ނަޖާހުގެ ފަހު ބަހަކަށް ވެސްވީ ޝީރީން މަރުވީ ކިހިނެއް ކަމެއް ނޭނގޭ ކަމަށް

ނަޖާހު އާއި ޝީރީން: ޝީރީން މަރުވީ ކިހިނެއް ކަމެއް ނޭނގޭ ކަމަށް ބުނި

ނަޖާހު އާއި ޝީރީން: ޝީރީން މަރުވީ ކިހިނެއް ކަމެއް ނޭނގޭ ކަމަށް ބުނި

މަރިޔަމް ޝީރީން މަރުވީ ކިހިނެއް ވެގެން ކަމެއް ނޭނގޭ ކަމަށް އެ މަރާ ގުޅިގެން ދައުވާ އުފުލާފައިވާ މުހައްމަދު ނަޖާހު, ސުޕްރީމް ކޯޓުގައި ފަހު ބަޔާން އިއްވަމުން ވެސް ބުނެފި އެވެ.

ހަދަމުންދިޔަ އިމާރާތެއްގެ ތެރޭ ޝީރީން މަރުވެފައި އޮތްވައި, ފެނުނު މައްސަލާގައި އޭނާއާއެކު އެއް ކޮޓަރިއެއްގައި ދިރިއުޅެމުންދިޔަ ނަޖާހު ހައްޔަރުކޮށް, ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލި އެވެ. ނަމަވެސް ކުރިމިނަލް ކޯޓުގައި އޭނާގެ މައްޗަށް ކުށް ސާބިތެއް ނުވި އެވެ.

ދައުލަތުގެ ފަރާތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރުމުން އެ ކޯޓުން ވެސް ނިންމީ ޝީރީން ގަސްދުގައި މަރާލި ކަމުގެ ދައުވާ ނަޖާހުގެ މައްޗަށް ސާބިތު ކުރެވޭ މިންވަރަށް ހެކި ނެތް ކަމަށެވެ. ނަމަވެސް, ޝީރީން މަރުވެފައިވަނީ ނަޖާހުގެ އަމަލުތަކަކުންކަން ސާބިތުވާ މިންވަރަށް ހެކި ލިބިފައިވާ ކަމާއި އެހެންވެ, ގަސްދު މަރު ސާބިތު ނުވި ނަމަވެސް ގަސްދަކާ ނުލާ މީހަކު މަރާލުމުގެ ކުށް ނަޖާހުގެ މައްޗަށް ސާބިތުވާ ކަމަށް ހައިކޯޓުން ކަނޑައެޅި އެވެ.

މައްސަލާގެ ތައުރީޒީ އަދަބެއްގެ ގޮތުން ނަޖާހުގެ މައްޗަށް އިއްވީ 12 އަހަރުގެ ޖަލު ހުކުމެކެވެ. އަދި, ޝީރީންގެ ވާރިސުންގެ ބަސް ހޯދިފައިނުވާތީ, ވާރިސުން ދިޔަ ބޭނުންވާނަމަ އެ މައްސަލަ ވަކިން ހުށަހަޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށް އެ ހުކުމްގައި ކަނޑައަޅައި ނަޖާހު ތައުބާވެ ކައްފާރާގެ ގޮތުގައި ރޯދަ ހިފަން އަމުރުކޮށްފައިވެ އެވެ.

ހުކުމާމެދު ހިތްހަމަނުޖެހޭތީ ނަޖާހުގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އެ ކޯޓުގައި ފަސް ފަނޑިޔާރުންގެ ބެންޗަކުން ބައްލަވާ ޝަރީއަތުގެ ދިގު އަޑުއެހުންތަކަކަށްފަހު މިއަދު ބޭއްވީ ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުމެވެ.

އަޑުއެހުމުގައި ފަހު ބަޔާން އިއްވުމުގެ ފުރުސަތު ނަޖާހުއަށް ދިނެވެ. އެ ފުރުސަތުގައި ނަޖާހު ބުނީ ޝީރީން މަރުވީ ކިހިނެއް ވެގެން ކަމެއް އޭނާއަށް ނޭނގޭ ކަމަށެވެ. ޝީރީންއާ އެއް ކޮޓަރިއެއްގައި އޭނާ ދިރިއުޅުމަކީ އެ ތުހުމަތު އޭނާގެ މައްޗަށް ކުރަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި, އޭނާ ތަހުގީގުގައި ހަނު ހުރީ ފުލުހުން ވަކި ގޮތަކަށް ބަޔާން ދޭން މަޖުބޫރު ކުރަމުންދާތީ ކަމަށް ވެސް ބުންޏެވެ.

އޭގެ އިތުރަށް މިއަދުގެ އަޑުއެހުމުގައި ނަޖާހު އިތުރު ވާހަކައެއް ނުދައްކަ އެވެ.

އޭނާ މީގެކުރިން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ ޝީރީން މަރުވި ރޭ އޭނާއާއެކު ކޮޓަރީގައި ނިދާފައި އޮތުމަށްފަހު ހޭލެވުނުއިރު ޝީރީން ނެތް ކަމަށެވެ. އޭގެ ފަހުން ޝީރީންގެ ހަބަރެއް ނުވާ ކަމަށާއި އޭނާ ގެއްލިގެން ފުލުހަށް ރިޕޯޓްކުރީ ވެސް އަމިއްލައަށް ކަމަށް ނަޖާހު ބުނެފައިވެ އެވެ.

ނަމަވެސް, ޝީރީން ގެއްލުނު ފަހުން ކޮޓަރި ތެރޭން ބަރު ފޮއްޓެއް ހިފައިގެން ނަޖާހު ނުކުތް ތަން ފެންނަ މީހުން ހެކި ބަސް ދީފައިވެ އެވެ. އެ ފޮށި ހިފައިގެން ޝީރީންގެ ހަށިގަނޑު ފެނުނު އިމާރާތް ކައިރިން ވެސް ބައެއް މީހުންނަށް ފެނިފައިވެ އެވެ. ފޮށިން ޝީރީންގެ ޑީއެންއޭ ފެނިފައިވީ ނަމަވެސް, ޝީރީން މަރާލި މަންޒަރު ފެނުނު އެއްވެސް މީހެއް ނެތެވެ. ޝީރީންގެ ޕޯސްޓްމޯޓަމް ވެސް ހަދާފައި ނެތެވެ.

ދައުލަތުން ތުހުމަތު ކުރަނީ ކޮޓަރި ތެރޭ ދެމީހުންގެ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ޝީރީންއަށް ނަޖާހު ހަމަލާދީ މަރާލީ ކަމަށެވެ. އަދި އެއަށްފަހު ފޮއްޓަކަށް ލައިގެން ގެންގޮސް ހަދަމުންދިޔަ އިމާރާތެއްގެ ތެރެއަށް އެއްލާލީ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގެ ތެރެއިން --
މިއަދުގެ އަޑުއެހުމުގެ ތެރެއިން --

މިއަދުގެ އަޑުއެހުމުގެ ތެރެއިން --

ނަޖާހުގެ ވަކީލް އަހުމަދު ޝިފާއު ހުލާސާ ބަޔާން އިއްވަމުން ވިދާޅުވީ ޝީރީން މަރުވެފައިވަނީ ކިހިނެއް، ކޮން އަނިޔާތަކެއް ލިބިގެންކަން ސާފު ނުވާ ކަމަށެވެ. އެހެންވެ, ޝީރީން މަރުވީ ނަޖާހުގެ ސަބަބުން ކަމަކަށް ކަނޑަނޭޅޭނެ ކަމަށެވެ.

އޭގެއިތުރުން ޝިފާއު ވިދާޅުވީ ހައިކޯޓުގެ ހުކުމަކީ ނަޖާހުއަށް "ސަޕްރައިޒެއް" ކަމަށެވެ. އެއީ ގަސްދަކާ ނުލާ މީހަކު މަރާލުމުގެ ދައުވާއަށް ދައުވާ ބަދަލުކޮށް ކުއްލިއަކަށް ހުކުމެއް އިއްވީ އެކަމަށް ޖަވާބުދާރީވާން ކޯޓުގައި ފުރުސަތު ނުލިބި ކަމަށެވެ. ގަސްދު މަރާ ގުޅޭ ގޮތުން ޝަރީއަތް ހިންގައި, އެ ކުށް ސާބިތު ކުރުމަށް ހެކި ވަޒަން ކުރުމަށްފަހު, ދައުވާ ބަދަލުކޮށް އެހެން ކުށަކަށް އަދަބު ދެވިގެން ނުވާނެ ކަމަށް ޝިފާއު ވިދާޅުވި އެވެ.

ޝިފާއު ވިދާޅުވީ ހައިކޯޓުން އެގޮތަށް އަމަލު ކުރުމުން ނަޖާހުއަށް ވަނީ ހައްގުތަކެއް ގެއްލިފަ އެވެ. އެގޮތުން ހައިކޯޓުގައި ދައުވާ ބަދަލުކޮށް އާ ދައުވާއެއްގެ މައްޗަށް ހުކުމް އިއްވުމުން އިސްތިއުނާފުގެ އެއް މަރުހަލާ ގެއްލިފައިވާ ކަމަށެވެ.

ނަމަވެސް, ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުގެ ވަކީލް އަހުމަދު ތައުފީގު ވިދާޅުވީ ހައިކޯޓުގައި ދައުވާގެ ސިފަ ބަދަލުކޮށްފައިވަނީ ރަނގަޅަށް ކަމަށެވެ. ގަސްދު މަރުގެ ކުށް ސާބިތު ނުކުރެވޭ ހާލަތުގައި ގަސްދަކާ ނުލައި މަރާލުމުގެ ކުށް, އެވަރަށް ހެކި ލިބިފައިވާނަމަ ސާބިތު ކުރެވިދާނެ ކަމާއި އެއީ އަމަލު ކުރަމުންދާ ގޮތް ކަމަށް ތައުފީގު ވިދާޅުވި އެވެ.

ޝީރީން މަރާލި ގަސްދުގައިކަން ސާބިތު ނުވީ ނަމަވެސް, އޭނާ މަރުވީ ނަޖާހުގެ ފަރާތުން ލިބުނު އަނިޔާތަކެއްގެ ސަބަބުންކަން ސާބިތު ކުރެވޭ މިންވަރަށް ކާފީ ހެކި މައްސަލާގައި ލިބިފައިވާކަން ތައުފީގު ފާހަގަ ކުރެއްވި އެވެ. އެހެންކަމުން އެ ކުށުގެ އަދަބެއްގެ ގޮތުން ނަޖާހުގެ މައްޗަށް ތައުރީޒީ އަދަބެއް އިއްވާފައިވަނީ ރަނގަޅަށް ކަމަށް ތައުފީގު ވިދާޅުވި އެވެ.

މައްސަލާގެ އަޑުއެހުން މިއަދު ނިންމާލައްވަމުން މައްސަލާގެ ރިޔާސަތު އިންނަވާ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ މައްސަލަ ދިރާސާ ކުރެއްވުމަށްފަހު ހުކުމް އިއްވުމުގެ އަޑުއެހުން ތާވަލު ކުރައްވާނެ ކަމަށެވެ. މި މައްސަލާގެ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ސުޖޫން އާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު މަހާޒު އަލީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox