ޕްލާސްޓިކް ކުނި ރިސައިކަލް ކުރުމުގެ މަޝްރޫއު ފުޅާކޮށް، މޯޕާއިން ރިސޯޓުތަކާ ދިމާލަށް

ރާއްޖޭގެ ރަށެއްގެ ގޮނޑުދޮށުން ޕްލާސްޓިކް ނަގަނީ: މޯޕާއިން މިދިޔަ އަހަރު 30،000 ކިލޯގެ ޕްލާސްޓިކް ރީސައިކަލް ކުރި -- ފޮޓޯ: މޯޕާ

ރާއްޖޭގެ ރަށެއްގެ ގޮނޑުދޮށުން ޕްލާސްޓިކް ނަގަނީ: މޯޕާއިން މިދިޔަ އަހަރު 30،000 ކިލޯގެ ޕްލާސްޓިކް ރީސައިކަލް ކުރި -- ފޮޓޯ: މޯޕާ

މިދިޔަ އަހަރުގެ ޑިސެމްބަރުމަހު މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލާޔަންސް (މޯޕާ) އާއި އެ ކުންފުނީގެ ޕާޓްނަރުން ގުޅިގެން ފެށީ ޕްލާސްޓިކް ކުނި އެއްކޮށް އެތަކެތި ރިސައިކަލް ކުރުމުގެ މަޝްރޫއުގެ ފުޅާކޮށް ރިސޯޓުތަކުން ވެސް ޕްލާސްޓިކް ނެގުމުގެ މަސައްކަތް ފެށުމަށް އެ ޖަމިއްޔާއިން ތައްޔާރުވެއްޖެ އެވެ.

ރިވާސް ޕެޓް ލޮޖިސްޓިކްސްގެ ނަމުގައި މިދިޔަ އަހަރު ފެށި އެ ޕްރިޖެކްޓުގެ ދަށުން މޯޕާއިން ވަނީ ޕްލާސްޓިކް ނުވަތަ ޕެޓް ފުޅި އެއްކޮށް، ޕާލޭ މޯލްޑިވްސްއާ ހަވާލުކޮށްގެން އެތަކެތި ރީސައިކަލްކޮށް، އެޑިޑާސް ބްރޭންޑުގެ ބޫޓު ފަދަ އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަފާތު ތަކެއްޗަށް ބަދަލުކޮށްފަ އެވެ.

"ރިސޯޓް ޕެޓް ކަލެކްޝަން ޕްރޮޖެކްޓް" ގެ ނަމުގައި މިއަދު އިފްތިތާހް ކުރި އެ ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގައި ހިންގާ 150 އަށް ވުރެ ގިނަ ރިސޯޓުތަކުން އުކާލާ ހުސް ފުޅި އެއްކޮށް ރީސައިކަލް ކުރެވޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

"ރީސައިކަލް ކުރުމާ ގުޅުންހުރި ހައްލުތައް ވީހާ ވެސް ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭނެ ގޮތްތައް އަޅުގަނޑުމެން ބަލަމުން އަންނައިރު، އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ ޕްލާސްޓިކް ކުނީގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދުމަށް މާލެ ސަރަހައްދަށް ފޯކަސްކޮށްގެން ކުރާ މަސައްކަތް ނުފުދޭކަން،" މި ޕްރޮޖެކްޓުގައި މޯޕާގެ ޕާޓްނަރެއް ކަމުގައިވާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު ސަންޖޭ މަނިކު ވިދާޅުވި އެވެ.

ރިީސައިކަލް ކުރުމަށް ރިސޯޓުތަކަށް ގޮންޖެހުންތަކެއް ހުރިކަން ފާހަގަ ކުރައްވައި ސަންޖޭ އިތުރަށް ވިދާޅުވީ އެ ޕްރޮކެޖްޓުގެ ސަބަބުން ރިސޯޓާއި އެ ޖަމިއްޔާއަށް ވެސް ފައިދާތަކެއް ކުރާނެ ކަމަށެވެ.

"މި މަސައްކަތް މިއަށްވުރެ ފުޅާކޮށް، މި ކަމުގައި ބައިވެރިވާ ފަރާތްތަކުގެ އަދަދު އިތުރުކުރަން ޖެހޭ. ޕެޓް ފުޅި ރީސައިކަލްކުރުމުގައި ވަރަށް ގިނަ ރިސޯޓުތަކަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭކަން އަޅުގަނޑުމެންނަށް އެނގޭ. އެހެންވެ، މި ހަރަކާތަކީ ދެ ފަރާތަށް ވެސް ފައިދާހުރި ކަމަކަށް ވެގެން ދިއުމަކީ އަޅުގަނޑުމެންގެ އަޒުމް،" އޭނާ ވިދާޅުވި އެވެ.

ރިވާސް ޕެޓް ލޮޖިސްޓިކްސް ޕްރޮޖެކްޓުގެ ތެރެއިން އަލަށް ތައާރަފުކުރި ރިސޯޓް ޕެޓް ކަލެކްޝަން ޕްރޮޖެކްޓްގެ ސަބަބުން، އަހަރަކު މަދުވެގެން 150،000 ކިލޯގެ ޕްލާސްޓިކް ކުނި ރާއްޖެ އިން އެއްކުރެވި، އެތަކެތި ރިސައިކަލް ކުރެވިގެން ދާނެކަމަށް މޯޕާއިން ލަފާކުރެ އެވެ.

"ޕްލާސްޓިކް ކުނި ޒިންމާދާރުކަމާ ހަރުދަނާކަމާއެކު މެނޭޖްކުރުމުގައި އެންމެން ގުޅިގެން މަސައްކަތްކުރުން ވަރަށް މުހިންމު. އަޅުގަނޑުމެންގެ ރިވާސް ޕެޓް ލޮޖިސްޓިކްސް ޕްރޮޖެކްޓްގެ ކާމިޔާބީން ދަލީލުކޮށްދެނީ، ރާއްޖޭގައި އިތުރުވަމުންދާ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ކުނި، ހަރުދަނާ ގޮތެއްގައި އަލުން އަނބުރާ އިޔާދަކުރުމުގައި ކަސްޓަމަރުންނާއި ވިޔަފާރި ޕާޓްނަރުންގެ އެހީތެރިކަން ލިބުމުގެ މުހިންމުކަން،" މޯޕާގެ ފައުންޑަރ އަދި ރައީސް ތޯރިގް އިބްރާހީމް ވިދާޅުވި އެވެ.

މިދިޔަ އަހަރު ފެށިގެންދިޔަ މި ބޮޑު މަޝްރޫއުގެ ތެރެއިން މޯޕާއިންވަނީ މާލޭ ސަރަހައްދުގެ 120 އަށް ވުރެ ގިނަ ރީޓެއިލް އައުޓްލެޓް ތަކުން އުކާލާ ޕްލާސްޓިކް ކުނި އެއްކޮށްފަ އެވެ. މިގޮތުން މާލެ އާއި ހުޅުމާލޭގެ 263 އަށް ވުރެގިނަ ރެސްޓޯރެންޓާއި ކެފޭ ހިމެނޭ ގޮތަށް އެ މަޝްރޫއު މިހާރު ފުޅާކޮށްފައިވާއިރު ފާއިތުވި އަހަރުގެ ތެރޭގައި 30،000 ކިލޯއަށްވުރެ ގިނަ ޕްލާސްޓިކް ފުޅި އެއްކޮށްފައިވާނެ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox