އެސްއޯފް ތަހުގީގުނުކޮށް، ވެރިންނަށް ދައުވާ ނުކުރަން ނިންމުން ފަނޑިޔާރަށް ބޮޑު ހައިރާންކަމެއް

މިއަދު ރައީސް ޔާމީންގެ މައްޗަށް ފަނޑިޔާރު މަހާޒް ހުކުމް އިއްވަނީ: ވިދާޅުވީ އެކަށީގެންވާ ގޮތަކަށް އެސްއޯއެފް ކުންފުނި ތަހުގީގު ވެސް ކޮށްފައިނުވާ ކަމަށް -- ފޮޓޯ: ސްކްރީން ކެޕްޗާ

މިއަދު ރައީސް ޔާމީންގެ މައްޗަށް ފަނޑިޔާރު މަހާޒް ހުކުމް އިއްވަނީ: ވިދާޅުވީ އެކަށީގެންވާ ގޮތަކަށް އެސްއޯއެފް ކުންފުނި ތަހުގީގު ވެސް ކޮށްފައިނުވާ ކަމަށް -- ފޮޓޯ: ސްކްރީން ކެޕްޗާ

ރިސޯޓު ހަދަން ރަށް ވިއްކުމަށްފަހު ލިބުނު ފައިސާ ލޯންޑާ ކުރި މައި ކުންފުނި އެސްއޯއެފްގެ ވެރިންގެ މައްޗަށް ދައުލަތުން ދައުވާ ނުކުރުމަށް ނިންމާފައިވާތީ ހައިރާންވެވަޑައިގެންނެވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް އިއްވަމުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާވި މައްސަލައިގައި ޔާމީން ފަސް އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރި ހުކުމް މިއަދު ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އަދި ހުކުމް އިއްވަވަމުން ފަނޑިޔާރު މަހާޒް ވަނީ އެ މައްސަލައިގައި ދައުލަތުން ހެދިފައި ހުރި ބައެއް ގޯސްތައް ފާހަގަ ކުރައްވައިފަ އެވެ.

އެގޮތުން އެސްއޯއެފްއަކީ އެމްއެމްޕީއާރްސީން ވަގަށް ނެގި 1.3 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލޯންޑާ ކުރުމުގެ މައި ކުންފުނި ކަމަށް ދައުލަތުން އަމިއްލައަށް ބުނާއިރު އެ ކުންފުނީގެ މައްޗަށް އެކަށީގެންވާ ތަހުގީގެއް ހިންގާފައިނުވާކަން ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.

"އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެކައުންޓަށް ޖަމާވެފައިވާ އެއް މިލިއަން ޑޮލަރަކީ ކޮން ގޮތަކުން ޖަމާވި ފައިސާ ފައިސާއެއްކަން ޔަގީނެއް ނޫން. އެ ފައިސާ ޖަމާވެފައި ވަނީ އެސްއޯއެފް ކިޔާ ކުންފުންޏަކުން. މި މައްސަލައިގައި ކުރެވިފައިވާ ތަހުގީގުގައި އެ ކުންފުންޏާ ގުޅޭ ތަހުގީގެއް އެދެވޭ ގޮތަކަށް ކޮށްފައިވާ ކަމަށް ނުބެލެވޭ،" ފަނޑިޔާރު މަހާޒް ވިދާޅުވި އެވެ.

އެސްއޯއެފް ކުންފުނީގެ ވެރިންގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވާކަން ހާމަވީ، ޔާމީންގެ ޝަރީއަތުގެ މެދު ތެރެއިން ދިޔަ އަޑުއެހުމެއްގައި، ފަނޑިޔާރުން ކުރި ސުވާލުތަކެއްގެ ތެރެއިންނެވެ. މިއަދު ހުކުމް އިއްވަވަމުން ފަނޑިޔާރު މަހާޒް ވިދާޅުވީ، މަނީ ލޯންޑާ ކުރުމުގެ އެންމެ ބޮޑު އާލާތަކީ އެސްއޯއެފް ކަމަށްވާއިރު އެ ކުންފުނީގެ ވެރިންގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމުމުން ހައިރާންވެވަޑައިގެންނެވި ކަމަށެވެ.

"އަހުރެން ހައިރާންވީ އެސްއޯއެފް ކުންފުންޏަކީ، އެމްއެމްޕީއާރްސީ މައްސަލައިގައި މަނީ ލޯންޑާ ކުރުމަށް ބޭނުން ކުރި އެންމެ ވަރުހުރި އާލާތް ކަމަށް ދައުލަތުން ތަކުރާރުކޮށް ބުނުމަށްފަހު އެ ކުންފުނީގެ އިސް ފަރާތްތަކަށް ދައުވާ ވެސް ނުކުރުމަށް ނިންމާފައިވާ ވާހަކަ ބުނުމުން،" ފަނޑިޔާރު ވިދާޅުވި އެވެ.

އޭގެ އިތުރުން، ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި ދެ މީހުންގެ ހެކިބަސް ދަށު ކޯޓުގައި ނުނެގުމަކީ މައްސަލައެއްގެ ގޮތުގައި ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.

"މީގެ އިތުރަށް މި ފައިސާ ޖަމާ ކުރި މުއާމަލާތާ ގުޅިގެން، ފައިސާ ޖަމާ ކުރުމުގައި ހަރަކާތްތެރިވި ދެ މީހުންގެ ހެކި ބަސް ކްރިމިނަލް ކޯޓުން ނަގާފައިނުވުމަކީ މި މައްސަލައިގައި ލިބިފައިވާ ހެކި ބަލިކަށިވެދާނެ ހާލަތެއް ކަމުގައި ބަލައި އެ ހެކިންގެ އެ ކޯޓުން ނަގައި މައްސަލަ ނިންމުމުގެ ކުރިން އެ ހެކިންގެ ހެކި ބަހަށް އެ ކޯޓުން ބުރަދަނެއް ހޯދަން ދައުލަތުން މަސައްކަތްކޮށްފައެއް ނުވޭ. މިފަދައިން މަސައްކަތްކޮށް، އެ ކޯޓުން ކާމިޔާބުނުވި ނަމަ އެކަން އިސްތިއުނާފީ މައްސަލައިގައި ދައުލަތަށް ފަހި ކަމެއްގެ ގޮތުގައި ފާހަގަ ކުރެވުނީސް،" ހުކުމް އިއްވަމުން ފަނޑިޔާރު ވިދާޅުވި އެވެ.

ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ބާތިލް ކުރެއްވީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާއަކީ ކުށުގެ އަމަލަކުން ހޯދާފައިވާ ފައިސާކަން ހުށަހަޅާފައިވާ ހެކިތަކުން ސާބިތުނުވާތީ އެވެ.

އެ މައްސަލައިގައި ޔާމީންއާ ދެކޮޅަށް ހެކި ބަސް ދިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ ވެރިޔާ އަބްދުﷲ ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމި އެވެ. އެއީ އެ ދެ މީހުންނަކީ އެމްއެމްޕީއާރްސީގެ ވައްކަން ކުރިކަން އިއުތިރާފުވެފައިވާ ފާސިގުން ކަމަށްވެފައި، އެމީހުންގެ ހެކި ބަހަށް ބާރު ލިބިދޭ ގަރީނާއަކީ ކޮބައިކަން ދަށު ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައި ނެތުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox