ފިލިޕީންސް "ޑްރަގް ހަނގުރާމައިގެ" ތަހުގީގު އައިސީސީން މަޑުޖައްސާލައިފި

ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ. -- ފޮޓޯ: އޭއެފްޕީ

ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ. -- ފޮޓޯ: އޭއެފްޕީ

ދަ ހޭގް، ނެދަލޭންޑްސް (ނޮވެމްބަރު 20) - ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރައްވާ ހަނގުރާމައިގައި ޖަރީމާ ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް ބެލުމަށް ފެށި ތަހުގީގު މަޑުޖައްސާލަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ނިންމައިފި އެވެ.

ޑްރަގާ ދެކޮޅަށް ފިލިޕީންސްގައި ކުރާ މަސައްކަތާ ހެދި އެތައް ހާސް ބަޔަކު މަރުވެފައި ވާއިރު، އާއްމުންނާ ދެކޮޅަށް ރާވައިގެން ގާނޫނާ ހިލާފު އަމަލު ހިންގުމުގެ ސިފަތަކެއް އެ ކެމްޕެއިނުން ފާހަގަވާ ކަމަށް ބުނެ އައިސީސީން މައްސަލަ ބަލަން ފެށީ ސެޕްޓެމްބަރު މަހު އެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ޑުޓާޓޭ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވީ ޑްރަގާ ދެކޮޅު ކެމްޕެއިނުގެ ވައުދާ އެކު އެވެ. ފުލުހުންގެ ފުރާނަ އަށް ނުރައްކާ އޮތް ނަމަ މަސްތުވާތަކެއްޗާ ގުޅުން ހުރި ކަމަށް ބެލެވޭ މީހުން މެރުމަށް ޑުޓާޓޭ އާއްމުކޮށް އަމުރު ކުރި އެވެ.

ފިލިޕީންސް އިން އެންމެ ފަހުން އާއްމުކުރި ރަސްމީ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖުލައި 2016 ގައި ފެށި އެ ކެމްޕެއިނުގައި ހިންގި 200،000 އަށް ވުރެ ގިނަ އޮޕަރޭޝަނުގައި 6،181 މީހުން މަރުވެފައިވެ އެވެ. އައިސީސީން ބަލަމުންދާ ލިޔުންތަކުގައިވާ ގޮތުން މަރުވި މީހުންގެ އަދަދު އުޅެނީ 12،000 އާއި 30،000 އާ ދެމެދުގަ އެވެ.

އައިސީސީގެ ތަހުގީގު މަޑުޖައްސާލަން އެދި ފިލިޕީންސްގެ ފަރާތުން ހުށަހެޅުއްވީ ސަފީރު އެޑުއާޑޯ މަލަޔާ އެވެ. ތަހުގީގު މަޑުޖައްސާލުމަށް ފަހު އައިސީސީން ބުނީ އިތުރު މައުލޫމާތު ފިލިޕީންސް އިން ސާފުކުރާނެ ކަމަށެވެ.

މީގެ ކުރިން 2019 ވަނަ އަހަރު ވެސް އައިސީސީން މި މައްސަލައިގެ ތަހުގީގެއް ފެށި އެވެ. އެއާއެކު ޑުޓާޓޭ ވަނީ ފިލިޕީންސް އައިސީސީން ވަކިކުރައްވާފަ އެވެ. ނަމަވެސް އައިސީސީން ބުނީ އެ ތަނުގެ މެމްބަރެއްގެ ގޮތުގައި ފިލިޕީންސް އޮތް އިރު ހިންގި ޖަރީމާތައް ބެލޭނެ ކަމަށެވެ.

ގިނަ ދުވަސްތަކެއް ވަންދެން ޑުޓާޓޭ ވިދާޅުވީ އައިސީސީން ފިލިޕީންސް ވަކިވެފައި ވާތީ މައްސަލަ ނުބެލޭނެ ކަމަށެވެ. ނަމަވެސް އެންމެ ފަހުން މިދިޔަ އޮކްޓޯބަރު މަހު ވިދާޅުވީ އައިސީސީ އަށް ހުށަހަޅަން ދިފާއު ތައްޔާރު ކުރައްވާނެ ކަމަށެވެ.

ސަފީރު މަލަޔާ އައިސީސީ އަށް ފޮނުއްވި ސިޓީގައި ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅު ހަނގުރާމައިގައި ހިންގާފައިވާ ކަމަށް ބެލެވޭ ކުށްތައް ތަހުގީގު ކުރުމަށް ފިލިޕީންސް ސަރުކާރުން ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހިޔުމަން ރައިޓްސް ވޮޗް އިން އެ ވާހަކަ ދޮގުކުރުމަށް ފަހު ބުނީ، މަރުވެފައިވާ މީހުންނާ ގުޅޭ ކަންކަން ބަލާ ކަމަށް ދައްކަން އުޅެނީ އައިސީސީގެ ތަހުގީގު ހުއްޓުވުމުގެ ބޭނުމުގައި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox