އަރަބިއްޔާ ކުދިން އިއްޒުއްދީނަށް ބަދަލު ކުރަން ބެލެނިވެރިން ދެކޮޅު، ރައީސާ ބައްދަލުކުރަނީ

އިއްޒުއްދީން ސްކޫލު: މިނިސްޓްރީން މިހާރު ނިންމާފައި ވަނީ އަރަބިއްޔާ ކުދިން ބަދަލުވާނެ ޖެހިއްޖެނަމަ އިއްޒުއްދީން ސްކޫލަށް ބަދަލު ކުރަން-- ފޮޓޯ: އަދަދު

އިއްޒުއްދީން ސްކޫލު: މިނިސްޓްރީން މިހާރު ނިންމާފައި ވަނީ އަރަބިއްޔާ ކުދިން ބަދަލުވާނެ ޖެހިއްޖެނަމަ އިއްޒުއްދީން ސްކޫލަށް ބަދަލު ކުރަން-- ފޮޓޯ: އަދަދު

އަރަބިއްޔާ ސުކޫލުގެ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރުމާ ދެކޮޅަށް ބެލެނިވެރިން ނުކުމެއްޖެ އެވެ.

އަރަބިއްޔާ އިމާރާތުގެ ތަނބުތަކުން ބައިބައި ވެއްޓެމުން އަންނަ ކަމަށާއި އަދި އެ ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެ ބައެއް ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަންނަ ޖެނުއަރީއަށް ނިންމުމަށް ދީފައިވާ އެ ސްޓްރަކްޗަރަލް އެސެސްމެންޓަށްފަހު އަރަބިއްޔާ އިމާރާތަކީ ކުދިންނަށް ރައްކާތެރި އިމާރާތެއް ނޫން ކަމަށް އަންގައިފިނަމަ ދެން ކަންތައް ކުރާނެ ގޮތުގެ ޕްލޭނެއް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

ޕްލޭންގައިވާ ކަންކަން މިނިސްޓްރީން ވަނީ އަރަބިއްޔާ ސްކޫލުގެ ޕީޓީއޭއާ ވެސް ހިއްސާކޮށްފަ އެވެ. އެގޮތުން, މިނިސްޓްރީން ހުށަހެޅީ ދެ ގޮތަކަށެވެ. އެއްގޮތަކީ އޮންލައިންކޮށް ކުދިން ކިޔެވުމަށް ބަދަލު ކުރުން ނުވަތަ މާލޭގެ އެހެން ސްކޫލަކަށް އަރަބިއްޔާ ދަރިވަރުން ބަދަލުކުރުމެވެ.

އަރަބިއްޔާގެ ބެލެނިވެރިޔަކު "އަދަދު" އަށް ބުނީ އަރަބިއްޔާގެ ބެލިނިވެރިންގެ ވިސްނުމާ ހިލާފަށް އިއްޒުންދީން ސްކޫލަށް އެތަނުގެ ދަރިވަރުން ވަގުތީ ގޮތުން ބަދަލު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއިން މަސައްކަތް ކުރައްވަމުން ދާ ކަމަށެވެ.

އަރަބިއްޔާ ސްކޫލް ހުންނަނީ ޗާންދަނީ މަގުގަ އެވެ. އިއްޒުއްދީން ސްކޫލް ހުންނަނީ ނިކަގަސްމަގުގަ އެވެ.

އެކަމާ ގުޅިގެން ބެލެނިވެރިންގެ ފަރާތުން ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ކަމަށާއި އެ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރަން ނިންމާފައިވާ ކަމަށެވެ.

"ސީދާ ރައީސް ސޯލިހާ އެކު އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ބައްދަލު ކުރަން ކޮންމެހެން ވެސް ބޭނުންވޭ. މިދިޔަ ބުރާސްފަތި ދުވަހު ވާނީ ސިޓީ ލާފައި ބައްދަލުކުރަން،"

ރައީސާ ބައްދަލު ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ބެލެނިވެރިންނާ އެއްވެސް މަޝަވަރާއެއް ކުރުމެއް ނެތި ކަންކަން ނިންމަމުން ދާތީ ކަމަށްވެސް ބެލެނިވެރިން ބުންޏެވެ.

އަރަބިއްޔާ އިމާރާތް އެންމެ ގިނަވެގެން ބޭނުން ކުރެވޭނީ 5 އަހަރު: ރިޕޯޓް

ރާއްޖޭގެ ކުންފުންޏަކާ ގުޅިގެން ވަނީ އިމާރާތުގެ ވިޝުއަލް އިންސްޕެކްޝަނެއް ހަދާފަ އެވެ. އެ އިންސްޕެކްޝަންގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންކަމާއެކު ރެކަމަންޑޭޝަންތަކެއް ދީފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ "އަދަދު "އަށް ދެއްވި އިންޓަވިއުއެއްގައި ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން، ރިޕޯޓުގައި ބުނެފައިވަނީ، ކޮންމެ ހަ މަހަކުން ސްޓްރަކްޗަރަލް އެސެސެމެންޓެއް ހަދަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެކަން ކޮށްފައި ނުވާކަން ފާހަގަ ކޮށްފައި ވެއެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް، 29 މިލިއަން ރުފިޔާއަށް ހަދަން އެންމެ ފުރަތަމަ ހަވާލުކުރީ މާލޭ ހައި ރައިޒިން ކުންފުންޏާ އެވެ. އެއީ މާޗް 2، 2011 ގަ އެވެ. ނަމަވެސް މަސައްކަތް ނުގެންދާތީ ޖުލައި 20، 2011 ގައި އުވާލި އެވެ. އެއަށް ފަހު އޮގަސްޓް 25، 2011 ގައި ފަހުން ހައުސިން މިނިސްޓްރީން އެ އިމާރާތުގެ މަސައްކަތް ހަވާލުކުރީ އެލްއެފް ކޮންސްޓްރަކްޝަން އާ އެވެ.

ހަތް ބުރީގެ އެ އިމާރާތުގެ މަސައްކަތް އެކުންފުނިން ނިންމައި، އިމާރާތް ހުޅުވީ ސެޕްޓެމްބަރު 19، 2013 ގައެވެ. ހުޅުވިތާ އަށް އަހަރު ފަހުން އެ ސްކޫލުގެ ތަނބުތަކުގައި ބޮޑެތި ރެނދުތައް ލައި ވަރަށް ބޮޑަށް ވަނީ ހަލާކުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox