ފިލިޕީންސް އަށް އެރި ތޫފާނުގައި މަރުވި މީހުންގެ އަދަދު 75 އަށް އަރައިފި

ފިލިޕީންސް އަށް އެރި ތޫފާނުގައި ގެއްލުން ލިބިފައިވާ ގެޔެއްގެ ތެރޭގައި ކުޑަކުއްޖަކު ފެންވަރުވަނީ. -- ފޮޓޯ: އޭއެފްޕީ

ފިލިޕީންސް އަށް އެރި ތޫފާނުގައި ގެއްލުން ލިބިފައިވާ ގެޔެއްގެ ތެރޭގައި ކުޑަކުއްޖަކު ފެންވަރުވަނީ. -- ފޮޓޯ: އޭއެފްޕީ

މެނީލާ، ފިލިޕީންސް (ޑިސެމްބަރު 19) - މި އަހަރު ފިލިޕީންސް އަށް އެރި އެންމެ ބާރުގަދަ ތޫފާނުގައި މަރުވި މީހުންގެ އަދަދު 75 އަށް އަރައިފި އެވެ.

ތޫފާން ރާއީ އެރުމުގެ ކުރިން 300،000 އަށް ވުރެ ގިނަ މީހުން ގެތަކާއި އައްސޭރިފަށުގެ ރިސޯޓުތައް ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވި އެވެ. ބުރާސްފަތި ދުވަހު އެރި ތޫފާނުގައި ފިލިޕީންސްގެ ދެކުނާއި މެދުތެރޭގެ ހިސާބުތަކަށް ބޮޑެތި ގެއްލުންތައް ލިބުނެވެ.

ބައެއް ހިސާބުތަކުން ކަރަންޓާއި މުއާސަލާތީ ހިދުމަތްތައް ކެނޑި، އިމާރާތްތަކުގެ ފުރާޅު އެއްލާލައި، ބިޔަ ކަރަންޓު ދަގަނޑުތައް ވެއްޓިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ބައެއް ބޮޑެތި މަގުތަކުގައި ހުރި ކަރަންޓު ދަގަނޑުތައް ވަނީ ވެއްޓިފައި. -- ފޮޓޯ: އޭއެފްޕީ
ބައެއް ބޮޑެތި މަގުތަކުގައި ހުރި ކަރަންޓު ދަގަނޑުތައް ވަނީ ވެއްޓިފައި. -- ފޮޓޯ: އޭއެފްޕީ

ބައެއް ބޮޑެތި މަގުތަކުގައި ހުރި ކަރަންޓު ދަގަނޑުތައް ވަނީ ވެއްޓިފައި. -- ފޮޓޯ: އޭއެފްޕީ

ފަތުރުވެރިންގެ މެދުގައި މަގްބޫލް ބޮހޯލް ރަށުގެ ގަވަރުނަރު އާތާ ޔެޕް ފޭސްބުކްގައި ވިދާޅުވީ އެ ރަށުގެ އަވަށްތަކުން 49 މީހުން މަރުވެފައިވާ ކަމަށެވެ. އެއާއެކު މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 75 އަށް އަރާފަ އެވެ.

ޔެޕް ވިދާޅުވީ 10 މީހުން ގެއްލިގެން ހޯދަމުންދާ ކަމަށާއި 13 މީހުންނަށް ފަރުވާދެމުންދާ ކަމަށެވެ. ބުރާސްފަތި ދުވަހު ތޫފާން ރާއީ އެރީ ގަޑިއަކު 195 ކިލޯމީޓަރުގެ ވަޔާ އެކު އެވެ.

"މުއާސަލާތީ ހިދުމަތްތައް އަދިވެސް އިއާދަނުކުރެވޭ. ރަށުގެ 48 މޭޔަރުންގެ ތެރެއިން މިހާތަނަށް ގުޅިފައި ވަނީ 21 މޭޔަރުންނަށް،" މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކޮށް، ޔެޕް ވިދާޅުވި އެވެ.

ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރި ހިސާބުތަކުގައި އެހީވުމަށް އެތައް ހާސް ސިފައިންނާއި، ފުލުހުން އަދި ކޯސްޓުގާޑާއި އަލިފާން ނިއްވާ ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އެހީގެ ސާމާނު ހިފައިގެން ސިފައިންގެ ބޯޓެއް ހޯމަ ދުވަހު ބޮހޯލް ރަށަށް ފުރާނެ އެވެ. އެ ރަށުގެ އިތުރުން ސިއަރްގާއޯ، ޑިނަގަތް އަދި މިންޑަނާއޯ އަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައި ވެ އެވެ.

ސިއަރްގާއޯ ރަށަށް ލިބިފައިވާ ގެއްލުން. -- ފޮޓޯ: އޭއެފްޕީ
ސިއަރްގާއޯ ރަށަށް ލިބިފައިވާ ގެއްލުން. -- ފޮޓޯ: އޭއެފްޕީ

ސިއަރްގާއޯ ރަށަށް ލިބިފައިވާ ގެއްލުން. -- ފޮޓޯ: އޭއެފްޕީ

ފަތުރުވެރިންނާއި ރާޅާއެރުންތެރިންގެ މެދުގައި މަގްބޫލު ސިއަރްގާއީ ރަށުގެ މަތިން ނަގާފައިވާ ފޮޓޯތަކުން އިމާރާތްތަކުގެ ފުރާޅު ނެތް މަންޒަރާއި، ހަނޑޫ ބިންތައް ފެނު އަޑީގައިވާ މަންޒަރު ފެނެ އެވެ.

ޑިނަގަތްގެ ގަވަރުނަރު އާރްލީން ބަގައޯ ވިދާޅުވީ އެ ރަށަށް ލިބިފައިވާ ގެއްލުމަކީ 2013 ވަނަ އަހަރު އެރި ތޫފާން ހައްޔާންގައި ލިބުނު ފަދަ ބޮޑެތި ގެއްލުންތަކެއް ކަމަށެވެ.

ތޫފާން ހައްޔާން، ނުވަތަ ފިލިޕީންސްގައި ކިޔާ ނަމުން ނަމަ ތޫފާން ޔޮލާންޑާ، އަކީ އެ ގައުމުގެ ތާރީހުގައި އެރި އެންމެ ބާރުގަދަ ތޫފާނެވެ. އެ ފަހަރު 7،300 މީހުން މަރުވި އެވެ.

ތޫފާން ރާއީ ފިލިޕީންސްގެ ތެރެއިން ދަތުރު ކުރަމުން ދިޔައިރު، ވައިގެ ސްޕީޑް ވަނީ ގަޑިއަކު 150 ކިލޯމީޓަރަށް ދަށްވެފަ އެވެ. ދެކުނު ޗައިނާ ކަނޑަށް ފައިބައިގެން ތޫފާނުގެ މިސްރާބު މިހާރު ހުރީ ވިއެޓްނާމްއާ ދިމާލަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox