އާކްޓިކްގައި ރިކޯޑު މިންވަރަށް ހޫނުވެ، އދ. ގެ ކަންބޮޑުވުން

ސައިބީރިއާގައި ގަނޑުވެފައި އޮތް ފެންގަނޑަކުން އައިސް ނައްޓަން ހޫނުފެން ޖަހަނީ. -- ފޮޓޯ: އޭއެފްޕީ

ސައިބީރިއާގައި ގަނޑުވެފައި އޮތް ފެންގަނޑަކުން އައިސް ނައްޓަން ހޫނުފެން ޖަހަނީ. -- ފޮޓޯ: އޭއެފްޕީ

ޖެނީވާ، ސްވިޓްޒަލޭންޑް - ސައިބީރިއާގައި 2020 ވަނަ އަހަރު ރިކޯޑް ކުރި 38 ޑިގްރީ ސެލްސިއަސްގެ ފިނިހޫނުމިނަކީ އާކްޓިކް ސަރަހައްދަކަށް ރިކޯޑް މިންވަރަށް ހޫނުވުން ކަމަށް އދ. އިން ކަނޑައަޅައިފި އެވެ.

ރަޝިއާގެ ވޭރްހޮޔޭންސްކް އަވަށަށް 38 ޑިގްރީ ސެލްސިއަސް އަށް ހޫނުވި ކަމަށް ރިކޯޑް ކުރީ ޖޫން، 20، 2020 ވަނަ އަހަރު އެވެ. ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއުއެމްއޯ) އިން ބުނީ އެއީ އާކްޓިކް ސާކަލްގައި ހިމެނޭ ތަނަކަށް އެހާ ހޫނުވި ފުރަތަމަ ފަހަރު ކަމަށެވެ.

އާދަޔާ ހިލާފަށް ހޫނުވާ ތަންތަނުގެ ރިޕޯޓުތަކުގެ ތެރޭގައި އާކްޓިކްގެ ފިނިހޫނުމިނެއް ހިމެނި މިއީ ފުރަތަމަ ފަހަރަށެވެ. ޑަބްލިއުއެމްއޯގެ ވެރިޔާ ޕެޓެރީ ޓާލަސް ވަނީ މޫސުމީ ބަދަލާ ހެދި ފެންނަމުންދާ އަސަރުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ވޭރްހޮޔޭންސްކް އަކީ އާކްޓިކް ސާކަލްގެ 115 ކިލޯމީޓަރު އުތުރުން އޮންނަ ރަޝިއާގެ އަވަށެކެވެ. އެ ތަނުގެ ފިނިހޫނުމިން ރިކޯޑް ކުރަން ފެށީ 1885 ވަނަ އަހަރު އެވެ.

އެ ތަނަށް ރިކޯޑް މިންވަރަށް ހޫނުވީ 2020 ވަނަ އަހަރުގެ ހޫނު މޫސުމުގައި ދިގުދެމިގެންދާ "ހީޓްވޭވް" ކުރިމަތިވެގެން އުޅެނިކޮށެވެ. ޑަބްލިއުއެމްއޯ އިން ބުނީ 38 ޑިގްރީ ސެލްސިއަސް އަކީ "މެޑިޓެރޭނިއަން ހިސާބެއްގެ" ފިނިހޫނުމިން ކަމަށެވެ.

އެ އަހަރުގެ "ހީޓްވޭވް" ގެ ތެރޭގައި ސައިބީރިއާގެ އެވްރެޖް ފިނިހޫނުމިން ހުރީ އެ ތަނުގެ "ނޯމަލް" ފިނިހޫނުމިނަށް ވުރެ 10 ޑިގްރީ ސެލްސިއަސް މަތީގަ އެވެ. އޭގެ ސަބަބުން ގިނަ އަދަދަކަށް ގަނޑުފެން ވިރި، އަލިފާންގަނޑުތައް ވެސް ރޯވި އެވެ.

ސައިބީރިއާ އަށް ދިމާވި "ހީޓްވޭވް" ގެ ސަބަބުން 2020 ވަނަ އަހަރަކީ މިހާތަނަށް ރިކޯޑް ކުރި އެންމެ ހޫނު އެއް އަހަރަށް ވެސް ވަނީ ވެފަ އެވެ.

އާކްޓިކްގެ އިތުރުން އެންޓާކްޓިކް ބައްރަށް ވެސް 2020 ވަނަ އަހަރު ރިކޯޑް މިންވަރަށް ހޫނުވި އެވެ. ޑަބްލިއުއެމްއޯ އިން ބުނީ 2020 ވަނަ އަހަރު އެންޓާކްޓިކްގެ ފިނިހޫނުމިން 18.3 ޑިގްރީ ސެލްސިއަސް އަށް އެރި ކަމަށެވެ.

ވިހި ވިހި ވަނަ އަހަރާއި ވިހި އެކާވީސް ވަނަ އަހަރު އެންމެ ހޫނުވީ ކެލިފޯނިއާގެ ޑެތް ވެލީ އަށް ކަމަށް ވެ އެވެ. އެ ތަނުގެ ފިނިހޫނުމިން 54.4 ޑިގްރީ ސެލްސިއަސް އަށް އެރި އެވެ. ނަމަވެސް ޑަބްލިއުއެމްއޯ އިން ދަނީ އެ މައުލޫމާތު ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox