އިނގިރޭސި ޕާލިމެންޓުގައި ޑްރަގް ބޭނުންކުރާ ކަމުގެ ތުހުމަތު!

ހައުސް އޮފް ކޮމޮންސްގެ ރައީސް ސާ ލިންޑްސީ ހޮއިލް. -- ފޮޓޯ: ޕީއޭ މީޑިއާ

ހައުސް އޮފް ކޮމޮންސްގެ ރައީސް ސާ ލިންޑްސީ ހޮއިލް. -- ފޮޓޯ: ޕީއޭ މީޑިއާ

އިނގިރޭސި ޕާލިމެންޓުގައި މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތު ކުރެވުމާ އެކު އެ މައްސަލަ ފުލުހަށް ހުށަހަޅުއްވާނެ ކަމަށް ހައުސް އޮފް ކޮމޮންސްގެ ރައީސް ސާ ލިންޑްސީ ހޮއިލް ވިދާޅުވެއްޖެ އެވެ.

ޕާލިމެންޓުގެ ބައެއް ފާހާނާތައް ހުންނަ ސަރަހައްދުގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންގެ ބޭނުންކުރާ ކަމުގެ ނިޝާން ފެންނަން ހުންނަ ކަމަށް ސަންޑޭ ޓައިމްސް އިން ރިޕޯޓުކޮށްފައި ވާތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ސާ ލިންޑްސީ ބީބީސީ އަށް ވިދާޅުވީ ގާނޫނަށް މަކަރު ހަދާ މީހުންނަށް އަދަބު ދޭން ޖެހޭނެ ކަމަށެވެ.

ޕާލިމެންޓާ ގުޅޭ މިފަދަ ތުހުމަތެއް އައިސްފައި ވާއިރު، މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރަން ކުރިއަށް އޮތް ތިން އަހަރަށް 700 މިލިއަން ޕައުންޑްގެ ބަޖެޓެއް ކަނޑައަޅަން ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.

ސަންޑޭ ޓައިމްސް ނޫހުން ރިޕޯޓު ކުރި ގޮތުގައި ޕާލިމެންޓުގެ 12 ފާހާނާ ޓެސްޓުތައް ހެދިއިރު، އެންމެ ތަނެއް ފިޔަވައި އެހެން ހުރިހާ ތަނަކުން ކޮކެއިންގެ އަސަރު ފެނުނެވެ.

ޕާލިމެންޓުގައި ކޮކެއިން ބޭނުން ކުރާ ފަރާތްތައް ދެނެގަންނަން ކުއްތާ ބޭނުން ކުރުމުގެ ވިސްނުން ހައުސް އޮފް ކޮމޮންސް ކޮމިޝަނުން ގެންގުޅޭ ކަމަށް އެ ނޫހުން ބުންޏެވެ.

ކޮކެއިން އަކީ އިނގިރޭސިވިލާތަކުގައި ކްލާސް އޭ ދަރަޖައިގެ މަސްތުވާ އެއްޗެކެވެ. އެފަދަ އެއްޗެއް އަތުގައި ގެންގުޅޭ މީހަކަށް ޖޫރިމަނާ އާއި ހަތް އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެ އެވެ.

ކޮކެއިން އަދި ކްލާސް އޭ މަސްތުވާތަކެތި ސަޕްލައި ކުރާ ފަރާތްތަކަށް އުމުރު ދުވަހުގެ ޖަލު ހުކުމަކާ އެކު ޖޫރިމަނާ އައުން އެކަށީގެންވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox