ޕީޖީގެ ރަނގަޅުކުރަން ޖެހޭ ކަންތައްތަކެއް ފާހަގަކޮށް މައްސަލަ ބަލައިދޭން އެދިއްޖެ

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް: އެ އޮފީހުގެ މަސައްކަތްތަކާ ގުޅޭ މައްސަލައެއް ބަލަން ވަނީ އެދިފައި

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް: އެ އޮފީހުގެ މަސައްކަތްތަކާ ގުޅޭ މައްސަލައެއް ބަލަން ވަނީ އެދިފައި

ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގައި ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ފާހަގަކޮށް އެކަން ބެލުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ޖުޑީޝަލް ކޮމިޓީގައި އެދެން ފާސްކޮށްފި އެވެ.

ޕީޖީ އޮފީހުގެ މަސައްކަތުގައި ހުރި މައްސަލަތަކެއް ކޮމިޓީއަށް ފާހަގަވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުންގެ މަސައްކަތާ ގުޅޭ ގޮތުން އޮޑިޓް އޮފީހުން ހެދި އޮޑިޓުންނެވެ. ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ވިދާޅުވި ގޮތުގައި ޕީޖީ އޮފީހުގެ މަސައްކަތުގައި ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ވަނީ ފާހަގަ ކުރެވިފަ އެވެ.

އެހެންވެ, މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ހުށަހެޅުއްވީ ޕީޖީ އޮފީހުގެ މަސައްކަތްތައް ކުރިއަށް ނުދާ މައްސަލަ ބަލަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމަށެވެ. މި ހުށަހެޅުން ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްވި އެވެ.

ކޮމިޓީން މިއަދު ވަނީ އޭސީސީގެ ފަސް މެންބަރުން މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށަން ވެސް ނިންމާފަ އެވެ. އެއީ, އެ މެންބަރުންނަށް އެކަށީގެންވާ ގޮތެއްގައި ޒިންމާ އަދާނުކުރެވޭނެކަން އޮޑިޓުން ދެއްކުމުންނެވެ. އެގޮތުން ނުނިމި ގިނަ މައްސަލަތަކެއް ހުރިއިރު, އޭސީސީން ކޮމިޝަނަށް ލިބިފައިވާ ބާރުގެ ބޭނުން ނުކުރާކަން ވެސް އޮޑިޓްގައި ފާހަގަ ކޮށްފައިވެ އެވެ.

ކޮރަޕްޝަންގެ ގިނަ މައްސަލަތައް މަޑުޖެހިފައިވާއިރު, އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މައްސަލައަކީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލަ އެވެ. އެ މައްސަލާގައި ތުހުމަތުވާ ގިނަ ބަޔަކު ތިބިއިރު މިހާތަނަށް ތަހުގީގު ނިމިފައިވަނީ މަދު މީހެއްގެ އެވެ.

އޭގެއިތުރުން ވެންޓިލޭޓަރު މައްސަލައަކީ ވެސް ދިގުލައިގެން ގޮސްފައިވާ މައްސަލައެކެވެ. އެ މައްސަލަ ދިގުލައިގެން ގޮސްފައިވަނީ ދައުވާ ކުރުމުގެ މަރުހަލާގަ އެވެ. އެ މައްސަލާގެ ތަހުގީގު ނިންމުމަށްފަހު ތިން ފަހަރެއްގެ މަތިން ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވި އެވެ. ނަމަވެސް, ތިން ފަހަރު ވެސް އެ އޮފީހުން ވަނީ މައްސަލަ އިސްލާހު ކުރުމަށް އަންގައި އަނބުރާ އޭސީސީއަށް ފޮނުވާލާފަ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ މައްސަލަ ބަލަން އެމްޑީޕީގެ މެޖޯރިޓީ އޮންނަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައިވަނީ އިދިކޮޅު ލީޑަރު ކަމަށްވާ ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް ސާބިތުވެފައި އޮތް މަނީލޯންޑްރިންގެ ކުށުން ސުޕްރީމް ކޯޓުގައި ސަލާމަތްވެފައިވަނިކޮށެވެ.

ޔާމީން ކުށުން ސަލާމަތްވެފައިވަނީ މައްސަލާގައި ހިމެނޭ ޗެކް ނަންބަރު, ދެ ގޮތަކަށް ދެ ލިޔުމެއްގައި އޮތުމުން, ޔާމީންގެ އެކައުންޓަށް ވަން ފައިސާއާމެދު ޝައްކު އުފެދިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox