ހިޖުރަކުރި އާއިލާތައް ވަކިކުރި ޑެންމާކްގެ ކުރީގެ މިނިސްޓަރު ޖަލަށް

ޑެންމާކްގެ ކުރީގެ އިމިގްރޭޝަން މިނިސްޓަރު އިންގާ ސްޓޮއެޖްބާގް. -- ފޮޓޯ: ގެޓީ އިމޭޖަޒް

ޑެންމާކްގެ ކުރީގެ އިމިގްރޭޝަން މިނިސްޓަރު އިންގާ ސްޓޮއެޖްބާގް. -- ފޮޓޯ: ގެޓީ އިމޭޖަޒް

ޑެންމާކަށް ހިޖުރަ ކުރި ޒުވާން އާއިލާތައް ގާނޫނާ ހިލާފަށް ވަކިކުރި ކަމަށް ސާބިތުވެ، ކުރީގެ އިމިގްރޭޝަން މިނިސްޓަރަށް 60 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

ފަނޑިޔާރުން ބުނީ 2016 ވަނަ އިންގާ ސްޓޮއެޖްބާގް ނިންމެވި ނިންމުން ގާނޫނާ ހިލާފު ކަމަށެވެ. އެ ސިޔާސަތަކީ ކުޑަކުދިންގެ ކައިވެނި ހުއްޓުވަން ހެދި ސިޔާސަތެއް ކަމަށް ވިދާޅުވެ، ސްޓޮއެޖްބާގް ހުކުމާ މެދު ހައިރާންކަން ފާޅުކުރެއްވި އެވެ.

މިއީ ފާއިތުވި 30 އަހަރުގެ ތެރޭގައި ޑެންމާކްގައި ހިންގި ފުރަތަމަ އިމްޕީޗްމަންޓް ޝަރީއަތެވެ. އަދި އެ ގައުމުގެ ތާރީހުގައި ހިންގި ހަ ވަނަ އިމްޕީޗްމަންޓް ޝަރީއަތެވެ.

"މިއީ ހަމައެކަނި އަޅުގަނޑަށް ލިބުނު ގެއްލުމެއް ނޫން. އެކަމަކު ޑެންމާކަށް ވެސް ލިބުނު ގެއްލުމެއް،" ޝަރީއަތަށް ފަހު ކޯޓުގެ ބޭރުގައި ނޫސްވެރިންނަށް އޭނާ ވިދާޅުވި އެވެ.

އިމިގްރޭޝަން މިނިސްޓަރުގެ ގޮތުގައި ސްޓޮއެޖްބާގް ހުންނެވީ 2015 އިން 2019 އަށެވެ. އޭރު ހިޖުރަކުރާ މީހުންނާ ދެކޮޅަށް ހަރުކަށި ސިޔާސަތުތައް ތަންފީޒު ކުރަން ފެށި އެވެ.

އޭގެ ތެރެއިން އެއް ސިޔާސަތަކީ ފެބްރުއަރީ 16 ވަނަ ދުވަހު ނެރުނު އަމުރެކެވެ. އޭގައި ބުނެފައި ވަނީ ކައިވެނިކޮށްގެން ތިބި ރެފިއުޖީންގެ ތެރޭގައި ހިމެނޭ 18 އަހަރުން ދަށުގެ ކުދިން އެ މީހުންގެ އަނބިން ނުވަތަ ފިރިންނާ އެކު ދިރިނޫޅެވޭނެ ކަމަށެވެ.

އަމުރުގެ ދަށުން 23 އާއިލާއެއް ވަކިކުރި އެވެ. ނަމަވެސް ދުވަސްކޮޅެއް ފަހުން އެ ސިޔާސަތު ތަންފީޒު ކުރުން ހުއްޓާލި އެވެ.

ވަކިކުރި އާއިލާތަކުގެ ތެރެއިން ފާހަގަވާ އެއް ބަޔަކީ ސީރިއާގެ ޒުވާން ދެމަފިރިއެކެވެ. ޑެންމާކުން އެ ފިޔަވަޅު އެޅިއިރު، އުމުރުން 17 އަހަރުގެ ރިމާޒް އަލްކަޔާލް އާއި 26 އަހަރުގެ އަލްނޫރް އަލްވަން ފަހުން އަލުން ގުޅެން ފުރުސަތު ލިބުނީ ޝަކުވާ ހުށަހަޅައިގެންނެވެ.

ހަތަރު މަސް ވަންދެން އެ ދެމަފިރިން ވަކިން ދިރިއުޅެން ޖެހުނު އިރު، އަލްނޫރު އޭރު އިނީ ބަލިވެ އެވެ.

ޑެންމާކްގެ ސުޕްރީމް ކޯޓުން ހޯމަ ދުވަހު އިއްވި ހުކުމާ އެކު ސްޓޮއެޖްބާގްގެ ސިޔާސީ ކެރިއަރަށް ވަނީ ލޮޅުންއަރާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އޮސްޓްރޭލިއާއިން ސަންސްކްރީންގެ އުސޫލުތައް ހަރުކަށިކޮށްފި

އޮސްޓްރޭލިއާގައި ވިއްކާ ބައެއް ސަންސްކްރީންތަކުގެ ރައްކާތެރިކަން ކުޑަކަމަށް ދެއްކުމާ ގުޅިގެން، އެ ތަކެތި އުފައްދާ މިންގަނޑުތައް ހަރުކަށިކުރަން އެ ގައުމުގެ ކަމާބެހޭ އިދާރާއިން ނިންމައިފިއެވެ. މި ބަދަލުގެ ދަށުން ސަންސްކްރީންގައި ހިމެނޭ މާއްދާތައް ޓެސްޓްކުރުމާއި، އޭގެއިން ލިބޭ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ހާމަކުރުމުގައި ހަރުކަށި އުސޫލުތަކަކަށް އަމަލުކުރަން ޖެހޭނެއެވެ.

އުރުދުންއިން ސީރިއާއަށް ވައިގެ ހަމަލާދީފި

އުރުދުންގެ ފައްޅިއަކަށް ދިން ބަޑީގެ ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން، ސީރިޔާގެ ބައެއް ސަރަހައްދުތަކަށް އުރުދުންގެ އަސްކަރިއްޔާއިން ވައިގެ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކުގައި ކުޑަކުދިން ހިމެނޭހެން އާންމުންގެ ބަޔަކު މަރުވެފައިވާއިރު، ސީރިޔާ ސަރުކާރުން ވަނީ މި އޮޕަރޭޝަނަކީ އެ ގައުމާ މަޝްވަރާކުރުމެއް ނެތި ހިންގި އަމަލެއް ކަމަށް ބުނެފައެވެ.

ބްރެޒިލް އިންތިހާބު އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރައްވައިފި

ބްރެޒިލްގެ ރިޔާސީ އިންތިޚާބު ލޫލާ ކާމިޔާބު ކުރެއްވީ އޮޅުވާލައިގެން ކަމަށް ޑޮނަލްޑް ޓްރަމްޕް ތުހުމަތު ކުރެއްވި ނަމަވެސް، ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ބޮލްސޮނާރޯގެ ޕާޓީން މިހާރު ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުކޮށްފައެވެ. ބޮލްސޮނާރޯގެ ދަރިކަލުން ފްލާވިއޯ ފުރަތަމަ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހެދި ނަމަވެސް، ފަހުން ވަނީ ގާނޫނީ އަމުރުތަކަށް ތަބާވާނެ ކަމަށް ވިދާޅުވެފައެވެ.

ސައުދީ، ތުރުކީ އަދި ޕާކިސްތާނުގެ ވެރިން އީރާނުގައި ބައްދަލުވުމެއް

މެދުއިރުމަތީގެ ހަމަނުޖެހުންތައް ކުޑަކޮށް ސަރަހައްދީ ސުލްހަ ގާއިމުކުރުމަށްޓަކައި ސައުދީ، ތުރުކީ އަދި ޕާކިސްތާނުގެ އިސްވެރިން އީރާނުގެ އޮފިޝަލުންނާ ތެހެރާންގައި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އަސްކަރީ ކުރިމަތިލުންތައް އިތުރުވިޔަ ނުދިނުމަށާއި، ސަރަހައްދީ ސަލާމަތްތެރިކަން ދެމެހެއްޓުމަށްޓަކައި ހަތަރު ގައުމުން ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ.

ވޯޓު ހޯދަން ނިކީ މިނާޖް ޓްރަމްޕާއެކު ސްޓޭޖަށް

އެމެރިކާގެ ދައުރު މެދުތެރޭ އިންތިޚާބުގެ ކެމްޕޭނަށް މިޝިގަންގައި ބޭއްވި ރެލީއެއްގައި، މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ނިކީ މިނާޖް ބައިވެރިވެ ޑޮނަލްޑް ޓްރަމްޕަށާއި ރިޕަބްލިކަން ޕާޓީއަށް ތާއީދުކޮށްފިއެވެ. މި ރެލީގައި ޓްރަމްޕް ވަނީ ޑިމޮކްރެޓިކް ކެންޑިޑޭޓް އަބްދުލް އެލް-ސައީދުގެ ދީނާއި ނަސްލަށް އަމާޒުކޮށް ފާޑުވިދާޅުވެފައެވެ. އިންތިޚާބަށް ހަފުތާއަކަށް ވެފައިވާއިރު، ކޮންގްރެސްގެ ކޮންޓްރޯލް ހޯދުމަށް ދެ ޕާޓީންވެސް ދަނީ ފޯރިއާއެކު ކެމްޕޭން ކުރަމުންނެވެ.

ބްރެޒިލްގެ ރައީސް ލޫލާ ހަތަރު ވަނަ ދައުރަކަށް އިންތިހާބުވެއްޖެ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު 51.79 އިންސައްތަ ވޯޓާއެކު ކާމިޔާބުކުރައްވައި، ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ ހަތަރުވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިއެވެ. ނަމަވެސް އޭނާއާ ވާދަކުރެއްވި ފްލާވިއޯ ބޮލްސޮނާރޯ ވަނީ ވޯޓުލާ ވަގުތު އިތުރުކުރި މައްސަލައިގައި ނަތީޖާ ގަބޫލުކުރަން ދެކޮޅުހަދައި، އިންތިޚާބު ބާތިލުކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ.

Newsletter

Get the latest news delivered straight to your inbox