ސްވިޑެންގެ އިސާކަށް ލިވަޕޫލުން ފާރަލަނީ: ރިޕޯޓް

Nov 18, 2021, 3:15 AM
ސްވިޑެންގެ އިސާކަށް ލިވަޕޫލުން ފާރަލަނީ: ރިޕޯޓް

މެޑްރިޑް (ނޮވެމްބަރު 18) - ސްޕެއިނުގެ ރެއާލް ސޮސިއެޑާޑަށް ކުޅެމުން އަންނަ ސްވިޑެންގެ ފޯވާޑް އަލެކްސަންޑަ އިސާކަށް ކުރިއަށް އޮތް ޖެނުއަރީ މަހު ލިވަޕޫލުން ބިޑްކޮށްފާނެ ކަމަށް ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.

އުމުރުން 22 އަހަރުގެ އިސާކް ވަނީ މި އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްވިޑެން ޓީމަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. މިދިޔަ ސީޒަނުގައި ސްޕެނިޝް ލީގުގައި 17 ގޯލު ޖެހި އިސާކް، ވަނީ މި ސީޒަނުގައި މިހާތަނަށް ސްޕެނިޝް ލީގުގެ ރޭހުގެ ކުރީގައި ސޮސިއެޑާޑް ބޭއްވުމުގައި އިސް ރޯލެއް އަދާކޮށްފަ އެވެ.

މި ސީޒަނުގެ މިހާތަނަށް އިސާކް ވަނީ ހުރިހާ މުބާރާތެއްގައި ކުޅުނު 13 މެޗުން ފަސް ގޯލު ޖަހައިފަ އެވެ.

އިސާކް ގަންނަން އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުން ވަނީ މީގެ ކުރިން މަސައްކަތް ކޮށްފަ އެެވެ. ދާދި ފަހުން އިންޑިޕެންޑެންޓްް ނޫހަށް ދިން އިންޓަވިއުއެއްގައި އިސާކް ބުނީ މުޅި ދުނިޔެ އަށް ބެލިޔަސް ކްލަބް ފުޓްބޯޅައިގެ ވަރުގަދަ ނަންތައް ނިސްބަތްވަނީ އިނގިރޭސި ޕްރިމިއާ ލީގަށް ކަމަށާއި އެ ލީގުގެ ޓީމަކަށް މުސްތަގުބަލުގައި ކުޅުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ލިވަޕޫލުން އިސާކް ގަންނަން ޝައުގުވެރިވާ އެންމެ ބޮޑު ސަބަބަކީ އެ ޓީމުގެ މުހިއްމު ދެ ފޯވާޑުން މަހެއްހާ ދުވަހަށް ގައުމީ ޓީމަށް ދާނެތީ އެވެ. ޖެނުއަރީ މަސް ތެރޭ ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހާއި ސަޑިއޯ މާނޭ އެފްރިކަން ކަޕް އޮފް ނޭޝަންސް ކުޅެންދާނެ އެވެ.

ސަލާހާއި މާނޭ ނެތްތަނަށް އެ ދުވަސްވަރަކަށް މޮޅު ފޯވާޑެއް ހޯދަން ޖެހޭ ސަބަބަކީ މި ސީޒަނުގައި ލިވަޕޫލްގެ ބްރެޒިލް ފޯވާޑް ރޮބާޓޯ ފިރްމީނޯ އަށް އަނިޔާ އާއި ފިޓްނަސްގެ މައްސަލަ ކުރިމަތިވަމުން އަންނާތީ އެވެ. މި ތިން ކުޅުންތެރިންގެ މަގާމުގައި ބޭނުންކުރަން ލިވަޕޫލްގެ ސްކޮޑުގައި ތިބީ ޑިއޯގޯ ޖޮޓާ، ޓަކޫމީ މިނަމީނޯ އަދި ޑިވޮކް އޮރީގީ އެވެ. މި ކުޅުންތެރިންގެ ތެރެއިން އޮރީގީ އަށް ވެސް ފިޓްނަސް މައްސަލަ ކުރިމަތިވެ އެވެ.

މި ހުރިހާ ސަބަބަކާ ހުރެ ލިވަޕޫލުން ޖެނުއަރީ މަހު އިސާކަށް ބިޑް ކުރުމުގެ ފުރުސަތު އެބައޮތެވެ. އިސާކް ގަންނަން ލިވަޕޫލުން 42 މިލިއަން ޑޮލަރު ހަރަދުކުރަން ޖެހޭނެ އެވެ.

މީގެ ދެ އަހަރު ކުރިން 2019 ވަަނަ އަހަރު ޖޫން މަހު ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް ސޮސިއެޑާޑަށް ބަދަލުވެ، އިސާކް އެ ޓީމާ އެކު ސޮއިކުރީ ފަސް އަހަރުގެ އެއްބަސްވުމެއްގަ އެވެ. އެ ފަހަރު ޑޯޓްމަންޑް ދޫކޮށްލިއިރު، އެ ކްލަބުން ވަނީ އަލުން ބޭނުންނަމަ 30 މިލިއަން ޔޫރޯ ދީފައި އިސާކް ގެނެވޭ ގޮތަށް މާއްދާއެއް (ބައިބެކް ކްލޯސް) އެއް ހިމަނައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން މިދިޔަ ސީޒަނުގެ ނިޔަލަށް އެ މާއްދާގެ މުއްދަތު ވަނީ ހަމަވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox