތުރުން އެހީދޭ ޖަމިއްޔާތަކުން ވެސް މަސައްކަތުގައި އުޅޭއިރު، ރެޑް ކްރޮސް އިން ވަނީ ސިއަރްގާއޯ އަދި ބޮހޯލް އަށް އެހީ ފޮނުވާފަ އެވެ. ރެޑް ކްރޮސް އިން އެދިފައި ވަނީ އަވަސް އެހީގެ ފަންޑަށް ބޭނުންވާ 22 މިލިއަން ޑޮލަރު ފޯރުކޮށްދިނުމަށެވެ.

އިނގިރޭސިވިލާތުން ބުނެފައި ވަނީ އެ ފަންޑަށް އެއް މިލިއަން ޑޮލަރު ދޭނެ ކަމަށެވެ. ރެޑް ކްރޮސްގެ އިތުރުން އެހީދޭ އެހެން ޖަމިއްޔާތަކުން ވެސް ވަނީ ފަންޑުތައް ގާއިމްކޮށްފަ އެވެ. ޖަމިއްޔާތަކުން އެންމެ ބޮޑު އިސްކަމެއް ދޭނީ ސުންނާފަތިވެފައިވާ ގެތައް އަލުން އިމާރާތް ކުރުމަށެވެ.

ތޫފާން ރާއީ އަށް ފިލިޕީންސްގައި ދީފައިވާ ނަމަކީ "އޮޑެޓް" އެވެ. އަހަރުގެ ފަހުކޮޅު އާއްމުކޮށް ފިލިޕީންސް އަށް ތޫފާން ނާރަ އެވެ. ތޫފާން އަރާ މޫސުމުގެ ގޮތުގައި ފާހަގަވެފައި އޮންނަނީ ޖުލައި މަހުން އޮކްޓޯބަރު މަހަށެވެ.

ތޫފާންތައް ވަރުގަދަވެ، ކުރިއަށް ވުރެ ނުރައްކާތެރިވަމުން ދަނީ މޫސުމީ ބަދަލާ ހެދި ކަމަށް ސައިންސްވެރިން ބުނެ އެވެ. ފިލިޕީންސް އަކީ މޫސުމީ ބަދަލުގެ އަސަރަށް އެންމެ ނާޒުކު އެއް ގައުމެވެ. އެ ގައުމަށް ކޮންމެ އަހަރަކު ވެސް 20 ތޫފާން އާއްމު ގޮތެއްގައި އަރަ އެވެ.

ފިލިޕީންސްގެ ތާރީހުގައި އެންމެ ބާރުގަދަ ތޫފާނަކާ ދިމާވީ 2013 ވަނަ އަހަރު އެވެ. އެ ފަހަރު އެރި ތޫފާން ހައްޔާންގައި 7،300 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox