ހާމިދް ކަރްޒާއީގެ ބަހުގެ ހަމަލާތަކެއް އިމްރާން ހާންއަށް!

އަފްގާނިސްތާނުގެ ކުރީގެ ރައީސް ހާމިދު ކަރްޒާއީ (ވ) އަދި ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާން.

އަފްގާނިސްތާނުގެ ކުރީގެ ރައީސް ހާމިދު ކަރްޒާއީ (ވ) އަދި ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާން.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕޮރޭޝަން (އޯއައިސީ) ގެ ހާއްސަ ސެޝަންގައި ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާން ދެއްކެވި ވާހަކައަށް އަފްގާނިސްތާނުގެ ކުރީގެ ރައީސް ހާމިދު ކަރްޒާއީ ފާޑުވިދާޅުވެއްޖެ އެވެ.

ކަރްޒާއީ ކުރެއްވި ޓްވީޓުތަކެއްގައި ވިދާޅުވީ އެއީ އަފްގާން ރައްޔިތުންގެ މެދުގައި ފިތުނަ އާއި ބައިބައިވުން އުފެއްދުމުގެ ނިޔަތުގައި ދެއްކެވި ވާހަކަތަކެއް ކަމަށާއި އެއީ އަފްގާން ރައްޔިތުންނަށް ކުޑައިމިސްކުރުމުގެ އަމަލެއް ކަމަށެވެ.

އޭގެ އިތުރުން އިސްލާމިކް ސްޓޭޓް (އައިއެސް) އުޅެނީ އަފްގާނިސްތާނުގައި ކަމަށާއި އޭގެ ސަބަބުން ޕާކިސްތާނަށް ނުރައްކާ އޮތް ކަމަށް ވިދާޅުވި ނަމަވެސް، ހަގީގަތުގައި ކަން އޮތީ އޭގެ އިދިކޮޅަށް ކަމަށް ކަރްޒާއީ ވިދާޅުވި އެވެ.

Advertisement

"އައިސިސްގެ ނުރައްކާ ފެށުނީއްސުރެ ވެސް އަފްގާނިސްތާނަށް އަންނަމުން ދިޔައީ ސީދާ ޕާކިސްތާނުން،" ކަރްޒާއީ ވިދާޅުވި އެވެ.

ކަރްޒާއީ ޕާކިސްތާނުގެ ސަރުކާރަށް ގޮވާލެއްވީ އަފްގާނިސްތާނުގެ ދާހިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށާއި އަފްގާނިސްތާނުގެ ފަރާތުން ބައިނަލްއަގްވާމީ ފޯރަމްތަކުގައި ވާހަކަދައްކާ ފަރާތަކަށް ޕާކިސްތާން ވެގެން ނޫޅުމަށެވެ.

"ޕާކިސްތާނުން މަސައްކަތް ކުރަންވީ ދެ ގައުމުގެ މެދުގައި ހަމަޖެހޭ، ތަހުޒީބު ގުޅުމެއް ގާއިމްކުރަން،" ކަރްޒާއީ ވިދާޅުވި އެވެ.

އަފްގާނިސްތާނަށް ދިމާވެފައިވާ އިންސާނީ ކާރިސާއިން އަރައިގަތުމަށް އެހީވާނެ ގޮތްތަކާ މެދު މަޝްވަރާ ކުރުމަށް 57 އިސްލާމީ ގައުމެއްގެ މަންދޫބުން ޕާކިސްތާނުގައި އާދީއްތަ ދުވަހު ބައްދަލުކުރި އެވެ.

އޯއައިސީގެ އެ ބައްދަލުވުމަކީ މިދިޔަ އޯގަސްޓު މަހު ގާނޫނީ ސަރުކާރުން ވައްޓާލުމަށް ފަހު ތާލިބާނުން އަފްގާނިސްތާނުގެ ވެރިކަމަށް އައުމަށް ފަހު، އެ ގައުމާ ގުޅޭ ގޮތުން ބޭއްވި އެންމެ ބޮޑު ކޮންފެރެންސެވެ.

ތާލިބާނުން ވެރިކަމާ ހަވާލުވުމުން ބޭރުގެ އެހީތައް ވަނީ ހިފަހައްޓާފަ އެވެ. އެހެންވެ، އަފްގާނިސްތާނަށް ވަނީ އިގްތިސާދީ އަދި އިންސާނީ ކާރިސާއެއް ދިމާވެފަ އެވެ. އޭގެ އިތުރުން އަފްގާނިސްތާނުގެ މަރުކަޒީ ބޭންކުގެ ބިލިއަނަކަށް ވުރެ ގިނަ ޑޮލަރު އެމެރިކާ އިން ވަނީ ހިފަހައްޓާފަ އެވެ.

ޕާކިސްތާނުން ދެއްކީ ކޮން ވާހަކައެއް؟

އޯއައިސީ ބައްދަލުވުމުގައި ގައުމުތަކުން ވައުދުވީ ހިފަހައްޓާފައިވާ ފައިސާ ހޯދަން އަފްގާނިސްތާނުން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށެވެ. ބައްދަލުވުމަށް ފަހު ނެރުނު ބަޔާނުގައި ބުނީ 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގައި އެ ފައިސާ އަނބުރާ ލިބޭތޯ ބަލާނެ ކަމަށާއި އެކަމުގައި އިސްކޮށް އުޅޭނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ކަމަށެވެ.

އޭގެ އިތުރުން ތާލިބާނުން ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރުމަށް ވެސް ބަޔާނުގައި ގޮވާލި އެވެ.

އޯއައިސީ ބައްދަލުވުމުގައި ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާން ވިދާޅުވީ ތާލިބާނާއި އާދައިގެ އަފްގާން ރައްޔިތުން ވަކިކުރަން ދުނިޔެ އަށް ޖެހޭ ކަމަށެވެ.

"އަޅުގަނޑު ވަކިން މި ވާހަކަ މި ދަންނަވަނީ އެމެރިކާ އަށް. އަފްގާނިސްތާނުގެ ސަރުކާރާއި 40 މިލިއަން އަފްގާން ރައްޔިތުންނާ ވަކިކުރަން ދަސްކުރަން ޖެހޭ،" އިމްރާން ހާން ވިދާޅުވި އެވެ.

އޭގެ އިތުރުން ހުޅަނގުގެ ގައުމުތަކުން ގަބޫލު ކުރާ އިންސާނީ ހައްގުތަކާއި އަފްގާނިސްތާނުގައި އޮތް ތާލިބާން ސަރުކާރު ގަބޫލުކުރުމާ ގުޅުވުމަކީ ހަމަނުޖެހޭ ކަމެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.

"ކޮންމެ ގައުމެއް ވެސް ވަރަށް ތަފާތު... ކޮންމެ މުޖުމައެއްގައި ވެސް އިންސާނީ ހައްގުތަކާ މެދު ދެކެނީ ތަފާތު ގޮތަކަށް."

އެއްވެސް ގައުމަކުން މިހާތަނަށް ރަސްމީކޮށް ތާލިބާން ސަރުކާރު ބަލައިގެންފައެއް ނުވެ އެވެ. ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ޝާހް މެހްމޫދް ގުރެއިޝީ ވެސް ވިދާޅުވީ ބައްދަލުވުމުގައި ނިންމާނީ "ވަކި ގްރޫޕަކަށް" އެހީވުމުގެ ބަދަލުގައި "އަފްގާން ރައްޔިތުންނަށް" ކަންކަން ކޮށްދިނުމަށް ކަމަށެވެ.

މީގެ ކުރިން 1996 އިން 2001 އަށް ތާލިބާނުން ވެރިކަން ކުރިއިރު ތާލިބާނުންގެ ސަރުކާރު ބަލައިގަތީ ހަމައެކަނި ޕާކިސްތާނާއި ސައުދީ އަރަބިއްޔާ އަދި ޔޫއޭއީ އިންނެވެ.

އަފްގާނިސްތާނަށް އެހީވުމަށް ބާރު އަޅުއްވަމުން ގުރެއިޝީ ވިދާޅުވީ ތާލިބާން ސަރުކާރު ބަލައިގަތުމާއި އެ ސަރުކާރާ "އެންގޭޖުވެ" ގުޅިގެން މަސައްކަތް ކުރުމަކީ ތަފާތު ދެ ކަމެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox