ރައީސުލްޖުމްހޫރިއްޔާގެ ގާނޫނީ ޒިންމާއަށްވުރެ ރައީސް ޔާމީން އިސް ކުރެއްވީ އަމިއްލަ މަންފާ: ސުޕްރީމް ކޯޓު

ރައީސް ޔާމީން މިނިވަންވެވަޑައިގެން ސްޕޯޓަރުންނާ ބައްދަލު ކުރައްވަނީ: ހުކުމުގައި ބުނެފައި ވަނީ ގާނޫނުގެ ވެރިކަމުގެ ބަދަލުގައި ޔާމީން އިސްކުރެއްވީ އަމިއްލަ މަސްލަހަތު ކަމަށް -- ފޮޓޯ: ހުސެއިން ސަޔާހު/އަދަދު

ރައީސް ޔާމީން މިނިވަންވެވަޑައިގެން ސްޕޯޓަރުންނާ ބައްދަލު ކުރައްވަނީ: ހުކުމުގައި ބުނެފައި ވަނީ ގާނޫނުގެ ވެރިކަމުގެ ބަދަލުގައި ޔާމީން އިސްކުރެއްވީ އަމިއްލަ މަސްލަހަތު ކަމަށް -- ފޮޓޯ: ހުސެއިން ސަޔާހު/އަދަދު

އެސްއޯފުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި ފައިސާއާމެދު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަމަލު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އުފުލަންޖެހޭ ގާނޫނީ ޒިންމާ އާއި ގާނޫނުގެ ވެރިކަމަށް ބެއްލެވުމެއް ނެތި، އަމިއްލަ މަންފާ އިސް ކުރައްވައިގެން ކަމަށް ސުޕްރީމް ކޯޓުން މިއަދު ބުނެފި އެވެ.

ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައި އޮތް ފަސް އަހަރުގެ ޖަލު ހުކުމް ބާތިލް ކުރައްވަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ، އެސްއޯއެފްގެ ފައިސާ އިތުރު ކަމަކަށް ބެލުމެއް ނެތި އެ ފައިސާ އިންވެސްޓުކޮށްފައިވާ ކަމަށާއި އެއީ "މި ފައިސާއާމެދު ކަންތައް ކުރަންޖެހޭ ގޮތެއް ނޫން" ކަމަށެވެ.

"މި ފައިސާއާމެދު ދައުލަތުގެ އިދާރާތަކުން ތަހުގީގު ކުރާކަން އެނގިހުރެ، މި ފައިސާއިން އިންވެސްޓް ކުރުމަކީ، ތަހުގީގު އިދާރާތަކުން ގާނޫނީ އިމުގެ ތެރެއިން ކުރާ ތަހުގީގުތަކަށާއި ބަލާ ބެލުންތަކަށް ފަރުވާލެއް ނުބަހައްޓައި، ދައުލަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާއަށް ބެލުމެއް ނެތި ގާނޫނުގެ ވެރިކަން ކުރިއަށް ނެރުމުގެ ބަދަލުގައި ތިމާގެ އަމިއްލަ މަންފާ އިސްކުރުމުގެ އަމަލެއް ކަމުގައި ބެލެވޭ އަމަލެއް،" ފަނޑިޔާރު މަހާޒް ވިދާޅުވި އެވެ.

ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ބާތިލް ކުރީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާއަކީ ކުށުގެ އަމަލަކުން ހޯދާފައިވާ ފައިސާކަން ހުށަހަޅާފައިވާ ހެކިތަކުން ސާބިތުނުވާތީ އެވެ.

އެ މައްސަލައިގައި ޔާމީންއާ ދެކޮޅަށް ހެކި ބަސް ދިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ ވެރިޔާ އަބްދުﷲ ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމި އެވެ. އެއީ އެ ދެ މީހުންނަކީ އެމްއެމްޕީއާރްސީގެ ވައްކަން ކުރިކަން އިއުތިރާފުވެފައިވާ ފާސިގުން ކަމަށްވެފައި، އެމީހުންގެ ހެކި ބަހަށް ބާރު ލިބިދޭ ގަރީނާ ހުށަހަޅާފައިނުވާތީ އެވެ.

އޭގެ އިތުރުން، އެކައުންޓަށް ޖަމާވި ފައިސާގެ ހަގީގަތް ޔާމީނަށް އެނގިވަޑައިގަންނަވާކަމުގެ ހެކި ހުށަހަޅާފައި އޮތް ނަމަވެސް ހުކުމް އިއްވަމުން ފަނޑިޔާރު ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox