ސަޕޯޓަރުންގެ ޝުއޫރު: "ލޯތްބާއި އުންމީދުގެ ބާރުގައި ޔާމީން މިނިވަންވެގެން އަންނާނެ"

ކަރެކްޝަންގެ އޮފިސަރުންގެ ބެލުމުގެ ދަށުން ޔާމީން މިއަދު ކޯޓަށް ގެންދަނީ: ސަޕޯޓަރުންގެ އެދުމަކީ ރައީސް ޔާމީން މިނިވަންވުން -- ފޮޓޯ: ހުސެއިން ސަޔާހު/އަދަދު

ކަރެކްޝަންގެ އޮފިސަރުންގެ ބެލުމުގެ ދަށުން ޔާމީން މިއަދު ކޯޓަށް ގެންދަނީ: ސަޕޯޓަރުންގެ އެދުމަކީ ރައީސް ޔާމީން މިނިވަންވުން -- ފޮޓޯ: ހުސެއިން ސަޔާހު/އަދަދު

ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ދަރިފުޅާ އެކު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓެއްގައި ދިރިއުޅޭ އިބްރާހިމް އަލީ (އަލިބެ)، ފަތިސް ނަމާދުކޮށް، ދުއާ، ސުންނަތް ކޮށްގެން މާލެއާ ދިމާލަށް ދުއްވައިލި އިރު އޭނާގެ ޖަޒުބާތު ތައް ހިފެހެއްޓޭ ވަރެއް ނޫނެވެ. ދިގު ދުއްވުމަކަށް ފަހު ހެންވޭރު ދޫވެއްސާ ގާތްކޮށްލި އިރު އެތަނަށް އެއްވަމުން އެދަނީ އޭނާގެ ދެވަނަ "އާއިލާ" އެވެ.

އެއްވަމުން އެދާ އެންމެން ފަދައިން، މިއަދަކީ އަލިބެއަށް ވެސް ބޮޑު ދުވަހެކެވެ. ދުވަސް ފަށަމުން ކުރި ދުއާގައި ހިމެނުނު، އޭނާ އެންމެ ލޯބިވާ ލީޑަރު އަބްދުﷲ ޔާމީން މިނިވަންވުމަށް އެދި ކުރި ދިގު އިންތިޒާރާއި ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ ދަރިފުޅުގެ މުސްތަގުބަލުގެ ހައްގުގައި ދެކެމުން އައި ހުވަފެންތަކަށް އަލުން އުންމީދު އާކޮށްދޭ ދުވަހެކެވެ. މިއަދު އޭނާގެ ހިތުގައި އޮތީ އެންމެ ޝުއޫރެކެވެ. އެންމެ އުންމީދެކެވެ.

"އަޅުގަނޑުގެ ދަރިފުޅަށް މަދަދުވެރިވި ހަމައެކަނި ވެރިއަކީ އެއީ. އެ ދަރިފުޅުގެ ހައްގުގައި މިއަދު މިތަނަށް އައިސް މި ހުރީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ދުއާގައި ހިމެނިގެން އެމަނިކުފާނު ކޯޓަށް އެ ވަޑައިގަންނަވަނީ. ދުއާ އަކީ ވެސް އުންމީދަކީ ވެސް މިނިވަން ވެގެން ވަޑައިގަތުން،" އަލިބޭގެ ޝުއޫރު ވަރުގަދަކޮށްލި އެވެ.

އަލިބެ މި ނޫހާ ވާހަކަ ދައްކަނީ: އަލިބެއަކީ ރައީސް ޔާމީންގެ ގިނަ ދުވަސްވީ ސަޕޯޓަރެއް -- ފޮޓޯ: އަދަދު
އަލިބެ މި ނޫހާ ވާހަކަ ދައްކަނީ: އަލިބެއަކީ ރައީސް ޔާމީންގެ ގިނަ ދުވަސްވީ ސަޕޯޓަރެއް -- ފޮޓޯ: އަދަދު

އަލިބެ މި ނޫހާ ވާހަކަ ދައްކަނީ: އަލިބެއަކީ ރައީސް ޔާމީންގެ ގިނަ ދުވަސްވީ ސަޕޯޓަރެއް -- ފޮޓޯ: އަދަދު

އަލިބެއަކީ، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މިއަދު ސުޕްރީމް ކޯޓުން ހުކުމް ކުރާތީ، ދޫވެހި ކައިރިއަށް އެއްވެފައި ތިބި ގިނަ އަދަދެއްގެ މީހުންގެ ތެރެއިން އެކަކެވެ. އަލިބެ ފަދައިން، މިތަނަށް އެއްވެފައި ތިބި އެންމެން ވެސް އެ ތިބީ ރައީސް ޔާމީންގެ މައްޗަށް މިއަދު އިއްވާނެ ހުކުމެއްގެ އިންތިޒާރުގަ އެވެ. މީގެ ދެ އަހަރު ކުރިން ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި މަނީ ލޯންޑަރިންގެ ކުށަށް މިއަދު އެންމެ މަތީ ކޯޓުން ގޮތެއް ކަނޑައަޅާއިރު މިއީ ޔާމީންގެ ސަޕޯޓަރުންގެ އިހްސާސްތަކާ ވަރަށް ގުޅިފައިވާ ހުކުމަކަށްވާނެ އެވެ.

ހަދީޖާ ހުސައިން އަށް މިއަދުގެ ޝަރީއަތުގެ ހަބަރު ލިބުނީއްސުރެ ހަމަޖެހުމެއް ނުލިބެ އެވެ. އޭނާގެ ލޭގެ ޕްރެޝަރު އިއްޔެ ޑޮކްޓަރަށް ދެއްކި އިރު ވެސް މައްޗެވެ. ހިތުން ހާއްސަ ގަދަރަކާއި ލޯތްބެއް ހޯއްދަވައިގެން ހުންނެވި ލޮބުވެތި "ރައީސް" މިއަދު ކޯޓަށް ވަޑައިގަންނަވާތީ، ވާނޭ ގޮތެއް ނޭނގޭތީ މިއަދު އޭނާގެ ހާލު ވަކިން ބޮޑެވެ.

އެކަމަކު، ރައްޔިތުންނަށް އިންސާފު ގާއިމުކޮށްދިނުމުގައި ސުޕްރީމް ކޯޓު ދެގޮތެއް ނުވެ ދެމި އޮންނާނޭ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާ އަށް އެބަ އޮތެވެ. ދިވެހި ޝަރުއީ ދާއިރާ، އޭނާ އާއި އޭނާ ފަދައިން އިންސާފުވެރި ޝަރީއަތެއްގެ ތެރެއިން ރައީސް ޔާމީންނަށް "އިންސާފުވެރި" ހުކުމެއް އިއްވާނެ ކަމަށް އުންމީދުކޮށްގެން ތިބި އެތައް ހާސް ދިވެހިން މާޔޫސް ނުކޮށްލާނެ ކަމުގެ ފުރިހަމަ ޔަގީން ކަން ވެސް އެބަ އޮތެވެ.

ޕީޕީއެމް އޮފީހުގައި ކުރަހާފައި ހުރި ޔާމީންގެ ފޮޓޯއެއް ކައިރި ހަދީޖާ ހުއްޓިލައިގެން: ޝަރީއަތުން ޔާމީންއަށް އިންސާފު ލިބޭނެކަން ހަދީޖާއަށް ޔަގީން -- ފޮޓޯ: އަދަދު
ޕީޕީއެމް އޮފީހުގައި ކުރަހާފައި ހުރި ޔާމީންގެ ފޮޓޯއެއް ކައިރި ހަދީޖާ ހުއްޓިލައިގެން: ޝަރީއަތުން ޔާމީންއަށް އިންސާފު ލިބޭނެކަން ހަދީޖާއަށް ޔަގީން -- ފޮޓޯ: އަދަދު

ޕީޕީއެމް އޮފީހުގައި ކުރަހާފައި ހުރި ޔާމީންގެ ފޮޓޯއެއް ކައިރި ހަދީޖާ ހުއްޓިލައިގެން: ޝަރީއަތުން ޔާމީންއަށް އިންސާފު ލިބޭނެކަން ހަދީޖާއަށް ޔަގީން -- ފޮޓޯ: އަދަދު

ޝަރީއަތަށް ވަޑައިގެންނެވުމަށް ގެކޮޅުން ނިކުމެވަޑައިގެންނަވައިގެން އެއްވެފައި ތިބި އެންމެންނަށް ބައްލަވާފައި ޔާމީން ހިނިތުންވެ ވަޑައިގެންނެވި އިރު، އަޑުގެ ނެތް ތަނަށް ނަޒީރާ އިބްރާހިމް ހެޔޮ ދުއާ ކުރަމުން ދިޔައެވެ. އެއީ އެމަނިކުފާނަށްޓަކައި މިއަދު އެކަނި އޭނާ ކުރަމުން އައި ދުއާ އެއް ނޫނެވެ. ޕީޕީއެމްގެ ޝުއޫރު ހިތުގައި ހިނގައިގަނެ، ރައީސް ޔާމީނުގެ ގަދަރާއި އިއްޒަތް ނަޒަރުގައި އުފުލުނު ދުވަހުއްސުރެ އެމަނިކުފާނަށްޓަކައި އޭނާ ކުރަމުން އައި އުންމީދާއި ދުއާ އަކީ އެއީ އެވެ.

މިއަދު އެ ހުރިހާ އުންމީދަކާ އެކު ޔާމީން މިނިވަން ވެގެން ސުޕްރީމް ކޯޓުން ނިކުމެ، މިނިވަނެއްގެ ގޮތުގައި ގެއަށް ވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޭނާ އަށް އެބަ އޮތެވެ. އެންމެ ފަހު ވަގުތާ ހަމައަށް ވެސް އެ އަޒުމް އޭނާ ފަނޑުކޮށް ނުލާނެ އެވެ.

"އަޅުގަނޑުގެ ގަދަރު އެމަނިކުފާނު ހޯއްދެވީ މި ގައުމަށް ތަރައްގީ ގެންނަވައިގެން. އެމަނިކުފާނަކީ ތަރައްގީގެ ބާނީ ކަމަށް ވާތީވެ، އަޅުގަނޑުމެންނަށް ކުރިއެރުމާއި ތަރައްގީ އާއި އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނާއި އަޅުގަނޑުމެންގެ ގައުމިއްޔަތު ހިމާޔަތްކުރި ހަމައެކަނި ވެރިއަކީ ރައީސް ޔާމީނު ކަމަށް ވެފައި ރައީސް ޔާމީނު ހުރަގެ އެއްގައި ބަންދު ކޮށްފައި ހުންނާތީވެ ރައީސް ޔާމީނު ކުޑަ ހިނދުކޮޅަކަށް ވިޔަސް ދެކިލުމަށްޓަކައި އަޅުގަނޑުމެން މިތަނަށް އައީ،" އޭނާ ކިޔައިދިނެވެ.

ޔާމީންގެ ސަޕޯޓަރެއް ކަމަށްވާ ނަޒީރާ: ރާއްޖެއަށް ތަރައްގީ ގެނެވޭނީ ޔާމީން މިމިވަންވެގެން ކަމަށް އޭނާ ދެކޭ -- ފޮޓޯ: އަދަދު
ޔާމީންގެ ސަޕޯޓަރެއް ކަމަށްވާ ނަޒީރާ: ރާއްޖެއަށް ތަރައްގީ ގެނެވޭނީ ޔާމީން މިމިވަންވެގެން ކަމަށް އޭނާ ދެކޭ -- ފޮޓޯ: އަދަދު

ޔާމީންގެ ސަޕޯޓަރެއް ކަމަށްވާ ނަޒީރާ: ރާއްޖެއަށް ތަރައްގީ ގެނެވޭނީ ޔާމީން މިމިވަންވެގެން ކަމަށް އޭނާ ދެކޭ -- ފޮޓޯ: އަދަދު

ނަޒީރާ ހާމަކުރީ އޭނާ އާއި ޖެހިގެން ހުރެ، އެވާހަކަތަކަށް ބޮލުންނާއި އިޝާރާތުން އެއްބަސްވެ ބައިވެރިވަމުން ދިޔަ އާރިފާ އަހުމަދުގެ ވެސް ޝުއޫރެވެ. އާރިފާ އަކީ މީޕީއެމަށް އެންމެ ފުރަތަމަ ސޮއި ދިން 200 މީހުންގެ ތެރޭން މިއަދާ ހަމައަށް ދެގޮތެއް ނުވެ ހުރި ޕާޓީގެ ސަޕޯޓަރެކެވެ. މިއަދަކީ އެތަކެއް އަހަރެއް ވަންދެން އޭނާ އާއި އާއިލާ، އަލުން ޕީޕީއެމަށް އުފާވެރިކަން ލިބުމަށް އެދި ކުރަމުން އައި އުންމީދުގައި އުފާވެރި ކަމުގެ ކުލަ ޖެހިގެން ދާނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.

ޝަރީއަތް އަޑު އަހަމުން ދާއިރު، ރައީސް ޔާމީނު އިލްތިމާސް ކުރެއްވި ހެން އޭނާ ހުންނާނީ ކެތްތެރިކަމާއެކު އުންމީދުގެ ކުރި ރޯކޮށްގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox