އިޓަލީ އާއި ޕޯޗުގަލް ތެރެއިން ގަތަރު ވޯލްޑް ކަޕްގައި ކުޅެވޭނީ އެއް ޓީމަކަށް

Nov 26, 2021, 7:42 PM
އިޓަލީ އާއި ޕޯޗުގަލް ތެރެއިން ގަތަރު ވޯލްޑް ކަޕްގައި ކުޅެވޭނީ އެއް ޓީމަކަށް

ލަންޑަން (ނޮވެމްބަރު 27) - ގަތަރުގައި އަންނަ އަހަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕްގައި އެންމެ ފަހުން ޔޫރަޕްގެ ޗެމްޕިއަންކަން ހޯދި ދެ ޓީމު ކަމަށްވާ އިޓަލީ އާއި ޕޯޗުގަލްގެ ތެރެއިން ކޮންމެ ވެސް އެއް ޓީމަކަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.

ޕޯޗުގަލް އާއި އިޓަލީ ކޮލިފައިންގައި ވާދަކުރި ގްރޫޕްތަކުން ދިޔައީ ރަނަރަޕަށެެވެ. އެހެންވެ، ވޯލްޑް ކަޕް ޖާގައެއް ހޯދަން ދެ ޓީމު ވެސް ކުޅެން ޖެހިފައި އޮތީ ޕްލޭއޮފް ބުުރުގަ އެވެ.

މިރޭ ބޭއްވި ޔޫރަޕްގެ ޕްލޭއޮފް މެޗުތަކުގެ ގުރުއަތުލުމުގައި އިޓަލީ އާއި ޕޯޗުގަލް ލައްވާލީ އެއް ފަޅިއެއްގަ އެވެ. އިޓަލީ ޕްލޭއޮފް ފުރަތަމަ މެޗުގައި ކުޅޭނީ ނޯތު މެސެޑޯނިއާއާ އެވެ. ޕޯޗުގަލް އިން ފުރަތަމަ މެޗުގައި ތުރުކީއާ ބައްދަލުކުރާނެ އެވެ.

Advertisement

ފުރަތަމަ ޕްލޭއޮފް މެޗުތަކުން މޮޅުވެއްޖެނަމަ ޕޯޗުގަލް އާއި އިޓަލީ ޖެހޭނީ ވޯލްޑް ކަޕްގެ ޖާގަ އަކަށް ގަދަހިފުމަކަށް ދާށެވެ. މި އަހަރުގެ ޔޫރޯ ތަށި އުފުލާލި އިޓަލީ އަށް އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕުން ޖާގަ ނުލިިބުނީ އެ ފަހަރުގެ ޕްލޭއޮފްގައި ސްވިޑެން އަތުން ބަލިވުމުންނެވެ. އަންނަ އަހަރުގެ ވޯލްޑް ކަޕުން އިޓަލީ އަށް ޖާގަ ނުލިބިއްޖެނަމަ އަނެއްކާ ވެސް އެ ގައުމުގެ ފުޓްބޯޅަ އަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނީ އެވެ.

ގަތަރު ވޯލްޑް ކަޕަށް ޔޫރަޕްގެ ޕްލޭއޮފް ރޭވިފައިވާ ގޮތް.

އަނެއްކޮޅުން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ކާމިޔާބު ކެރިއަރުގައި ކުޅެލަން ލިބޭނެ އެންމެ ފަހުގެ ވޯލްޑް ކަޕަކީ އަންނަ އަހަރު ގަތަރުގައި ބާއްވާ މުބާރާތަށް ވުމުގެ ފުރުސަތު ބޮޑެވެ. އެކަމަކު، މިހާރު މި ކުރިމަތިވީ ގޮތުން ގަތަރު ވޯލްޑް ކަޕްގައި ރޮނާލްޑޯ ނުފެނުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ޕޯޗުގަލް ނެތި އެންމެ ފަހުން ވޯލްޑް ކަޕެއް ކުޅުނީ 1998 ވަނަ އަހަރު ފްރާންސްގަ އެވެ. އޭގެ ފަހުން ކޮންމެ ވޯލްޑް ކަޕެއްގައި ޕޯޗުގަލް ވާދަކުރެ އެވެ. ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯ ބުނީ އިޓަލީއާ މެދު ވިސްނަން ޖެހޭނީ ފުރަތަމަ ކުޅެން އޮތް ތުރުކީ މެޗުން މޮޅުވެގެން ކަމަށެވެ.

ޕޯޗުގަލް އާއި އިޓަލީ ޕްލޭއޮފްގެ ފުރަތަމަ މެޗުތަކުން ބަލިވެއްޖެނަމަ އަންނަ އަހަރުގެ ވޯލްޑް ކަޕްގައި ދެ ޓީމުން ކުރެ އެއްވެސް ޓީމެއް ނުފެނުމުގެ ފުރުސަތު ވެސް އެބައޮތެވެ.

އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނީ ފުރަތަމަ ހުރިހާ ސަމާލުކަމެއް ހުރީ ނޯތު މެސެޑޯނިއާ މެޗަށް ކަމަށެވެ. އެ މެޗުން މޮޅުވެގެން ފްރާންސް ނޫނީ ތުރުކީ ތެރެެއިން ކޮންމެ ޓީމަކާ ކުޅެން ޖެހުނަސް ފަސޭހަނުވާނެ ކަމަށް މަންޗިނީ ބުނެފައިވެ އެވެ.

ޕްލޭއޮފްގައި ދެން އޮތް ދެ ފަޅިން ފުރަތަމަ ފަޅީގައި ސްކޮޓްލެންޑާއި ޔޫކްރެއިން ކުޅެގެން މޮޅުވާ ޓީމެއް ވޯލްޑް ކަޕްގެ ޖާގަ ހޯދަން ކުޅެން ޖެހޭނީ އޮސްޓްރިއާ އާއި ވޭލްސް ބައްދަލުކޮށްގެން މޮޅުވާ ޓީމަކާ އެވެ. އަދި ރަޝިއާ އާއި ޕޮލެންޑް ކުޅެގެން މޮޅުވާ ޓީމެއް ވާދަކުރަން ޖެހޭނީ ސްވިޑެން އާއި ޗެކް ރިޕަބްލިކް ކުޅެގެން މޮޅުވާ ޓީމަކާ އެވެ.

އަންނަ އަހަރު ގަތަރުގައި ހޯސްޓްކުރާ ވޯލްޑް ކަޕް އޮތީ އާންމުކޮށް މުބާރާތް ބާއްވާ ތާރީހުގައެއް ނޫނެވެ. އެ މުބާރާތް ޝެޑިއުލްކޮށްފައި އޮތީ ގަތަރުގެ ފިނިހޫނުމިނަށް ބަލާފައި އަހަރު ފަހު ކޮޅަށެވެ. އެ ގޮތުން މުބާރާތް ކުރިއަށްދާނީ އަންނަ އަހަރު 21 ނޮވެމްބަރުން އިން 18 ޑިސެމްބަރަށެވެ.

ގަތަރުގައި އަންނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕުގެ ޖާގަ ހޯދާފައިވަނީ ހޯސްޓްގެ ހައިސިއްޔަތުން ގަތަރުގެ އިތުރުން 12 ގައުމަކުންނެވެ. އެއީ ދެކުނު އެމެރިކާގެ ބްރެޒިލާއި އާޖެންޓީނާގެ އިތުރުން ޔޫރަޕްގެ 10 ގައުމެކެވެ. ޔޫރަޕްގެ ގައުމުތަކަކީ ނެދަލެންޑްސްގެ އިތުރުން ޖަރުމަނާއި ފްރާންސް، ޑެންމާކް، ބެލްޖިއަމް، ސްޕެއިން، ސާބިއާ، ކްރޮއޭޝިއާ، އިންގްލެންޑް އަދި ސްވިޒަލެންޑް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox