ސަންފައްތަ އަށް ކުރެވުނީ އެހެން މައިންބަފައިންނަށް ވެސް ކުރެވޭ ކުށެއް

ސަންފައްތަ އޭނާގެ ދަރިފުޅު ޒަޔާން އާ އެކު  --  ފޮޓޯ: އާއިމް ޒަމީރު/އަދަދު

ސަންފައްތަ އޭނާގެ ދަރިފުޅު ޒަޔާން އާ އެކު -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

ތޭރަ އަހަރުގެ ދަރިފުޅު އަހުމަދު ޒަޔާން ވަރުނުލާ ރާޅުތަކުގެ ތެރޭގައި މޮޅު ހުނަރު ދައްކަމުން ދިޔަ އިރު ސަންފާ އަބްދުﷲ (ސަންފާއްތަ) އިހުސާސްކުރަމުން ދިޔައީ ދުނިޔޭގެ ހުރިހާ އުފަލެކެވެ. ވެރި ރަށުން ފެންނަ ތަރައްގީއާ މާ ދުރުގައި އޮތް އޭނާގެ އުފަން ރަށް، ގދ. ވާދޫ ގައި ހުވަފަތް ހާލުގައި ތަނަވަސް ކަމެއް ނެތި ބޮޑުކުރި ދަރިފުޅު އެ އޮތީ ގައުމީ ރާޅު މުބާރާތުގެ ޝަރަފަށް ވާދަކުރާ އެންމެ ހުނަރުވެރި ކުދިންގެ މެދުން ޖާގަ ހޯދައިގެން, އެ ދާއިރާގައި ރާއްޖޭގައި ތިބި އެންމެ ގާބިލު މީހުންގެ ކުރިމަތީގައި އޭނާގެ ކުޅަދާނަކަން ސާބިތުކޮށްދޭށެވެ. އެއަށްވުރެ ދޮއްޓަށް ހުރި 22 އަހަރުގެ އަހުޒަމް އިބްރާހީމް ވެސް ހަމަ އެ މުބާރާތުގައި އޭގެ ކުރިން ބޭއްވި ހީޓް ތަކުގައި ވާދަކޮށް ހުނަރު ދެއްކި އެވެ.

ރާޅުގަނޑުގެ ބޭރު ތޮށި މަތީގައި ކޮޅަށް ހުރެ ކަރުގެ ނާރުތައް ތިލަވާ ވަރަށް ޒަޔާނަށް ގޮވަމުން ހިތްވަރު ދެމުން ދިޔަ އިރު، އަދިވެސް ސަންފާއްތަގެ ހިތުގައި ގިލަނެއް އެބަ އޮތެވެ. ދަރިންގެ ކުށްވެރިއެއް ކަމުގައި ކުރެވޭ އިހުސާސް، މިހާރު އެ ކުދިންގެ މޫނުމަތިން ފޮޅެމުން ބޮޑުވަމުން އަންނަ އުޖާލާ ހިނިތުންވުން ފެންނަ ކޮންމެ ފަހަރަކު އޭނާ އަށް އުނދަގޫ ކުރެ އެވެ.

"ބޭނުންވާ ވަރަށް ސަންފާއްތަގެ ދަރިން ނުކިޔަވާތީ އެއްޗެހި ކިޔައި ތަޅައި އަނިޔާކޮށް ހެދިން. އެއީ ސަންފައްތަ އަށް ކުރެވުނު އެންމެ ގޯސް ކަންތައް. އެކަމާ ވަރަށް ދެރަވޭ. ކުދިންނަށް އަނިޔާ ކުރުމަކީ ކުރެވުނު ބޮޑު ކުށެއް. އެކުދިންގެ ޝައުގުވެރިކަން ހުރީ އަބަދުވެސް މޫދަށް. ނުވިސްނުނީ ސަންފާއްތަ އަަށް."

Advertisement

އޭނާ އަށް ލިބުނު ދިހަ ދަރިން ވެސް ބޮޑުވަމުން އައި އިރު އެންމެ ބޮޑު ޝައުގުވެރިކަމެއް ދެއްކީ މޫދަށެވެ. ބޮޑުވި ބޮޑުވީނުން އެރުނީ ބޮޑަށް ފުނަށް، ހޮޅިލާފައި ބޮޑެތި ރާޅު ނަގާ ވާދޫގެ މަޝްހޫރު "ހުޓިކޮޑާ" އަށެވެ.

ފިރި މަރުވެ، ދަރިންނާ އެކު އެކަނިވީ ދުނިޔޭގައި ތައުލީމެއް ނެތި، އެންމެ އަންހެން ކުއްޖަކު ފިޔަވާ ތިބި ހުސް ފިރިހެން ދަރިން، މަސްތުވާ ތަކެތިން 'ކަޅު'ވެފައި އޮތް ވާދޫގެ އަނދިރި ފަރާތަށް ދަމައިގެންފާނެއޭ ހީވެ ސަންފާއްތަ އަށް ވެސް ޖެހުނީ ހަޅޭކެވެ. އަތް އިސްކުރެވުނީ އެވެ.

ސަންފައްތަ  --   ފޮޓޯ: އާއިމް ޒަމީރު/އަދަދު
ސަންފައްތަ -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

ސަންފައްތަ -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

"އެކަމަކު ހަޅޭ ލެވިޔަސް ކުދިން އިސްލާހެއް ނުވޭ. އެމީހުން ކުރަނީ އެމީހުން ކުރަން ބޭނުންވާ ކަމެއް ސަންފާއްތަ ކިތަންމެ އަނިޔާ ކުރިޔަސް. އެހެންވެ ވަކި ހިސާބަކުން އަމާން ދިނީ. ކުދިންގެ ޝައުގުވެރިކަމަކީ އެއީ ކަން ގަބޫލުކޮށް އެކުދިންނަށް ހިއްވަރު ދޭން އަޒުމް ކަނޑައެޅިން. އެހިސާބުން ވިސްނުން ބަދަލުވާން ފެށި،" ކަމަށް ސަންފައްތަ ބުންޏެވެ.

މިހާރު އޭނާގެ ހުރިހާ ދަރިން ވެސް އުޅެނީ މޫދު ކުޅިވަރުގަ އެވެ. ބައެއް ކުދިން ދާއިރާގެ ވަޒީފާ ތަކުގަ އެވެ. ހަގު ކުދިން ހުނަރު ފައްކާކުރުމުގަ އެވެ. މަސްތުވާތަކެއްޗާއި ހުތުރު އުޅުންތަކާއި އެކުދިން ދުރެވެ. ކުރާ ކަންތައްތަކާއި ދެކޭ ހުވަފެންތަކުގައި އެކުދިން އޭނާ ބައިވެރި ކުރެ އެވެ.

މައިންބަފައިންގެ ފަރާތުން ލިބޭ ހިއްވަރަކީ ކުދިންނަށް ވަރަށް ހިތްހަމަޖެހުން ލިބޭ ބާރެއްކަން ސަންފައްތަ މިހާރު ގަބޫލުކުރަން. އެހެންވީމަ މި ބުނީ އެކުދިން ހުއްޓުވަން ކުރިން އެ ކުރެވުނީ ވަރަށް ބޮޑު ކުށެކޭ. ވަރަށް ގިނަ ބެލެނިވެރިންނަށް ކުރެވޭ ކުށެއް އެއީ

ކުދިންގެ މުސްތަގުބަލު ބައްޓަންކުރުމުގައި ތައުލީމުގެ ދައުރު ބޮޑެވެ. އެކަމަކު ފޮތުން ދޭ ތައުލީމަކީ ހަމައެކަނި އެކުދިންގެ ވިސްނުން ފޯރުވަން ޖެހޭ އިން ކަމަށް ކަނޑައެޅުމަކީ އެކުދިންގެ ހުނަރުވެރިކަމާއި ގާބިލުކަން އެތައް ގުނައެއް ދަށަށް ގެނެސްދޭނެ ކަމެކެވެ.

އަހަރެމެންގެ މުޖުތަމައުގައި ކުރިއާ އަޅާ ބަލާއިރު މިހާރު، ހުނަރު ކުރިއަރުވަން ހިތްވަރުދޭ ބެލެނިވެރިން ތިއްބަސް، އަދިވެސް ބޮޑަށް ސިކުނޑި ހުޅުވަން ވީ އެވެ. ކުދިންނަށް ތަފާތުކޮށް އުހަށް އަމާޒުކުރަން ދަސްކޮށްދީ ހުވަފެންތައް ބިނާކުރަން މައިންބަފައިން ހިތްވަރުދޭންވީ އެވެ. އޭރުން އަމިއްލަ ނަފްސާމެދު ހިތްހަމަ ނުޖެހިފައި، އަޒުމާއި ޖޯޝާއި އިތުބާރު ގެއްލި، މަގުން ކައްސައިގެން ދާ ކުދިންގެ އަދަދު އެތައް ގުނައަކަށް މަދު ކުރެވޭނެ އެވެ.

ސަންފައްތަ ރާޅާ އަޅަނީ --
ސަންފައްތަ ރާޅާ އަޅަނީ --

ސަންފައްތަ ރާޅާ އަޅަނީ --

ކުދިންނަށް އެންމެ ރައްކާތެރި، އެންމެ އިތުބާރުކުރެވޭ ޒޯނަށް "މައިންބަފައިންގެ ޒޯން" ހަދާލެވިއްޖެނަމަ އެ ޒޯނުން ނިކުންނަ ކުދިންނަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެ ނޫން ކުދިންނާ އަޅާ ބަލާއިރު ދުޅަހެޔޮ، ވިސްނުންތޫނު ކުދިންނަށް ވެ އެވެ.

"ސަންފައްތަ އަށް އެ ބަދަލު ފެނުނު. ޒަޔާނުމެން ވެސް މިހާރު ވެސް ވަރަށް ބަސް އަހާ. އަހުޒަމް ވެސް ގޯސް ގޮތްގޮތަކަށް ނުދޭ. ކިޔެވުމަށް އެންމެ މޮޅު ނުވިޔަސް، އެކުދިންނަކީ ދިރިއުޅުމަށް ގަދައަޅައި މަސައްކަތްކުރާނެ، އަމިއްލަ ނަފުސަށް އެ އިތުބާރު އޮތް ކުދިން ކަން ސަންފައްްތަ އަށް އެނގޭ،" ފަހުރުވެރިކަމާ އެކު ވަކި ވަކިން ކޮންމެ ކުއްޖެއްގެ ނަން ކިޔާފައި ވާހަކަ ދައްކަމުން ތައާރަފު ދެމުން ސަންފާއްތަ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox