އުޅެނީ ރިސޯޓަކު އެއް ނޫން، ދިވެހިން އެދޭ ނަތީޖާ ނެރެދެން ބޭނުން: ގައުމީ ކޯޗު

Dec 17, 2021, 8:49 AM
މޮރިއޭރޯ، ޓާފް ދަނޑުގައި ފުރަތަމަ ޑިވިޝަން ކްލަބްތަކުގެ ޕްރެކްޓިސް ބަލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މޮރިއޭރޯ، ޓާފް ދަނޑުގައި ފުރަތަމަ ޑިވިޝަން ކްލަބްތަކުގެ ޕްރެކްޓިސް ބަލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވެ، އޭނާ ދިރިއުޅެނީ ރިސޯޓަކު އެއް ނޫން ކަމަށާއި ދިވެހިން އެދޭ ނަތީޖާތަކެއް ގައުމީ ޓީމުގެ ކޯޗަކަށް ހުރެ ނެރެދޭން ބޭނުންވާ ކަމަށް ދާދި ފަހުން ގައުމީ ޓީމުގެ ކޯޗުގެ މަގާމާ ހަވާލުވި ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.

މޮރިއޭރޯ މިހެން ބުނީ އިޓަލީގެ ނޫހެއް ކަމަށްވާ ކަލްޗިއޯމެރްކާޓޯ އަށް މީގެ އެއް ދުވަސްކުރިން ދިން އިންޓަވިއުއެއްގަ އެވެ.

ގައުމީ ޓީމާ އެކު މޮރިއޭރޯ ކޮންޓްރެކްޓް ހެދީ މިދިޔަ އޮކްޓޫބަރު މަހު 21 ވަނަ ދުވަހު އެވެ. ޓީމާ އެކު ޕްރެކްޓިސް ފެށީ އޮކްޓޫބަރު 25 ގަ އެވެ. މޮރިއޭރޯގެ ކޯޗުކަމުގައި ރާއްޖޭން ސްރީ ލަންކާގައި މިދިޔަ މަހު 8 އިން 19 އަށް ކުރިއަށްދިޔަ ފޯ ނޭޝަންސް ކަޕްގައި ރާއްޖޭން ވާދަކުރި އެވެ.

ލަންކާ ބޮޑުވަޒީރު ރާޖަޕަކްސަ ޓްރޮފީ އަށް ހާއްސަ ފޯ ނޭޝަންސް މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖެ ވަނީ ހަތަރު ގޯލުގެ ލީޑެއްގައި އޮއްވައި ލަންކާއާ 4-4 އިން އެއްވަރުވެފަ އެވެ. ދެ ވަނަ މެޗުގެ ފަހު ވަގުތު ބަންގްލަދޭޝް އިން ޕެނަލްޓީއެއް ޖަހައި 18 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ރާއްޖެ ބަލިކުރި އެވެ. އަދި ފަހު މެޗުގައި ރާއްޖެ ވަނީ ސީޝެލްސްއާ 0-0 އިން އެއްވަރުވެ، މޮޅެއް ނުލިބި މުބާރާތުން ކަޓައިފަ އެވެ.

.

އެ މުބާރާތުގައި ސީޝެލްސް މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޮރިއޭރޯ ބުނީ އޭނާ ރާއްޖޭގެ ފުޓްބޯޅައިގެ ގިނަ ކަންކަން ބަލައި، ޕްރިމިއާ ލީގުގެ މެޗުތައް ދިރާސާކޮށް، ޓީމެއް އެކުލަވާލައިގެން ގައުމީ ޓީމުގެ ނަތީޖާތައް ރަނގަޅުކުރާނެ ކަމަށެވެ.

ކަލްޗިއޯމެރްކާޓޯ އަށް ދިން އިންޓަވިއުގައި މޮރިއޭރޯ ބުނީ ރާއްޖޭގެ ޓީމުތަކުން ސީޒަނަށް ވަމުން އަންނަ ތައްޔާރީތައް ބަލަން ޓްރެއިނިން ދަނޑުތަކަށް ދާ ކަމަށާއި އެ ތަނުގައި ވެސް ކުރެވޭނެ މިންވަރަށް ކުޅުންތެރިންގެ މެންޓަލިޓީ ރަނގަޅުކުރަން މަސައްކަތް ކުރާ ކަމަށެވެ.

"އަހަރެމެން (ގައުމީ ޓީމުން) މި ތަމްސީލް ކުރަނީ އާންމުން. އެ މީހުންނަށް (ދިވެހިންނަށް) ނަތީޖާ ނެރެދޭން ޖެހޭ. މީހުންނަށް ހީވަނީ އަހަރެން ދިރިއުޅެނީ ރިސޯޓްގައޭ. އެހެނެއް ނޫން. އަހަރެން ދިރިއުޅެނީ މާލޭގައި. އެއީ ރާއްޖޭގެ ވެރިކަން ކުރާ ސިޓީ. އެއީ ތި މީހުން (އިޓަލީ) މީހުންނަށް އާންމުކޮށް ފެންނާނެ ރާއްޖެ އެއް ނޫން،" މުޅިން އަލަށް ޔޫރަޕުން ބޭރުގައި ކޯޗިންގެ މަސައްކަތެއް ކުރަމުން އަންނަ މޮރިއޭރޯ ބުންޏެވެ.

ރާއްޖޭގައި މަސައްކަތް ކުރަން ޖެހޭ މާހައުލު ވަރަށް ރަނގަޅު ކަމަށާއި ގިނަ ބަޔެއްގެ އުއްމީދުތަކެއް ހާސިލްކުރުމުގެ ޒިންމާ ހަވާލުވެފައި އޮތް މަސައްކަތެއްގައި އުޅެވޭތީ އެ ހިތްހަމަ ޖެހުން އޮންނަކަން މޮރިއޭރޯ ފާހަގަކުރި އެވެ.

މޮރިއޭރޯ ކޯޗިން ކެރިއަރު ރަސްމީކޮށް ފެށީ 2006 ވަނަ އަހަރު އައިވަރީ ކޯސްޓްގެ ކްލަބް އެފްރިކާ ސްޕޯޓްސް އިންނެވެ. އިޓަލީގެ ދެ ވަނަ އަދި ތިން ވަނަ ޑިވިޝަނުގެ ގިނަ ކްލަބްތަކެއްގައި މަސައްކަތްކުރި މޮރިއޭރޯ ވަނީ އެ ޑިވިޝަންތަކުގެ މަޝްހޫރު ޓީމުތައް ކަމަށްވާ ފްރޮސިނޯނޭ އާއި ކްރޮޓޯނޭ އަށް ކޯޗުކޮށްދީފަ އެވެ. އޭނާ އެންމެ ފަހުން ހުރީ އަލްބޭނިއާގެ ކްލަބް ޑިނަމޯ ޓިރާނާގެ ކޯޗަކަށެެވެ.

ކުޅުމުގެ ކެރިއަރުގެ ތެެރެއިން މޮރިއޭރޯ (ކ) އާއި ބްރެޒިލްގެ ރޮނާލްޑޯ.

ކުޅުމުގެ ކެރިއަރަށް ބަލާނަމަ 1986 އިން 1992 އަށް މޮރިއޭރޯ ކުޅުނީ ލެޗޭ އަށެވެ. އޭގެ ފަހުން ދެ ސީޒަނުގައި ކަލިއަރީ އަށް ކުޅުމަށް ފަހު ދެން 1994 އިން 1997 އަށް މޮރިއޭރޯ ފެނުނީ ރޯމާ އިންނެވެ. މޮރިއޭރޯ، އިޓަލީގެ އޭރުގެ ގަދަބާރު އިންޓަ އަށް ބަދަލުވީ 1997 ވަނަ އަހަރު އެވެ. ބްރެޒިލްގެ ރޮނާލްޑޯ ނަޒާރިއޯއާ އެކު އިންޓަ އަށް ކުޅުނު މޮރިއޭރޯ އެ ޓީމުގައި ތިން އަހަރު ހުރުމަށް ފަހު ކެރިއަރު ނިންމާލުމުގެ ކުރިން ދެ ސީޒަނުގައި ނަޕޯލީ އަށް ވެސް ކުޅުނެވެ.

ސެޒާ މަލްޑިނީގެ ކޯޗުކަމުގައި އިޓަލީ ގައުމީ ޓީމުން ފުރުސަތު ހޯދި މޮރިއޭރޯ އަށް ގައުމީ ޓީމުން ކުޅުމުގެ ފުރުސަތު ލިބުނީ އަށް މެޗުގަ އެެވެ. އޭނާ ވަނީ ދެ ގޯލު ޖަހައިފަ އެވެ. އަނިޔާގެ ސަބަބުން މޮރިއޭރޯ އަށް އިޓަލީގެ ގިނަ މެޗުތަކުން ފުރުސަތު ނުލިބެ އެވެ.

މޮރިއޭރޯ ބުނީ ރާއްޖޭގައި އުޅޭއިރު އިޓަލީގެ ފުޓްބޯޅަ ބަލަނީ އާންމު ގޮތެއްގައި އުސްއަލިތަކާއި ނަތީޖާ ކަމަށެެވެ. އަދި މި ވަގުތު އޭނާ ކުރިން ކުޅުނު ކްލަބް، އިންޓަ މިލާން އެއް ވަނައިގައި އޮތުމުން ހިތްހަމަ ޖެހޭ ކަމަށް މޮރިއޭރޯ ވަނީ ބުނެފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox