މި އަހަރު ރިކޯޑް އަދަދަކަށް ނޫސްވެރިން ހައްޔަރުކޮށް، 46 މަރު!

ނޫސްވެރިއެއްކަން އަންގައިދޭ ޖެކެޓު ލައިގެން މީހަކު މަސައްކަތުގައި. -- ފޮޓޯ: އާރްޓީއީ

ނޫސްވެރިއެއްކަން އަންގައިދޭ ޖެކެޓު ލައިގެން މީހަކު މަސައްކަތުގައި. -- ފޮޓޯ: އާރްޓީއީ

ޕެރިސް، ފްރާންސް (ޑިސެމްބަރު 16) - މި ވަގުތު ދުނިޔޭގެ އެކި ގައުމުތަކުގެ ޖަލުތަކުގައި 488 ނޫސްވެރިން ބަންދުކޮށްފައި އެބަ ތިބި ކަމަށާއި އެއީ ރިކޯޑް އަދަދެއް ކަމަށް ރިޕޯޓާޒް ވިތައުޓް ބޯޑާޒް ޖަމިއްޔާ އިން ބުނެފި އެވެ.

ރިޕޯޓާޒް ވިތައުޓް ބޯޑާޒް އިން ނޫސްވެރިންނާ ގުޅޭ ތަފާސްހިސާބް ބަލަހައްޓަން ފެށީ މީގެ 25 އަހަރު ކުރިންނެވެ. އެ މުއްދަތުގައި އެންމެ ގިނަ އަދަދެއްގެ ނޫސްވެރިން ޖަލަށްލާފައި ވަނީ މި އަހަރު އެވެ.

އަނެއްކޮޅުން މި އަހަރު މަރާލާފައިވާ ނޫސްވެރިންގެ އަދަދަކީ މިހާތަނަށް ރިކޯޑު ކުރި އެންމެ ދަށް އަދަދެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް 46 ނޫސްވެރިން މަރާލާފައި ވެ އެވެ. އެ ޖަމިއްޔާ އިން ބުނީ މަރުތައް މަދުވީ މެދުއިރުމަތީގައި ހަމަނުޖެހުންތައް ކުޑަވުމުން ކަމަށެވެ.

ރިޕޯޓާޒް ވިތައުޓް ބޯޑާޒް އިން ބުނީ 2020 ވަނަ އަހަރާ އަޅާ ބަލާއިރު މި އަހަރު ހައްޔަރު ކުރި ނޫސްވެރިންގެ އަދަދު 20 އިންސައްތަ އިތުރު ކަމަށެވެ. އޭގެ އިތުރުން މި އަހަރު ރިކޯޑް އަދަދަކަށް އަންހެން ނޫސްވެރިން ވެސް ހައްޔަރުކޮށްފައި ވެ އެވެ.

މި އަހަރު އެންމެ ގިނަ ނޫސްވެރިން ހައްޔަރު ކުރީ ޗައިނާ އިންނެވެ. އެ ގައުމުން 127 ނޫސްވެރިން ހައްޔަރުކޮށްފައި ވާއިރު، ހޮންކޮންގައި ތައާރަފް ކުރި ހަރުކަށި ގައުމީ ސަލާމަތާ ބެހޭ ގާނޫނަކީ އޭގެ އެއް ސަބަބު ކަމަށް ރިޕޯޓާޒް ވިތައުޓް ބޯޑާޒް އިން ބުންޏެވެ.

2021 ވަނަ އަހަރު އެންމެ ގިނަ ނޫސްވެރިން ހައްޔަރު ކުރި ގައުމުތައް

  1. ޗައިނާ - 127 ނޫސްވެރިން
  2. މިޔަންމާ - 53 ނޫސްވެރިން
  3. ވިއެޓްނާމް - 43 ނޫސްވެރިން
  4. ބެލަރޫސް - 32 ނޫސްވެރިން
  5. ސައުދީ އަރަބިއްޔާ - 31 ނޫސްވެރިން

2021 ވަނަ އަހަރު ނޫސްވެރިންނަށް އެންމެ ނުރައްކާތެރި ގައުމުތައް

  1. މެކްސިކޯ - 7 މަރު
  2. އަފްގާނިސްތާން - 6 މަރު
  3. ޔަމަން - 4 މަރު
  4. އިންޑިއާ - 4 މަރު

2021 ވަނަ އަހަރު އެންމެ ގިނަ ނޫސްވެރިން ރަހީނުކުރި ގައުމުތައް

  1. ސީރިއާ - 44 ނޫސްވެރިން
  2. އިރާގް - 11 ނޫސްވެރިން
  3. ޔަމަން - 9 ނޫސްވެރިން

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox