ޔާމީންގެ މަރު: ދައުލަތުން ތުހުމަތުކުރާ ގޮތުގައި ސިއްރު ހެކި ލީކުކޮށްލި ދިފާއުން

ޔާމީންގެ މަރު: ދައުލަތުން ތުހުމަތުކުރާ ގޮތުގައި ސިއްރު ހެކި ލީކުކޮށްލި ދިފާއުން

އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ބްލޮގަރު ޔާމީން ޔާމީން ރަޝީދުގެ ގާތިލުންގެ ގޮތުގައި ތުހުމަތު ކުރާ މީހުންނާ ދެކޮޅަށް ހެކި ބަސް ދިން ސިއްރު ހެކިވެރިއެއްގެ މައުލޫމާތު ސޯޝަލް މީޑިއާ އަށް ދޫކޮށްލީ ދައުވާ ލިބޭ ފަރާތުން ކަމަށް ދައުލަތުން ތުހުމަތުކޮށްފި އެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ހިމެނޭ ދެ ހެކިވެރިއެއްގެ މައުލޫމާތު ލީކުވެފައިވާކަމަށް ބުނެ މީގެ ދުވަސްކޮޅެއް ކުރިން ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓްތަކެއް ދައުރުވެފަ އެވެ. އެއީ ސިއްރު ހެކިވެރިޔާ އާއި ދިފާއީ ވަކީލު ވެސް ސޮއިކޮށްފައިވާ ލިޔުންތަކެއް ކަމަށް މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވިދާޅުވި އެވެ. އެ ލިޔުން ކޯޓުން ދޫކޮށްފައި ވަނީ ދައުވާ ރައްދުވާ ހަތަރު މީހެއް ތަމްސީލުކުރާ ތިން ވަކީލުންނަށް ކަމަށް ދައުލަތުން ފާހަގަކުރި އެވެ.

އެއީ އިސްމާއިލް ހައިޝަމް ރަޝީދާއި އަހުމަދު ޒިހާން އިސްމާއިލް އާއި ހަސަން ޝިފާޒް، ތަމްސީލު ކުރައްވާ ވަކީލް އަހްމަދު ޔާމީން އަށާއި އިސްމާއިލް ރަޝީދުގެ ދެ ވަކީލުން ކަމަށްވާ ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދާއި އަހްމަދު ޝަފީގު އެވެ.

ދައުލަތުން ބުނި ގޮތުގައި މި މީހުން ނޫން އިތުރު ބަޔަކަށް ކޯޓުން އެ ލިޔުމެއް ދޫކޮށްފައި ނުވާނެ އެވެ. އެކަން ކްރިމިނަލް ކޯޓުގެ އިދާރާއިން ސާފުކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ކަމުން ސިއްރު ހެކިވެރިންގެ މައުލޫމާތު ސޯޝަލް މީޑިއާ އަށް ލީކްކޮށްލި ކަމުގެ ތުހުމަތު ކުރެވެނީ އެ ތިން ވަކީލުންނަށް ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

މީގެ އިތުރުން ސިއްރު ހެކިވެރިންގެ ހެކިބަސް ލީކުވުމާއި އެކު އެމީހުންނަށް އެކިހަލަ އިންޒާރު އަންނަމުން ދާ ކަމަށާއި، ހެއްކަށް ނުފޫޒު ފޯރުވަމުން ދާކަން ދައުލަތުން ފާހަގަކުރި އެވެ. އަދި އެކަން ފުލުހުންގެ ސަމާލުކަމަށް އެ ފަރާތްތަކުން ގެނެސްފައިވާ ކަމަށާއި، ފުލުހުންގެ ފަރާތުން ޕީޖީއަށް އޮފީހަށް ފޮނުވި ލިޔުމެއް ދައުލަތުން މިއަދުގެ އަޑުއެހުމުގެ ކުރިން ޝަރީއަތާއި ހިއްސާކޮށްފައި ވާނެ ކަމަށް ޕްރޮސެކިއުޓަރު ވިދާޅުވި އެވެ.

މި ތުހުމަތާ ގުޅިގެން ވަކީލް ޔާމީން ވިދާޅުވީ ކޯޓުން އޭނާއަށް ލިޔުންތަކެއް ދޫކޮށްފައިވާ ކަމަށާއި، އެ ލިޔުންތައް ދޫކޮށްފައި ވަނީ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހުގައި ކަމަށެވެ. އަދި ލިބެން ނުޖެހޭ އެއްވެސް ލިޔެކިޔުމެއް ލިބިފައި ނުވާކަން ފާހަގަކޮށް އޭނާ ވަނީ ސިއްރު ހެކިވެރިންގެ ހެކިބަސް ހިމެނޭ ލިޔުންތައް ހުންނާނީ އޭނާގެ އޮފީހުގައި ކަމަށް ވިދާޅުވެފަ އެވެ. އަދި އިތުރު ފަރާތަކަށް އެ ލިޔުންތައް އޭނާގެ ފަރާތުން ލިބިފައި ނުވާނެ ކަމަށް ބުނެ، ދައުލަތުން ކުރި ތުހުމަތަށް އޭނާ އިންކާރު ކުރެއްވި އެވެ.

ވަކީލް ޔާމީން ވިދާޅުވީ، އެއްވެސް އަސާސެއްގެ މައްޗަށް ބިނާނުކޮށް ދައުލަތުން ދިފާއީ ވަކީލުންގެ މައްޗަށް ބޮޑެތި ތުހުމަތުތައް ކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދައުވާ ރައްދުވާ ފަރާތްތަކުގެ ކަރާމާތަށްވެސް އުނިކަން އަންނާނެ ކަމަށް ވިދާޅުވި އެވެ. އޭނާ ވަނީ ހެއްކަށް ނުފޫޒު ފޯރުވުމަށް ދައުލަތުންވެސް އެފަދަ ކަމެއް ކޮށްފާނެ ކަމުގައި ބެލެވޭ ކަމަށް ތުހުމަތުކޮށްފަ އެވެ.

ދައުލަތުގެ ތުހުމަތު ރައްދުވާ ވަކީލް މައުމޫން ވަނީ އެ މައުލޫމާތު ލީކްކޮށްލި ވަކީލުގެ ނަން ޝަރީއަތުގެ މަޖިލީހުގައި ހާމަކުރުމަށް އެދިފަ އެވެ. އަދި އެފަދަ ތުހުމަތުތައް ވަކި ބޭފުޅަކަށް އަމާޒުނުކޮށް ކުރުމަކީ "ވަކީލުކަމުގެ ޕްރޮފެޝަނިޒަމް ގެއްލޭ" ކަމެއް ކަމަށް ވިދާޅުވި އެވެ.

މައުމޫން ވަނީ މިފަދަ ތުހުމަތެއް ދައުލަތުން ކުރުމުން އެ މައްސަލަ އިތުރަށް ބަލާދިނުމަށް ގާޒީގެ އަރިހުގައި އެދިވަޑައިގެންފަ އެވެ. އަދި އެ ތުހުމަތު ދައުލަތަށް ސާބިތު ނުކޮށްދެވިއްޖެ ނަމަ ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ކަނޑައަޅާ، ދައުލަތުގެ ވަކީލަށް ފިޔަވަޅު އެޅުމަށް ވެސް ގޮވާލެއްވި އެވެ.

މިއަދު ކުރިއަށް ދިޔަ ޝަރީއަތުގެ އަޑުއެހުމުގައި އޮތީ ހުލާސާ ބަޔާން އިއްވުމެވެ. ދައުލަތުންނާއި ދައުވާ ރައްދުވާ ފަރާތްތަކުން ހުލާސާ ބަޔާން އިއްވާ ނިމުމުން މި މައްސަލަ ބައްލަވާ ގާޒީ، އަލީ އާދަމް ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ހުކުމް ކުރުން ކަމަށެވެ. ގާޒީ ވިދާޅުވީ މިއަދުން ފެށިގެން 30 ދުވަސްތެރޭގައި ހުކުމް ކުރައްވަން އަޑުއެހުމެއް ތާވަލް ކުރައްވާނެ ކަމަށެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox