ފިލިޕީންސް އަށް އެރި ތޫފާނުގައި ރިސޯޓެއް ސުންނާފަތިވެ، 12 މަރު

ތޫފާން ރާއީއާ ގުޅިގެން އައްސޭރިފަށުގެ ހިސާބުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. -- ފޮޓޯ: އޭއެފްޕީ

ތޫފާން ރާއީއާ ގުޅިގެން އައްސޭރިފަށުގެ ހިސާބުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. -- ފޮޓޯ: އޭއެފްޕީ

ޗޭބޫ، ފިލިޕީންސް (ޑިސެމްބަރު 17) - މި އަހަރު ފިލިޕީންސް އަށް އެރި އެންމެ ބާރުގަދަ ތޫފާނުގައި 12 މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޑިޒާސްޓާ އެޖެންސީން ބުނެފި އެވެ.

ތޫފާން ރާއީ އެރުމުގެ ކުރިން 300،000 އަށް ވުރެ ގިނަ މީހުން ގެތަކާއި އައްސޭރިފަށުގެ ރިސޯޓުތައް ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވި އެވެ. ބުރާސްފަތި ދުވަހު އެރި ތޫފާނުގައި ފިލިޕީންސްގެ ދެކުނާއި މެދުތެރޭގެ ހިސާބުތަކަށް ބޮޑެތި ގެއްލުންތައް ލިބުނެވެ.

ގަޑިއަކު 195 ކިލޯމީޓަރުގެ ގަދަވަޔާ އެކު ބުރާސްފަތި ދުވަހު ސިއާރްގާއޯ ރަށަށް އެރި ރާއީ އަކީ "ސުޕާ" ތޫފާނެކެވެ. މޫސުމީ އިދާރާ އިން ބުނީ ހުކުރު ދުވަހު ވައިގެ ސްޕީޑް ގަޑިއަކު 150 ކިލޯމީޓަރަށް ދަށްވި ކަމަށެވެ.

ފެންބޮޑުވެފައިވާ ހިސާބަކުން ކުއްޖަކު ސަލާމަތް ކުރަނީ. -- ފޮޓޯ: އޭއެފްޕީ
ފެންބޮޑުވެފައިވާ ހިސާބަކުން ކުއްޖަކު ސަލާމަތް ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ފެންބޮޑުވެފައިވާ ހިސާބަކުން ކުއްޖަކު ސަލާމަތް ކުރަނީ. -- ފޮޓޯ: އޭއެފްޕީ

"ސިއަރްގާއޯ ރަށަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި،" ނޭޝަނަލް ޑިޒާސްޓާ އެޖެންސީގެ އެގްޒެކްޓިވް ޑިރެކްޓަރު ރިކާޑޯ ޖަލަޑް ނޫސްވެރިންނަށް ވިދާޅުވި އެވެ.

ޖަލަޑް ވިދާޅުވީ ތޫފާނުގައި 12 މީހުން މަރުވިކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށާއި ވިސަޔާސް އާއި ދެކުނުގައި މިންޑަނާއޯ އަށް ފަހު ތޫފާން އެރީ ފަތުރުވެރިންގެ މެދުގައި މަގްބޫލު ޕަލަވަން ރަށަށް ކަމަށެވެ.

ތޫފާނާ ގުޅިގެން ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި މަގުތައް ބަންދުވެފައި ވާއިރު، ގަސްތައް މުލުން ލުހި، ކަރަންޓު ދަގަނޑުތައް ވެސް ވަނީ ވެއްޓިފަ އެވެ.

ވަގުތީ ހިޔާތަކަށް ބަދަލުވި ގިނަ މީހުން އަނބުރާ ގެތަކަށް މިހާރު ބަދަލުވެފައި ވާއިރު، 18،000 މީހުން އަދިވެސް ތިބީ ވަގުތީ ހިޔާގައި ކަމަށް ޑިޒާސްޓާ އެޖެންސީން ބުންޏެވެ.

"މުޅި މަންޒަރު އަދިވެސް ރަނގަޅަކަށް ނުފެނޭ. އެކަމަކު ސާފުވާ ކަމަކީ ބޮޑެތި ގެއްލުންތައް ލިބިފައިވާކަން،" ފިލިޕީންސްގެ ރެޑް ކްރޮސްގެ ވެރިޔާ އަލްބޭޓޯ ބޮކަނެގްރާ ވިދާޅުވި އެވެ.

ބޮކަނެގްރާ ވިދާޅުވީ ސިއަރްގާއޯ ރަށުގެ މުއާސަލާތީ ހިދުމަތްތައް އަދިވެސް މެދުކެނޑިފައި ވާތީ އެ ތަނުގެ ހާލަތާ މެދު ކަންބޮޑުވާ ކަމަށެވެ. ކޯސްޓުގާޑުން އާއްމު ކުރި އެ ރަށުގެ ފޮޓޯތަކުން ފެންނަނީ ބޮޑެތި ގެއްލުން ވެފައި ވަނިކޮށެވެ.

ފަތުރުވެރިންނާއި ރާޅާއެރުންތެރިންގެ މެދުގައި މަގްބޫލު އެ ރަށުގެ މަތިން ނަގާފައިވާ ފޮޓޯތަކުން އިމާރާތްތަކުގެ ފުރާޅު ނެތް މަންޒަރާއި، ހަނޑޫ ބިންތައް ފެނު އަޑީގައިވާ މަންޒަރު ފެނެ އެވެ.

ސިއަރްގާއޯ ރަށަށް ލިބިފައިވާ ގެއްލުން. -- ފޮޓޯ: އޭއެފްޕީ
ސިއަރްގާއޯ ރަށަށް ލިބިފައިވާ ގެއްލުން. -- ފޮޓޯ: އޭއެފްޕީ

ސިއަރްގާއޯ ރަށަށް ލިބިފައިވާ ގެއްލުން. -- ފޮޓޯ: އޭއެފްޕީ

ސުރިގާއޯ ސިޓީގެ މޭޔަރު ވިދާޅުވީ 170،000 މީހުން ދިރިއުޅޭ އެ ސިޓީ ގިނަ އިރުތަކެއް ވަންދެން އޮތީ ފެނު އަޑީގައި ކަމަށާއި "އާދަޔާ ހިލާފަށް ބާރަށް" ވައި ޖެހުމުން ދިޔަ ކަމަށެވެ.

ތޫފާނާ ހެދި ގިނަ ފްލައިޓްތަކެއް ކެންސަލްކޮށް ބައެއް ބަނދަރުތައް ވެސް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ. މޫސުމާ ބެހޭ އިދާރާ އިން އިންޒާރުދިން ގޮތުގައި މީޓަރަކަށް ވުރެ އުސް ރާޅާ އެކު އުދަ އަރައި، އައްސޭރި ފަށުގެ ހިސާބުތަކުގައި "ފުރާނަ އަށް ނުރައްކާ މިންވަރަށް" ފެންބޮޑުވާނެ އެވެ.

ތޫފާން ރާއީ އަށް ފިލިޕީންސްގައި ދީފައިވާ ނަމަކީ "އޮޑެޓް" އެވެ. އަހަރުގެ ފަހުކޮޅު އާއްމުކޮށް ފިލިޕީންސް އަށް ތޫފާން ނާރަ އެވެ. ތޫފާން އަރާ މޫސުމުގެ ގޮތުގައި ފާހަގަވެފައި އޮންނަނީ ޖުލައި މަހުން އޮކްޓޯބަރު މަހަށެވެ.

ފިލިޕީންސްގެ ވިސާޔާސް ސަރަހައްދުން ޕަލަވަން އާ ހަމައަށް ތޫފާން ހުކުރު ދުވަހު ދަތުރު ކުރި އިރު ބާރު ވަނީ ދަށްވެފަ އެވެ. ހޮނިހިރު ދުވަހު ދެކުނު ޗައިނާ ކަނޑުން ފައިބައިގެން ވިއެޓްނާމާ ދިމާލަށް މިސްރާބު ޖަހާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox