ލަންޑަންގައި ހަތިޔާރު ހިފައިގެން އުޅުނު މީހެއްގެ ގަޔަށް ބަޑި ޖަހައި މަރާލައިފި

ހަތިޔާރު ހިފައިގެން އުޅުނު މީހާގެ ގަޔަށް ބަޑި ޖަހައި މަރާލި ސަރަހައްދު ފުލުހުން ބަންދުކޮށްފައި. -- ފޮޓޯ: ޓްވިޓާ

ހަތިޔާރު ހިފައިގެން އުޅުނު މީހާގެ ގަޔަށް ބަޑި ޖަހައި މަރާލި ސަރަހައްދު ފުލުހުން ބަންދުކޮށްފައި. -- ފޮޓޯ: ޓްވިޓާ

ލަންޑަން، އިނގިރޭސިވިލާތް (ޑިސެމްބަރު 12) - އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގައި ހަތިޔާރު ހިފައިގެން މަގުމަތީގައި އުޅުނު މީހެއްގެ ގަޔަށް ފުލުހުން ބަޑި ޖަހައި މަރާލައިފި އެވެ.

ފުލުހުން ބުނީ ކެންސިންގްޓަން ސަރަހައްދުގެ ބޭންކެއް ކައިރީގައި ހަތިޔާރު ހިފައިގެން މީހަކު އުޅޭކަމުގެ ރިޕޯޓު ލިބުމުން ފުލުހުންގެ ހާއްސަ ޔުނިޓެއް އެ ތަނަށް ދިޔައީ ހޮނިހިރު ދުވަހު ހަވީރު ކަމަށެވެ.

އެ ތަނަށް ފުލުހުން ދިޔަތާ 20 މިނެޓު ފަހުން، އުޅަނދެއް ހުއްޓުވައި ބަޑި ޖެހި އަޑު އިވުނު ކަމަށް ނޫސްތަކުން ރިޕޯޓުކުރެ އެވެ. އެއާ އެމްބިއުލެންސާއި ޕެރެމެޑިކް އަށް ގުޅި ނަމަވެސް ހަތިޔާރު ހިފައިގެން އުޅުނު މީހާ އެ ތަނުގައި މަރުވި އެވެ.

"އެއީ ކާކުތޯ ދެނެގަނެ އޭނާގެ އާއިލާ އަށް އެންގުމުގެ މަސައްކަތް ދަނީ ކުރަމުން،" މެޓްރޮޕޮލިޓަން ފުލުހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

"ފުލުހުންގެ ޑައިރެކްޓޮރޭޓް އޮފް ޕްރޮފެޝަނަލް ސްޓެންޑަޑްސް އަށް މި ހާދިސާ ހިނގިކަން އެންގުމަށް ފަހު، ތަހުގީގެއް ހިންގުމަށް އިންޑެޕެންޑެންޓް އޮފީސް ފޯ ޕޮލިސް ކޮންޑަކްޓަށް ވަނީ ހުށަހެޅިފައި."

"މިއީ ޓެރަރިޒަމާ ގުޅުން ހުރި ހާދިސާއެއް ކަމަށް ނުބެލެވޭ،" ބަޔާނުގައި ބުންޏެވެ.

އިނގިރޭސި ފުލުހުންނަކީ އާއްމުކޮށް ބަޑި ހިފައިގެން އުޅޭ ބަޔެއް ނޫނެވެ. އަދި އާއްމު ތަނެއްގައި މިކަހަލަ ބަޑި ޖެހުމުގެ ހާދިސާ ހިނގަނީ ވަރަށް މަދުންނެވެ.

އެންމެ ފަހުގެ ތަފާސްހިސާބު ދައްކާ ގޮތުން 2019 ވަނަ އަހަރުގެ މާޗް މަހުން 2020 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް އިންގްލެންޑާއި ވޭލްސްގައި ބަޑި ޖެހުމުގެ ސަބަބުން 30 މީހުން މަރުވި އެވެ.

ފާއިތުވި ދެ އަހަރަށް ބަލާއިރު ފުލުހުން ބަޑި ޖެހުމުގެ ސަބަބުން މަރުވީ އެންމެ މީހެކެވެ. ދާދި ފަހުން އިނގިރޭސިވިލާތުގައި ވަނީ ޓެރަރިޒަމްގެ އެލާޓް މަތިކޮށްފަ އެވެ.

އެއީ ނޮވެމްބަރު މަހު ލިވަޕޫލްގައި ދޭން އުޅުނު ބޮމުގެ ހަމަލާއަކާ ގުޅިގެންނެވެ. އޭގެ ކުރިން އޮކްޓޯބަރު މަހު ޕާލިމެންޓުގެ މެމްބަރެއްގެ ގަޔަށް ވަޅިން ހަމަލާދީ އަވަހާރަކޮށްލި އެވެ. އެ ދެ ހަމަލާ ވެސް ގުޅިފައި ވަނީ ޓެރަރިޒަމްއާ ކަމަށް ފުލުހުންނާއި ޕްރޮސެކިއުޓަރުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox