ފައިސާ ލިބުނުތާ އަހަރެއްވީއިރު، ރެޒިޑެންޝަލް ކެއާ ހޯމްސްގެ މަސައްކަތް އަދިވެސް ނުފަށާ

ގުރައިދޫގައި ހުންނަ މަރުކަޒު: އެހީ ބޭނުންވާ ދޮށީ އުމުރުގެ މީހުން ސަރުކާރުން ބަހައްޓަނީ މިތަނުގައި -- ފޮޓޯ: ފައިލް

ގުރައިދޫގައި ހުންނަ މަރުކަޒު: އެހީ ބޭނުންވާ ދޮށީ އުމުރުގެ މީހުން ސަރުކާރުން ބަހައްޓަނީ މިތަނުގައި -- ފޮޓޯ: ފައިލް

ދޮށީ އުމުރުގެ މީހުން ދިރިއުޅުމަށް ހާއްސަ އިޖްތިމާއީ މަރުކަޒުތައް ބިނާ ކުރުމަށް ފައިސާ ލިބުނުތާ އެއް އަހަރު ފާއިތުވިއިރު ވެސް އިމާރާތްތައް އެޅުމުގެ މަސައްކަތް ފަށާފައިނުވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީގެ ކޮމިއިނުކޭޝަންސް ޑިރެކްޓަރު ރިޒްނާ ޒަރީރު ވިދާޅުވީ ރެޒިޑެންޝަލް ކެއާ ހޯމްސް އެޅުމަށް އޭޝިއަން ޑިވެލޮޕްމަންޓު ބޭންކުން ފައިސާ ހަމަޖެހުނުތާ އެއް އަހަރާއި އެއް މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެ އޮފީހުން މިހާތަނަށް ކުރި މަސައްކަތަކީ އިމާރާތް އަޅާނެ ބިން ހަމަޖެއްސުން ކަމަށެވެ.

ރިޒްނާ ވިދާޅުވީ ރެޒިޑެންޝަލް ކެއާ ހޯމްސް އަޅާނީ މާލެ އާއި އައްޑޫގައި ކަމަށެވެ. އަދި އެތަންތަނުގެ ބިންގާ އަޅާނީ 2022 ވަނަ އަހަރުގެ މެދު ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ކުރިއަށްދަނީ ޑިޒައިނިންގެ މަސައްކަތްތަކާ އެ ކަންތައްތައް. އަންނަ އަހަރުގެ މެދު ތެރޭ ހިސާބަށް ބިންގާ އަޅާނީ،" ރިޒްނާ ވިދާޅުވި އެވެ.

ރެޒިޑެންޝަލް ކެއާ ހޯމްސް އެޅުމަށް އޭޑީބީން ފައިސާ ހަމަޖެހިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަކްރަމް ހުސެއިން އިއުލާން ކުރެއްވީ މީގެ އެއް އަހަރު ކުރިން އޮކްޓޯބަރު 27، 2020 ގަ އެވެ.

"2020 ވަނަ އަހަރު މިހާތަނަށް 49 މައްސަލަ އުމުރުން ދުވަސްވީ މީހުންނަށް އިހުމާލުވެގެން ރިޕޯޓުކޮށްފައިވޭ. މި މައްސަލަތަކުގައި ހާލަތަށް ރިއާޔަތް ކުރުމަށް ފަހު އާއިލީ ވެށިން ރައްކާތެރިކަން ފޯރުކޮށްނުދެވޭ ނަމަ މި ބައިތިއްބަން ޖެހެނީ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި،" ކެއާ ހޯމްސް ރާއްޖެއަށް ބޭނުންވާ މިންވަރު ބުނެދެމުން އަކްރަމް ވިދާޅުވެފައިވެ އެވެ.

ރެޒިޑެންޝަލް ކެއާ ހޯމްސް އެޅުމަށް ލޯނު ހަމަޖެހިފައިވާ ކަމަށް އަކްރަމް އިއުލާން ކުރެއްވި ފަހުން، އުމުރުން ދޮށީ މީހުންނަށް އަޅާލުން ނުލިބެގެން 57 މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވެ އެވެ.

އެހީއަށް ބޭނުންވާ ދޮށީ އުމުރުގެ މީހުން ދައުލަތުގެ ފަރާތުން މިހާރު ބަހައްޓަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުން ގެންގުޅޭ ކ. ގުރައިދޫ މަރުކަޒުގަ އެވެ. އެތަނުގައި މިވަގުތު ވެސް ދޮށީ އުމުރުގެ 25 މީހުން ތިބިއިރު އެމީހުން ބައިތިއްބަނީ ނަފްސާނީ އަދި ސިކުނޑީގެ މައްސަލަތަކާ ގުޅިގެން މަރުކަޒަށް ލާފައި ތިބި މީހުންނާއެކު އެވެ.

ނަމަވެސް ގުރައިދޫ މަރުކަޒަކީ ދޮށީ އުމުރުގެ މީހުން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ. މަންފާ ސެންޓަރަށް 15 އަހަރު ފުރުން ފާހަގަ ކުރުމަށް އޭޕްރީލް 20، 2019 ގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ދޮށީ އުމުރުގެ މީހުންނަށް ބޭނުންވަނީ "ވަސީލަތްތައް ތަނަވަސް" މަރުކަޒެއް ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރަން، ގުރައިދޫގައި ހުންނަ މަރުކަޒަކީ، ދޮށީ އުމުރުގެ މީހުން ގެންގުޅެން އެންމެ އެކަށީގެންވާ ތަނެއް ނޫން. އެއަށްވުރެ ފެންވަރު ރަނގަޅު، އަދި ވަސީލަތްތައް ތަނަވަސް ތަނެއް އެކަމަށް ބޭނުންވޭ. އެފަދަ މަރުކަޒަކުން، އެ ޢުމުރުގެ މީހުންގެ ހެލްތު ސްކްރީން ހަދައި، ސިއްހީ ހާލަތު ވަޒަން ކުރެވޭނެ ގޮތްތައް ހުންނަންޖެހޭނެ،" ރައީސް ވިދާޅުވެފައިވެ އެވެ.

ދޮށީ އުމުރުގެ މީހުން ދިރިއުޅޭނެ ހާއްސަ ތަންތަން އެޅުމަކީ ރައީސް ސޯލިހުގެ ވަރަށް ހާއްސަ ރިޔާސީ ވައުދުފުޅެކެވެ. ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ގޮތުން ރައީސް ސޯލިހުގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން "ދޮށީ އުމުރުގެ މީހުންނަށް ހާއްސަ އިޖްތިމާއީ މަރުކަޒުތައް ގާއިމްކޮށްދިނުން" އެއީ އެމަނިކުފާނުގެ ވައުދުފުޅެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox