އިނގިރޭސި ބޮޑު ވަޒީރު ކޮވިޑް އުސޫލާ ހިލާފުވިކަމުގެ ތުހުމަތު!

ކޮވިޑް އުސޫލާ ހިލާފުވި މައްސަލައިގައި އިނގިރޭސި ރައްޔިތަކު މުޒާހަރާ ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ކޮވިޑް އުސޫލާ ހިލާފުވި މައްސަލައިގައި އިނގިރޭސި ރައްޔިތަކު މުޒާހަރާ ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ލަންޑަން، އިނގިރޭސިވިލާތް (ޑިސެމްބަރު 12) - މިދިޔަ އަހަރު ކްރިސްމަސްގައި ކުރިއަށް ގެންދިޔަ އިވެންޓެއްގެ ތެރެއިން އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން ކޮވިޑް އުސޫލާ ހިލާފުވި ކަމަށް ދޭހަވާ ފޮޓޯއެއް އާއްމުވެ، ފާޑުކިޔުން އަމާޒު ވެއްޖެ އެވެ.

ޑިސެމްބަރު 18، 2020 ވަނަ އަހަރު އުސޫލާ ހިލާފަށް ބޭއްވި ކްރިސްމަސް ޕާޓީއެއްގެ މައްސަލައިގައި ބޮރިސްގެ އިސްތިއުފާ އަށް ބައެއް ފަރާތްތަކުން ދަނީ ގޮވަމުންނެވެ.

ބޮރިސް ތަކުރާރުކޮށް ވިދާޅުވީ އެ ޕާޓީގައި ކޮވިޑް އުސޫލާ އެއް ގޮތަށް ގައިދުރުކަން ބެހެއްޓި ކަމަށާއި ތުހުމަތުތަކާ ގުޅިގެން ތަހުގީގަކަށް އަމުރު ކުރައްވާފައިވާ ކަމަށެވެ.

ނަމަވެސް ސަންޑޭ މިރާ އިން އާއްމުކުރި ފޮޓޯ އިން ފެންނަނީ ޕާޓީ ބޭއްވުމުގެ ތިން ދުވަސް ކުރިން ބޮރިސްގެ މުވައްޒަފުންނާ އެކު ބޭއްވި "ވާޗުއަލް ކުއިޒް"އެއްގެ ތެރެއިންނެވެ. އެ ހަރަކާތުގައި ބައިވެރިވި ހަ މީހުން ހިމެނޭ ހަތަރު ޓީމުން ވާދަކުރީ ޗެރިޓީ އަށް ފަންޑު ހޯދާށެވެ.

އެ އިވެންޓު ބޭއްވި އިރު "އިޖުތިމާއީ ހަރަކާތްތައް" ބޭއްވުން އިނގިރޭސިވިލާތުގައި އޮތީ މަނާކޮށްފަ އެވެ. އޭގެ ތެރޭގައި ކްރިސްމަސް ޕާޓީތަކާއި އެއްވުންތައް ހިމެނެ އެވެ. އެ ދުވަސްވަރަކީ ޑެލްޓާ ވޭރިއެންޓާ ހެދި އިނގިރޭސިވިލާތުގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވި ދުވަސްވަރެކެވެ.

އޭގެ އިތުރުން ތަފާތު ދެ ގޭބިސީއެއްގެ ދެ މީހުން އިންޑޯ ތަނެއްގައި އެކުގައި ތިބުން ވެސް އޭރު އޮތީ މަނާކޮށްފަ އެވެ. އެއާއެކު އެތައް މިލިއަން ބަޔަކު ކްރިސްމަސްއާ ދިމާކޮށް އާއިލާއާ ބައްދަލުކުރަން ރޭވި ނަމަވެސް އެކަން ކުރުން މަނާވި އެވެ.

ސަންޑޭ މިރާ އިން ބުނީ "ވާޗުއަލް ކުއިޒް" ހަރަކާތުގައި ބޮރިސް 15 މިނެޓު ބައިވެރިވެވަޑައިގެންނެވި ކަމަށާއި މުބާރާތުގެ އެއް ރައުންޑުގައި ކުއިޒްމާސްޓާގެ ގޮތުގައި ސުވާލުތައް ވެސް ހުށަހެޅުއްވި ކަމަށެވެ.

ވާޗުއަލް ކުއިޒްގައި ބޮރިސް ޖޯންސަން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ދަ ސަންޑޭ މިރާ
ވާޗުއަލް ކުއިޒްގައި ބޮރިސް ޖޯންސަން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ދަ ސަންޑޭ މިރާ

ވާޗުއަލް ކުއިޒްގައި ބޮރިސް ޖޯންސަން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ދަ ސަންޑޭ މިރާ

އެޑިއުކޭޝަން ސެކެޓްރީ ނަދީމް ޒަހާވީ އެކަން ދިފާއު ކުރެއްވުމަށް ފަހު ވިދާޅުވީ އެފަދަ "ޒޫމް ހަރަކާތްތައް" ގިނަ ބަޔަކު ބާއްވާނެ ކަމަށެވެ. އެ ހަރަކާތުގައި ބޮރިސް ބައިވެރިވެވަޑައިގެންނެވީ ވާޗުއަލްކޮށް ނަމަވެސް، އިދިކޮޅު ޕާޓީގެ ފާޑުކިޔުން އަމާޒުވި އެވެ.

ލޭބާ ޕާޓީ އިން ބުނީ އެކަމުން ދޭހަވަނީ ކޮވިޑްގެ އުސޫލާ ހިލާފަށް ކުރިއަށް ގެންދިޔަ ހަރަކާތެއްގައި ބޮރިސް ބައިވެރިވެވަޑައިގެންނެވިކަން ކަމަށެވެ. އަދި ސަރުކާރުގެ ތެރޭގައި ކޮވިޑްގެ އުސޫލުތަކަށް އިހްތިރާމް ނުކުރުމުގެ ސަގާފަތެއް އޮތް ކަމަށް ތުހުމަތު ކުރި އެވެ.

ހިޔާލު ހޯދުމުގެ ޕޯލްތަކުން ދައްކާ ގޮތުގައި ނުވަ ޕޮއިންޓުގެ ތަފާތަކުން އާއްމުންގެ ތާއީދު ބޮޑަށް އޮތީ ލޭބާ ޕާޓީ އަށެވެ. އޭގެ އިތުރުން ކޮންޒަވޭޓިވް ޕާޓީގެ ބޮރިސް އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް 57 ޕަސެންޓު މީހުން ދެކެ އެވެ. އެއީ މީގެ ދެ ހަފުތާ ކުރިއާ އަޅާބަލާއިރު، ނުވަ ޕޮއިންޓުގެ އިތުރުވުމެކެވެ.

ބޮރިސްގެ މަގްބޫލުކަން ގެއްލެމުން ދަނީ އޮމިކްރޯން ވޭރިއެންޓު ހުއްޓުވަން އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން އަންނަ ހަފުތާގައި ޕާލިމެންޓުގައި ވޯޓަށް ދާން ތައްޔާރުވެފައި ވަނިކޮށެވެ. ވެކްސިން ޕާސްޕޯޓް ތައާރަފު ކުރަން ރާވާފައި ވާތީ ކޮންޒަވޭޓިވް ޕާޓީގެ ގިނަ މީހުން ހިތްހަމަނުޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox