މެލޭޝިއާގައި ފެންބޮޑުވެ 7 މަރު، 50،000 މީހުން ހާލުގައި ޖެހިފައި

ފެންބޮޑުވެފައިވާ ސަރަހަދެއްގައި މީހަކު ފުރާނަ ސަލާމަތް ކުރަން ދަގަނޑު ހޮޅިއެއްގައި ހިފަހައްޓައިގެން. -- ފޮޓޯ: އޭއެފްޕީ

ފެންބޮޑުވެފައިވާ ސަރަހަދެއްގައި މީހަކު ފުރާނަ ސަލާމަތް ކުރަން ދަގަނޑު ހޮޅިއެއްގައި ހިފަހައްޓައިގެން. -- ފޮޓޯ: އޭއެފްޕީ

ކުއަލަ ލަމްޕޫރް، މެލޭޝިއާ (ޑިސެމްބަރު 20) - މެލޭޝިއާ އަށް ބޯކޮށް ވާރޭވެހުމާ ގުޅިގެން ހަތް މީހުން މަރުވެ، 50،000 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިއްޖެ އެވެ.

ފާއިތުވި ހަފުތާ ބަންދުގައި ހުއްޓުމެއް ނެތި ވާރޭ ވެހުމާ އެކު ފެންބޮޑުވެ ބައެއް އަވަށްތައް ވަނީ ފެނުއަޑީގަ އެވެ. އޭގެ އިތުރުން ބޮޑެތި މަގުތައް ބަންދުވެ، ގިނަ ބަޔަކު އެތައް ގަޑިއިރެއް ތިބީ އުޅަނދުތަކުގައި ތާށިވެފަ އެވެ.

ރަސްމީ ތަފާސްހިސާބު ދައްކާ ގޮތުން ހޯމަ ދުވަހުގެ ނިޔަލަށް 51،000 މީހުން ވަނީ ގެތަކުން ނެރި، ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ. އެންމެ ބޮޑަށް އަސަރުކޮށްފައިވާ އިރުމަތީގެ ޕަހާންގް ސްޓޭޓުން އެކަނިވެސް 32،000 މީހުން ގެތަކުން ނުކުންނަން ޖެހުނެވެ.

އޭގެ އިތުރުން އެންމެ މުއްސަނދި އަދި އެންމެ އާބާދީ ބޮޑު ސެލަންގޯ ސްޓޭޓަށް ވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. ނަމަވެސް ވެރިރަށް ކުއަލަ ލަމްޕޫރް ވަށައިގެން އޮންނަ ސެލަންގޯ އަކީ އާއްމު ގޮތެއްގައި ފެންބޮޑުވުމުގެ މައްސަލަ ދިމާވާ ސްޓޭޓެއް ނޫނެވެ.

ސެލަންގޯގެ ޝާހް އަލަމްގައި ހާލުގައި ޖެހިފައި ތިބި މީހުން ސަލާމަތް ކުރަނީ. -- ފޮޓޯ: އޭއެފްޕީ
ސެލަންގޯގެ ޝާހް އަލަމްގައި ހާލުގައި ޖެހިފައި ތިބި މީހުން ސަލާމަތް ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ސެލަންގޯގެ ޝާހް އަލަމްގައި ހާލުގައި ޖެހިފައި ތިބި މީހުން ސަލާމަތް ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ދަ ސްޓާ ނޫހުން އޮފިޝަލުންނާ ހަވާލަދީ ބުނީ އެ ސްޓޭޓުން ހަތް މީހުން މަރުވެފައިވާ ކަމަށެވެ. ބައެއް މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. ބެލެވޭ ގޮތުގައި މަރުވި މީހުންގެ އަދަދު ދާނީ އުފުލެމުންނެވެ.

ބޮޑު ވަޒީރު އިސްމާއިލް ސަބްރީ ޔައުގޫބް ވިދާޅުވީ ސެލަންގޯގައި އެއް ދުވަސް ތެރޭ އެއް މަހުގެ ވާރޭ ވެހުނު ކަމަށާއި އެހީވުމުގެ މަސައްކަތުގައި އެތައް ހާސް ސިފައިންނާއި ފުލުހުން އެބަ އުޅޭ ކަމަށެވެ.

ހޯމަ ދުވަހު ގިނަ ހިސާބުތަކަށް ވާރޭވެހުން ހުއްޓާލުމާ އެކު އާއްމުން ވަނީ ލިބިފައިވާ ގެއްލުންތައް ބަލަން ނުކުމެފަ އެވެ.

އަހަރުގެ ފަހުކޮޅު އާއްމުކޮށް މެލޭޝިއާ އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާން މެދުވެރިވެ އެވެ. ނަމަވެސް ފާއިތުވި ހަފުތާ ބަންދުގައި ފެންބޮޑުވެފައި ވަނީ ފަހުގެ ތާރީހެއްގައި ފެންބޮޑުނުވާހާ ބޮޑުކޮށެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ކުރިއަށް ވުރެ ބޮޑަށް ފެންބޮޑުވުމުގެ މައްސަލަ ދިމާވަނީ މޫސުމީ ބަދަލާ ހެދި ކަމަށް ސައިންސްވެރިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox