ރާއްޖޭގެ ރިޝްވާނަށް ޕާކިސްތާނުގެ ކްރިކެޓް ސުޕަ ލީގުން ފުރުސަތު ފަހިވެއްޖެ

Dec 10, 2021, 3:40 AM
ރިޝްވާން (ވ) އަށް ކްރިކެޓް ބޯޑުގެ ރައީސް ގައުމީ ކްރިކެޓް ޓީމުގެ ޖޯޒީ ހަވާލުކުރަނީ.--- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ރިޝްވާން (ވ) އަށް ކްރިކެޓް ބޯޑުގެ ރައީސް ގައުމީ ކްރިކެޓް ޓީމުގެ ޖޯޒީ ހަވާލުކުރަނީ.--- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ގައުމީ ކްރިކެޓް ޓީމުގެ ތަރި މުހައްމަދު ރިޝްވާން، ޕާކިސްތާންގެ ކްރިކެޓް ސުޕަ ލީގުގެ އަންނަ އަހަރުގެ މުބާރާތުގެ ޑްރާފްޓް ކުޅުންތެރިންގެ ލިސްޓުގައި ހިމެނި، ބޮޑު ފުރުސަތެއް ފަހިވެއްޖެ އެވެ.

ޕާކިސްތާން ސުޕަ ލީގަކީ އިންޑިއާގެ ބޮޑު ފްރޭންޗައިސް ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއަ ލީގު (އައިޕީއެލް) ފެންވަރުގައި ޕާކިސްތާންގައި ކުޅޭ މުބާރާތެކެވެ. އެ މުބާރާތަށް ކަނޑައެޅި ބިދޭސީ ކުޅުންތެރިންގެ ޑްރާފްޓްގައި ރިޝްވާން ހިމެނެނީ ސިލްވާ ކެޓަގަރީގަ އެވެ. މުޅި ލިސްޓަށް ބަލާއިރު، ރިޝްވާން އޮތީ ބިދޭސީ 445 ކުޅުންތެރިންގެ ލިސްޓުގެ ތެރެއިން 352 ވަނައިގަ އެވެ.

ޕާކިސްތާން ސުޕަ ލީގުގެ ކުޅުންތެރިން ނެގުމުގެ އޯކްޝަން އޮތީ އަންނަ އާދިއްތަ ދުވަހު އެވެ. ކުޅުންތެރިން ލިސްޓު ކޮށްފައިވަނީ ބިދޭސީ ކުޅުންތެރިން މައިގަނޑު ގޮތެއްގައި ޑައިމަންޑް، ގޯލްޑް، އަދި ސިލްވާ ކެޓަގަރީގަ އެވެ.

ޕާކިސްތާން ސުޕަ ލީގުގައި ވާދަކުރާ ހަ ކްލަބުން އާދިއްތަ ދުވަހު އޯކްޝަނުގައި ބައިވެރިވެ، ޓީމަށް ކުޅުންތެރިން ނަގާނެ އެވެ. އެ ކްލަބްތަކުގެ އެ އޯކްޝަނުގައި ޓީމަކުން ބޭނުން ނަމަ ރިޝްވާން ޓީމަށް ނަގާނެ އެވެ.

ގައުމީ ޓީމުގެ މެޗެއްގެ ތެރެއިން ރިޝްވާން ބޯޅަ ފޮނުވާލަނީ.

ރިޝްވާނަށް މި ލިބުނު ބޮޑު ފުރުސަތާ ގުޅިގެން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ރައީސް މުހައްމަދު ފައިސަލް ވަނީ ރިޝްވާނަށް މަރުހަބާ ދަންނަވަައިފަ އެވެ.

ފައިސަލް ވިދާޅުވީ މިއީ ދިވެހި ކްރިކެޓަށް ލިބުނު އުފާވެރި ހަބަރެއް ކަމަށާއި އުއްމީދުކުރަނީ ރިޝްވާނަށް ޓީމަކުން ފުރުސަތު ލިބޭނެ ކަމަށެވެ.

ޕާކިސްތާން ސުޕަ ލީގުގައި ކުޅޭ ޓީމު ތަކަކީ އިސްލާމް އާބާދު ޔުނައިޓެޑް، ކަރާޗީ ކިންގްސް، ލާހޯރު ގަލަންޑާސް، މުލްޓާން ސުލްތާންސް، ޕެޝާވަރު ޒާލްމީ އަދި ކުއެއްޓާ ގްލޭޑިއޭޓާ އެވެ. ސުޕަ ލީގު ފަށާނީ އަންނަ މަހު 27 ވަނަ ދުވަހު އެވެ. ފައިނަލް އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ.

ބައިނަލްއަގުވާމީ ކްރިކެޓް މައިދާނުގައި މީގެ ކުރިން ވެސް ދިވެހި ކްރިކެޓް ކުޅުންތެރިން ވަނީ ފަހި ފުރުސަތުތަކެއް ހޯދައިފަ އެވެ. އެ ގޮތުން ގައުމީ ޓީމުގެ ހަސަން އިބްރާހިމް ވަނީ އޮސްޓްރޭލިއާގެ ބިގް ބޭޝްގައި ވާދަކުރާ މެލްބަން ރެނެގޭޑްސްގެ ސްކޮޑާ އެކު ތަމްރީން ހެދުމުގެ އިތުރުން އޮސްޓްރޭލިއާގެ ވިކްޓޯރިއާ ޕްރިމިއާ ލީގުގައި ކާލްޓަން ކްރިކެޓް ކްލަބަށް ކުޅެފަ އެވެ. އަދި ހަސަން ވަނީ މެލޭޝިއާގެ ސްޓޭޓް ލީގުގެ ޕިނޭންގް ޓީމަށް ވެސް ކުޅެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox