އަނިޔާ ކުރާ ވީޑިއޯ އާއްމުވުމުން ރަޝިއާ ޖަލުތަކުގެ ވެރިޔާ ވަކިކޮށްފި

ރަޝިއާގެ ފެޑެރަލް ޕްރިޒަން ސާވިސްގެ ވެރިޔާ އެލެގްޒެންޑާ ކަލަޝްނިކޯވް. -- ފޮޓޯ: ޓަސް

ރަޝިއާގެ ފެޑެރަލް ޕްރިޒަން ސާވިސްގެ ވެރިޔާ އެލެގްޒެންޑާ ކަލަޝްނިކޯވް. -- ފޮޓޯ: ޓަސް

މޮސްކޯ، ރަޝިއާ (ނޮވެމްބަރު 25) - ރަޝިއާގެ ޖަލެއްގެ ތެރޭގައި ލާއިންސާނީ އަނިޔާކޮށް، ރޭޕްކުރާ މަންޒަރު ފެންނަ ވީޑިއޯ އާއްމުވުމާ އެކު ޖަލުތަކުގެ ވެރިޔާ މަގާމުން ވަކިކޮށްފަ އެވެ.

ރައީސް ލެޑިމިއަ ޕުޓިން ނިންމެވީ ފެޑެރަލް ޕްރިޒަން ސާވިސްގެ ޗީފް އެލެގްޒެންޑާ ކަލަޝްނިކޯވް މަގާމުން ވަކިކުރުމަށެވެ. އޭނާ އެ މަގާމުގައި ހުންނެވީ ދެ އަހަރެވެ.

އޭގެ ބަދަލުގައި އެ މަގާމަށް އައްޔަނުކޮށްފައި ވަނީ ފުލުހުންގެ ކާނަލްގެ މަގާމު ފުރުއްވަމުންދާ އަރްކަޑީ ގޮސްޓޭވް އެވެ.

މިދިޔަ މަހު އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕުތަކުން ވަނީ ސަރަޓޯވް ސިޓީގެ ޖަލެއްގެ ތެރޭގައި ހިނގާ ކަންކަން ފެންނަ ގިނަ ވީޑިއޯތައް އާއްމުކޮށްފަ އެވެ.

އެ ވީޑިއޯތައް ޖަލުގެ ތެރެއިން ބޭރަށް ސިއްރުން ނެރުނީ ކުރިން އެ ތަނުގައި ބަންދުކޮށްފައި ހުރި ސާގެއި ސަވެލްޔެވް އެވެ. އޭނާ ވަނީ ރަޝިއާ ދޫކޮށް ގޮސް، ފްރާންސްގެ ރައްކާތެރިކަމަށް އެދިފަ އެވެ.

މި މަހުގެ ކުރީކޮޅު ޕްރިޒަން ސާވިސް އިން ބުނީ އެ ވީޑިއޯތަކުގެ މައްސަލައިގައި ސަރަޓޯވް ސަރަހައްދުގެ 18 ޖަލު އޮފިޝަލުން ވަކިކުރި ކަމަށާއި ތަހުގީގުތައް ފަށާފައިވާ ކަމަށެވެ.

ވީޑިއޯތައް އާއްމުކުރި ސަވެލްޔެވް އަކީ ބެލަރޫސްގެ ރައްޔިތެކެވެ. ރަޝިއާ އިން ހޯދަމުންދާ މީހުންގެ ލިސްޓުގައި މިދިޔަ މަހު އޭނާގެ ނަން ހިމެނުމަށް ފަހު މިހާރު ވަނީ އުނިކޮށްފަ އެވެ.

ޖަލުގެ ގައިދީއެއްގެ ގޮތުގައި އުޅުނު އިރު، ސަވެލްޔޭވް ދިޔައީ އައިޓީ މެއިންޓެނަންސް އޮފިސަރެއްގެ ވަޒީފާ އަދާކުރަމުންނެވެ. އެހެންވެ، އެ ޖަލާއި އެހެން ޖަލުތަކުގެ އިންޓާނަލް ސާވާ އަށް އެކްސެސް އޮވެ އެވެ.

ޖަލުން ބޭރަށް ސިއްރުން ނެރުނު ވީޑިއޯތަކަކީ ސީސީޓީވީ ފުޓޭޖެވެ. އެ ވީޑިއޯތައް ޝާއިއުކުރީ ގޫލާގު ޑޮޓް ނެޓް އެންޖީއޯ އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox