ދިގު އިންތިޒާރަކަށްފަހު، އިންގިލާބީ ބަދަލެއް ގެންނާނެ މަދަނީ އިޖުރާއަތުގެ ގާނޫނު ވުޖޫދަށް އައިސްފި

ރައީސް ސޯލިހު މަދަނީ އިޖުރާއަތުގެ ގާނޫނު ތަސްދީގު ކުރައްވަނީ: ގާނޫނަށް އަމަލު ކުރަން ފަށާނީ ހަ މަސް ފަހުން އަންނަ އަހަރުގެ ޖޫން މަހު -- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު މަދަނީ އިޖުރާއަތުގެ ގާނޫނު ތަސްދީގު ކުރައްވަނީ: ގާނޫނަށް އަމަލު ކުރަން ފަށާނީ ހަ މަސް ފަހުން އަންނަ އަހަރުގެ ޖޫން މަހު -- ފޮޓޯ: ރައީސް އޮފީސް

މަދަނީ ޝަރީއަތް ކުރުމާ ބެހޭ މިންގަނޑުތައް ގާނޫނަކުން ކަނޑައެޅުމަށް މަސައްކަތް ކުރާތާ 10 އަހަރު ފަހުން ދިވެހިރާއްޖޭގައި އަލަށް މަދަނީ އިޖުރާއަތުގެ ގާނޫނެއް ބުރާސްފަތި ދުވަހު ގެޒެޓުކޮށްފި އެވެ.

"މަދަނީ އިޖުރާއަތުގެ ގާނޫނު" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ތަސްދީގު ކުރެއްވި ނަމަވެސް މަދަނީ ހުރިހާ އިޖުރާއަތުތަކެއް ބަޔާންކޮށްފައިވާ، 429 މާއްދާ ހިމެނޭ 298 ސޮފްހާގެ އެ ގާނޫނަށް އަމަލު ކުރަން ފަށާނީ މީގެ ހަ މަސް ދުވަސް ފަހުން ޖޫން 16، 2021 ގަ އެވެ.

މަދަނީ އިޖުރާއަތުގެ ގާނޫނަށް އަމަލު ކުރަން ފަށާ ދުވަހު، މަދަނީ ޝަރީއަތްތައް ކުރިއަށްގެންދާ ގާނޫނުތަކާއި ގަވާއިދުތައް އުވުނީ އެވެ. އެގޮތުން އުވިގެންދާނެ އެންމެ ބޮޑު އެއް ގަވާއިދަކީ "ޝަރީއަތް ކުރުމާ ބެހޭ ގޮތުން ހެދިފައިވާ ގަވާއިދު" އެވެ. އެ ނަން ދީފައި ދެ ގަވާއިދެއް ހަދާފައި އޮވެ އެވެ.

އޭގެ އިތުރުން، ތަރިކައާ ބެހޭ ދައުވާގެ ގާނޫނާއި ދައުލަތް ފިޔަވައި އެހެން ފަރާތްތަކުން ޝަރީއަތަށް މައްސަލަ ހުށަހެޅުމާ ބެހޭ ގާނޫނާއި ޝަރީއަތަށް މީހުން ހާޒިރުކުރުމާއި މެސެޖު ޒަރީއާއިން ހެކިބަސް ހޯދުމާ ބެހޭ ގާނޫނެވެ. އެއީ 1975 ވަނަ އަހަރާއި 1978 ވަނަ އަހަރާ ދެމެދު އަމަލު ކުރަން ފެށި ގާނޫނުތަކެކެވެ.

އެ ގާނޫނުތަކާއި ޝަރީއަތް ކުރުމާ ބެހޭ ގޮތުން ހެދި ދެ ގަވާއިދުގެ އިތުރުން، މަދަނީ މައްސަލަތައް ކުރިއަށްގެންދާއިރު ކޯޓުތަކުން މިހާރު ގޮތް ކަނޑައަޅަނީ ކަނޑައެޅިފައި ހުރި ޕްރެސީޑެންޓްސްގެ މައްޗަށް ބިނާކޮށެވެ.

މިދިޔަ ނޮވެމްބަރު މަހު ރައްޔިތުންގެ މަޖިލީހުން ފާސް ކުރި މަދަނީ އިޖުރާއަތުގެ ގާނޫނު ދިވެހިރާއްޖޭގެ ހުރިހާ ކޯޓުތަކަށް ވެސް ހިނގާނެ އެވެ. އެހެންކަމުން އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން ރާއްޖޭގެ މަދަނީ މައްސަލަތައް ޝަރުއީ ކޯޓުތަކުން ބަލަމުންދާ ގޮތަށް މުހިންމު އަދި ޒަމާނީ ބަދަލެއް އަންނާނެ އެވެ.

މަދަނީ އިޖުރާއަތުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުން ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެފައި ވަނީ "މަދަނީ އިޖުރާއަތުގެ ބިލު ފާސްވުމުން މައްސަލަތައް އަވަސްވެ، އިޖުރާއަތުގެ ޔަގީންކަން ލިބޭނެ" ކަމަށެވެ.

މަދަނީ އިޖުރާއަތުގެ ގާނޫނެއް ވުޖޫދަށް ގެނައުމަށް ދިވެހިރާއްޖޭގެ ގާނޫނީ ދާއިރާގެ ތަޖުރިބާކާރުން ގޮވާލަމުންދާތާ އަހަރުތަކެއްވެއްޖެ އެވެ. އެގޮތުން މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު ވަނީ މަދަނީ އިޖުރާއަތުގެ ގާނޫނެއްގެ ޑްރާފްޓެއް ހަދައި އެޓާނީ ޖެނެރަލްގެ އޮފީހަށް 2011 ވަނަ އަހަރު ފޮނުވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox