ފިލިޕީންސް ތޫފާނުގައި މަރުވި މީހުންގެ އަދަދު 200 އިން މައްޗަށް

ފިލިޕީންސް އަށް އެރި ތޫފާނުގައި އައްސޭރިފަށުގެ ގެޔެއް އެއްކޮށް ސުންނާފަތިވެފައި. -- ފޮޓޯ: އޭއެފްޕީ

ފިލިޕީންސް އަށް އެރި ތޫފާނުގައި އައްސޭރިފަށުގެ ގެޔެއް އެއްކޮށް ސުންނާފަތިވެފައި. -- ފޮޓޯ: އޭއެފްޕީ

ސުރިގާއޯ ސިޓީ، ފިލިޕީންސް (ޑިސެމްބަރު 20) - މި އަހަރު ފިލިޕީންސް އަށް އެރި އެންމެ ބާރުގަދަ ތޫފާނުގައި މަރުވި މީހުންގެ އަދަދު 200 އިން މައްޗަށް އަރައިފި އެވެ.

ފިލިޕީންސް ރެޑް ކްރޮސް އިން ބުނީ އައްސޭރިފަށުގެ ހިސާބުތައް އެއްކޮށް ސުންނާފަތިވެފައިވާ ކަމަށެވެ. ބައެއް ހިސާބުތަކުން ކަރަންޓާއި މުއާސަލާތީ ހިދުމަތްތައް ކެނޑި، އިމާރާތްތަކުގެ ފުރާޅު އެއްލާލައި، ބިޔަ ކަރަންޓު ދަގަނޑުތައް ވެއްޓިފައި ވެ އެވެ.

ބައެއް ހިސާބުތަކަށް ލިބިފައިވާ ގެއްލުމަކީ 2013 ވަނަ އަހަރު އެރި ތޫފާން ހައްޔާންގައި ލިބުނު ފަދަ ބޮޑެތި ގެއްލުންތަކެއް ކަމަށް ދަނީ ސިފަކުރަމުންނެވެ. ތޫފާން ހައްޔާން، ނުވަތަ ފިލިޕީންސްގައި ކިޔާ ނަމުން ނަމަ ތޫފާން ޔޮލާންޑާ، އަކީ އެ ގައުމުގެ ތާރީހުގައި އެރި އެންމެ ބާރުގަދަ ތޫފާނެވެ.

ފުލުހުން ބުނީ މިހާތަނަށް 208 މީހުން މަރުވެފައި ވާއިރު 52 މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އޭގެ އިތުރުން އެތައް ސަތޭކަ ބަޔަކަށް ވަނީ އަނިޔާވެފަ އެވެ.

ތޫފާން ރާއީ އެރުމުގެ ކުރިން 300،000 އަށް ވުރެ ގިނަ މީހުން ގެތަކާއި އައްސޭރިފަށުގެ ރިސޯޓުތައް ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވި އެވެ. ބުރާސްފަތި ދުވަހު އެރި ތޫފާނުގައި ފިލިޕީންސްގެ ދެކުނާއި މެދުތެރޭގެ ހިސާބުތަކަށް ބޮޑެތި ގެއްލުންތައް ލިބުނެވެ.

ސުރިގާއޯ ސިޓީގެ އައްސޭރިފަށުގައި އުޅޭ ރައްޔިތުން ބުނީ އެ މީހުން ތިބީ ހާލުގައި ޖެހިފައި ކަމަށާއި ބޯފެނާއި ކާބޯތަކެތި ވެސް ނެތް ކަމަށެވެ. އެ ސިޓީގެ އިތުރުން ދެން އެންމެ ބޮޑަށް އަސަރު ކުރީ ފަތުރުވެރިންގެ މެދުގައި މަގްބޫލް ބޮހޯލް ރަށަށެވެ.

ހާލުގައި ޖެހިފައިވާ މީހުން ފެން ހޯދަން ކިޔުގައި މަޑުކޮށްގެން. -- ފޮޓޯ: އޭއެފްޕީ
ހާލުގައި ޖެހިފައިވާ މީހުން ފެން ހޯދަން ކިޔުގައި މަޑުކޮށްގެން. -- ފޮޓޯ: އޭއެފްޕީ

ހާލުގައި ޖެހިފައިވާ މީހުން ފެން ހޯދަން ކިޔުގައި މަޑުކޮށްގެން. -- ފޮޓޯ: އޭއެފްޕީ

ބޮހޯލް ރަށުގެ ގަވަރުނަރު އާތާ ޔެޕް ފޭސްބުކްގައި ވިދާޅުވީ އެ ރަށުގެ އަވަށްތަކުން 80 މީހުން މަރުވެފައިވާ ކަމަށެވެ. އެ ރަށުގެ ޔުބޭ އަވަށް އެއްކޮށް ސުންނާފަތިވެފައި ވާއިރު، އެ ތަނުގައި ވަނީ ކުއްލި ނުރައްކާ އިއުލާނުކޮށްފަ އެވެ.

ގަޑިއަކުން 195 ކިލޯމީޓަރުގެ ވަޔާ އެކު އެރި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރީ ސިއަރްގާއީ، ޑިނަގަތް އަދި މިންޑަނާއޯ ރަށްތަކަށެވެ. އާއްމުންނަށް އެހީވާން ކުރާ މަސައްކަތަށް ހުރަސް އެޅިފައި ވަނީ އަދިވެސް ގިނަ ހިސާބުތަކަށް މުއާސަލާތީ ހިދުމަތްތައް ނުލިބޭތީ އެވެ.

ބައެއް އާއްމުން ވަނީ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ރައީސް ރޮޑްރިގޯ ޑުޓާޓޭ ތޫފާނުގެ އަސަރު ކުރި ބައެއް ހިސާބުތަކަށް އާދީއްތަ ދުވަހު ވަޑައިގެން ވިދާޅުވީ އެހީގެ މަސައްކަތަށް 40 މިލިއަން ޑޮލަރު ހާއްސަ ކުރައްވާނެ ކަމަށެވެ.

ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރި ހިސާބުތަކުގައި އެހީވުމަށް އެތައް ހާސް ސިފައިންނާއި، ފުލުހުން އަދި ކޯސްޓުގާޑާއި އަލިފާން ނިއްވާ ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. ކާބޯތަކެއްޗާއި، ފެން އަދި ބޭސް ހިފައިގެން ބޯޓުތަކާއި ވައިގެ އުޅަނދުތައް ވަނީ އެކި ސަރަހައްދުތަކަށް ގޮސްފަ އެވެ.

ތޫފާން ރާއީ އަށް ފިލިޕީންސްގައި ދީފައިވާ ނަމަކީ "އޮޑެޓް" އެވެ. އަހަރުގެ ފަހުކޮޅު އާއްމުކޮށް ފިލިޕީންސް އަށް ތޫފާން ނާރަ އެވެ. ތޫފާން އަރާ މޫސުމުގެ ގޮތުގައި ފާހަގަވެފައި އޮންނަނީ ޖުލައި މަހުން އޮކްޓޯބަރު މަހަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox