"ސުޕާ" ތޫފާން އަރާތީ ފިލިޕީންސް އިން ރައްކާތެރިވެއްޖެ

ރައްކާތެރިވުމުގެ ގޮތުން ގާއިމްކޮށްފައިވާ އިވެކުއޭޝަން ސެންޓަރެއްގައި މީހުން ނިދާފައި. -- ފޮޓޯ: އޭއެފްޕީ

ރައްކާތެރިވުމުގެ ގޮތުން ގާއިމްކޮށްފައިވާ އިވެކުއޭޝަން ސެންޓަރެއްގައި މީހުން ނިދާފައި. -- ފޮޓޯ: އޭއެފްޕީ

ދާޕާ، ފިލިޕީންސް (ޑިސެމްބަރު 16) - ބުރާސްފަތި ދުވަހު "ސުޕާ" ތޫފާން ފިލިޕީންސް އަށް އެރުމުގެ ކުރިން އެތައް ހާސް ބަޔަކު ގެތަކާއި ރިސޯޓުތައް ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވެއްޖެ އެވެ.

ދެކުނު ސިއާރްގާއޯ ރަށަށް ފިލިޕީންސް ގަޑިން މެންދުރު 01:30 ގައި ތޫފާން އެރީ ގަޑިއަކު 195 ކިލޯމީޓަރުގެ ގަދަ ވަޔާ އެކު އެވެ.

"މި ފުރޭތައެއް ކަހަލަ ތޫފާނުގެ ބިރުވެރިކަން ވަރަށް ބޮޑު އަދި ބާރު ސްޕީޑުގައި ދާ ރޭލެއް ފަދައިން ގޮސް އައްސޭރިފަށުގެ ހިސާބުތަކަށް ލައްވާލާނެ ކަމަށް ބެލެވޭ،" ފިލިޕީންސްގައި ހުންނަ ރެޑް ކްރޮސް ވެރިޔާ އަލްބޭޓޯ ބޮކަނެގްރާ ވިދާޅުވި އެވެ.

މޫސުމާ ބެހޭ އިދާރާ އިން ލަފާކުރި ގޮތުގައި "ވަރަށް ގަދަ ވަޔާ ހެދި އިމާރާތްތަކާއި ދަނޑުތަކަށް ބޮޑެތި ގެއްލުން ވާނެ" އެވެ. އޭގެ އިތުރުން ބޮޑު ހިސާބެއްގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތައް ހިނގާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

ތޫފާން ދަތުރު ކުރާނެ ކަމަށް ބެލެވޭ ރޫޓުގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. ދާޕާ އަވަށުގައި ސްޕޯޓްސް ކޮމްޕްލެކްސް އެއް ވަގުތީ ހިޔާއަކަށް ބަދަލުކޮށް، ގިނަ އާއިލާތަކެއް ވަނީ އެތަނުގައި އުޅެން ފަށާފަ އެވެ.

ތޫފާނާ ހެދި ގިނަ ފްލައިޓްތަކެއް ކެންސަލްކޮށް ބައެއް ބަނދަރުތައް ވެސް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ. މޫސުމާ ބެހޭ އިދާރާ އިން އިންޒާރުދީފައިވާ ގޮތުގައި މީޓަރަކަށް ވުރެ އުސް ރާޅާ އެކު އުދަ އަރައި، އައްސޭރި ފަށުގެ ހިސާބުތަކުގައި "ފުރާނަ އަށް ނުރައްކާ މިންވަރަށް" ފެންބޮޑުވާނެ ކަމަށް ބެލެވެ އެވެ.

ފިލިޕީންސްގެ ވިސާޔާސް ސަރަހައްދާ ހިސާބަށް ތޫފާން ފޯރާއިރު ބާރު ދަށްވާނެ ކަމަށް ބެލެވެ އެވެ. އެއަށް ފަހު މިންޑަނާއޯ އަދި ޕަލަވަން އައިލެންޑްސް އަށް އަރައި، ދެކުނު ޗައިނާ ކަނޑުން ފައިބައިގެން ވިއެޓްނާމާ ދިމާލަށް މިސްރާބު ޖަހާނީ ހޮނިހިރު ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox