އިންޑިއާގެ ނުފޫޒުން ހުއްޓުވި ލަންކާ މަޝްރޫއު ރާއްޖޭގައި ހިންގަނީ

ތ. އަތޮޅުގެ ހުރިހާ ރަށެއްގައި އިރުގެ އަލިން ހަކަތަ އުފައްދާނެ ނިޒާމެއް ގާއިމްކުރަން ޗައިނާ ކުންފުންޏާ ހަވާލު ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެންވާރަމެންޓް މިނިސްޓްރީ

ތ. އަތޮޅުގެ ހުރިހާ ރަށެއްގައި އިރުގެ އަލިން ހަކަތަ އުފައްދާނެ ނިޒާމެއް ގާއިމްކުރަން ޗައިނާ ކުންފުންޏާ ހަވާލު ކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އެންވާރަމެންޓް މިނިސްޓްރީ

އިންޑިއާގެ ނުފޫޒުން ސްރީލަންކާގައި ހުއްޓުވި ޗައިނާގެ މަޝްރޫއެއް ރާއްޖޭގައި ކުރިއަށް ގެންދަން ނިންމައި، އެކަމުގެ އެއްބަސްވުމުގައި މިދިޔަ ހަފުތާގައި ސޮއިކޮށްފި އެވެ.

މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެންވާރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިރުގެ އަލިން 2.5 މެގަވޮޓުގެ ހަކަތަ އުފެއްދުމުގެ ނިޒާމު ގާއިމްކުރާނެ ކަމަށެވެ.

"މީގެ ސަބަބުން އަޅުގަނޑުމެން ބޭރުކުރާ ކާބަންޑައިއޮކްސައިޑް ގޭސް 2900 ޓަނުން މަދުކޮށް، އަހަރަކު 12 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ،" ޝައުނާގެ ޓްވީޓުގައި ވިދާޅުވި އެވެ.

Advertisement

އޭގެ ކުރިން ސްރީލަންކާގައި ހުންނަ ޗައިނާ އެމްބަސީ އިން ކުރި ޓްވީޓެއްގައި ބުނީ ސިނޯ ސޯ ހައިބްރިޑް ޓެކްނޮލޮޖީ ކުންފުނިން ލަންކާގައި ހައިބްރިޑް އެނާޖީ ސިސްޓަމް ގާއިމްކުރުމުގެ މަސައްކަތާ މެދު ތިން ވަނަ ފަރާތަކުން "ސަލާމަތީ ކަންބޮޑުވުންތައް" ފާޅުކުރުމުން، މަޝްރޫއު ހުއްޓާލުމަށް ފަހު ރާއްޖޭގެ 12 ރަށެއްގައި އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ގާއިމްކުރަން ދިވެހި ސަރުކާރާ އެކު ނޮވެމްބަރު 29 ވަނަ ދުވަހު ސޮއިކޮށްފައިވާ ކަމަށެވެ.

އިންޑިއާގެ ނޫސްތަކުން ވެސް ރިޕޯޓުކޮށްފައިވާ ގޮތުގައި ސްރީލަންކާގައި ހިންގަން އުޅުނު ހައިބްރިޑް އެނާޖީ މަޝްރޫއެއް ހުއްޓާލަން ޖެހުނީ "ތިން ވަނަ ފަރާތަކުން ސަލާމަތާ ގުޅޭ ކަންބޮޑުވުން" ފާޅުކުރުމުންނެވެ.

ޓައިމްސް އޮފް އިންޑިއާ ނޫހުން ހޮނިހިރު ދުވަހު ރިޕޯޓުކުރި ގޮތުގައި ސްރީލަންކާގެ މަޝްރޫއުތަކުން "ޗައިނާ ދުރު ކުރުމަށް" އިންޑިއާ އިން މަސައްކަތް ކުރާތާ އަހަރެއް ވެއްޖެ އެވެ.

އެކަމާ ގުޅޭ ގޮތުން އިންޑިއާ ސަރުކާރުން ވަކި އެއްޗެއް ނުބުނެ އެވެ. ނަމަވެސް މިދިޔަ ފެބްރުއަރީ މަހު ދަ ހިންދޫ އިން ސްރީލަންކާގެ މަސްދަރުތަކާ ހަވާލަދީ ރިޕޯޓު ކުރި ގޮތުގައި މަޝްރޫއު ހިންގާ ހިސާބާއި އިންޑިއާގެ އައްސޭރިފަށާ ގާތްވުމުން "ކަންބޮޑުވުން ފާޅުކޮށްފައި" ވެ އެވެ.

ދަ ހިންދޫ އިން ބުނީ 12 މިލިއަން ޑޮލަރުގެ އެހީއަކާ އެކު އެ މަޝްރޫއު ކުރިއަށް ގެންގޮސްދޭން އިންޑިއާ އިން ހުށަހެޅި ކަމަށެވެ.

ޗައިނާގެ ފާޑުކިޔުން

"މަޝްރޫއު އަށް ނުފޫޒު ފޯރުވަން އިންޑިއާ އިން ސަލާމަތީ ސަބަބުތައް ދެއްކުމަކީ ވަރަށް ހެއްވާ ކަމެއް. ސްރީލަންކާގެ މަޝްރޫއަކީ ވަރަށް ކުޑަ މަޝްރޫއެއް، އެއީ ކުޑަ ތިން ރަށެއްގައި އުޅޭ ރައްޔިތުންނަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަޝްރޫއެއް. މި ރަށްތަކާއި ސްރީލަންކާގެ މައި ބިމާ ވަކިން އޮންނާތީ، ޕަވާ ގްރިޑް ސްރީލަންކާގެ އެހެން ތަންތަނަކަށް ނުވެސް ގުޅޭނެ،" ސިނޯ ސޯ ހައިބްރިޑް ޓެކްނޮލޮޖީ ކުންފުނީގެ އޮފިޝަލަކު ޗައިނާގެ ގްލޯބަލް ޓައިމްސް ނޫހަށް ބުންޏެވެ.

އެ ކުންފުނީގެ އިތުރުން ޗައިނާގެ ތަޖުރިބާކާރުން ވެސް އަންނަނީ އެކަމާ ގުޅިގެން އިންޑިއާ އަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން އެފަދަ ގޮތަކަށް ނުފޫޒު ފޯރުވުމުން ސްރީލަންކާ ފަދަ ދެކުނު އޭޝިއާ ގައުމުތަކުގެ ތަރައްގީ އާއި ކުރިއެރުމަށް ހުރަސް އެޅޭނެ ކަމަށް އެ މީހުން ބުނެ އެވެ.

"ސްރީލަންކާ ފަދަ އަވައްޓެރި ގައުމުތަކާ މެދު އިންޑިއާ އިން އަބަދުވެސް ދެކެނީ އެއީ އެ މީހުންގެ ބެކްޔާޑުގެ ގޮތުގައި،" ދެކުނު އޭޝިއާގެ ކަންކަމާ ގުޅޭ ތަޖުރިބާކާރު ވާންގް ޑެހުއާ ގްލޯބަލް ޓައިމްސް ނޫހަށް ބުންޏެވެ.

ރިސާޗް ސެންޓާ ފޯ ޗައިނާ-ސައުތު އޭޝިއާ ކޯޕޮރޭޝަންގެ ސެކެޓްރީ ޖެނެރަލް ލިއު ޒޮންގްޔީ ވިދާޅުވީ އިންޑިއާ ކަނޑުގައި އިންޑިއާ އިން ޗައިނާއާ ވާދަކުރަނީ ކަނޑި އާއި ކަނޑި ޖައްސައިގެން ކޮންމެ ގޮތަކުން ވެސް ކުރި ހޯދުމަށް ކަމަށެވެ.

ސިނޯ ސޯ ހައިބްރިޑް ޓެކްނޮލޮޖީ ކުންފުނިން ލަންކާގައި ގާއިމްކުރަން އުޅުނު ސޯލާ ހައިބްރިޑް ސިސްޓަމް އަކީ 1700 ކިލޯވޮޓްގެ ހަކަތަ އިރުގެ އަލިން އުފައްދައި، 530 ކިލޯވޮޓްގެ ހަކަތަ ވައިގެ އެހީގައި އުފައްދާ ނިޒާމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox