އިދިކޮޅުގެ ތުހުމަތު: އޯވާޑްރާފްޓް އިތުރުކުރަން އެދުނީ 7.7 ބިލިއަން ޗާޕްކުރަން

އިދިކޮޅުގެ ތުހުމަތު: އޯވާޑްރާފްޓް އިތުރުކުރަން އެދުނީ 7.7 ބިލިއަން ޗާޕްކުރަން

ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި ސަރުކާރުން، މަރުކަޒީ ބޭންކް އެމްއެމްއޭ އިން ދަރަނި ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ދީފައިވާ ހުއްދަ އަނެއްކާ ވެސް އިތުރުކުރަން ހުށަހެޅީ ހީލަތްތެރި ރޭވުމެއްގެ ދަށުން 7.7 ބިލިއަން ރުފިޔާ ޗާޕްކުރުމަށް ކަމަށް އިދިކޮޅުން ތުހުމަތުކޮށްފި އެވެ.

އެ ހުއްދަ ތިން ވަނަ އަހަރަށް އިތުރުކޮށް ދިނުމަށް އެދި، ފިނޭންސް މިނިސްޓަރު ސޮއިކުރައްވައި މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ބުނެފައި ވަނީ އޯޑީގެ ސަބަބުން ދައުލަތުގެ ހަރަދުތައް ހަމަޖައްސައި ހިދުމަތްތަކަށް ބުރޫ ނާރާ ދައުލަތް ހިންގުމުގެ ފުރުސަތު ލިބުނު ކަމަށެވެ. ނަމަވެސް، އިގްތިސާދީ ގޮންޖެހުންތައް އަދިވެސް ދެމި އޮތުމުން ކުރު މުއްދަތެއްގައި ޕަބްލިކް ބޭންކް އެކައުންޓް އޯވާޑްރޯ ކުރި އަދަދު ދެއްކުމަކީ ކޭޝްޕްލޯ މެނޭޖުކޮށް، ބަޖެޓު ތަންފީޒު ކުރުމަށް ދަތިތައް ކުރިމަތިވެދާނެ ކަމެއްގެ އިތުރުން ފައިނޭންސް ހޯދަން ވެސް އެކަމުން ދަތިތަކެއް ކުރިމަތިވާނެ ކަމަށް ބުނެފައިވެ އެވެ.

އެހެންކަމުން، އެ އިސްތިސްނާގެ މުއްދަތު 2023 ވަނަ އަހަރު އޭޕްރީލް މަހާ ހަމައަށް އިތުރުކޮށް ދިނުމަށް އެ ސިޓީގައި އެދިފައިވެ އެވެ.

މިކަމާއި ގުޅިގެން ޕީޕީއެމް-ޕީއެންސީ ހިމެނޭ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ސަރުކާރަށް ބޮޑެތި ތުހުމަރުތަކެއް ކޮށްފަ އެވެ. އެ ކޯލިޝަނުން ތުހުމަތު ކުރާ ގޮތުގައި ސަރުކާރުގެ ވިސްނުން ހުރީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލުކުރުން 2023 ވަނަ އަހަރާއި ހަމައަށް ލަސްކުރުމަށްފަހު، 7.7 ބިލިއަން ރުފިޔާ ޗާޕްކުރުމަށެވެ.

މި ތުހުމަތުކޮށް އިދިކޮޅުން ވަނީ އެފަދަ ކަމެއް ނުކުރުމަށް ސަރުކާރަށް ގޮވާލައިފަ އެވެ.

"މިކަމަކީ މިކޯލިޝަނުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަކަށްވާތީ މިގޮތަށް ގައުމުގެ އިގްތިސާދަށް ގެއްލުންދެނިވި ގޮތަކަށް އަދި ރައްޔިތުންނަށް އެކަމުގެ އެއްވެސް މަންފާއެއް ނެތް ގޮތަކަށް މިހާ ގިނަ އަދަދެއްގެ ފައިސާ ޗާޕުނުކުރުމަށް މިކޯލިޝަނުން ސަރުކާރަށް ގޮވާލަމެވެ،" އިދިކޮޅުން ނެރުނު ބަޔާނުގައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެ ހުއްދައިގެ ދަށުން މިހާތަނަށް 2.8 ބިލިއަން ރުފިޔާ އޯވާޑްރޯކޮށްފައިވާއިރު، އެ އަދަދު މި އަހަރު ނިމޭއިރު ހަތަރު ބިލިއަން ރުފިޔާއަށް އަރާނެކަމަށް ވަނީ ލަފާކޮށްފަ އެވެ. މިކަންވެސް އިދިކޮޅުގެ ބަޔާނުގައި ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އިދިކޮޅުން ބުނަނީ މިހާ ސަރުކާރުން ޗާފްކުރި ފައިސާ ހޭދަކުރި ގޮތުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނެތް ކަމަށެވެ.

އިދިކޮޅުން ގަބޫލުކުރާ ގޮތުގައި އިސްތިސްނާގެ މުއްދަތު ދިގު ދަންމާލުމަށް ފަހު، އިތުރު ފައިސާތަކެއް ސަރުކާރުން ޗާޕްކޮށްފި ނަމަ، ތަކެތީގެ އަގު އަނެއްކާވެސް މައްޗަށް އުފުލި، ޑޮލަރުގެ އަގު ބޮޑުވެގެން ދާނެ އެވެ. އަދި ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓު މިހާރު ހުރި ވަރަށް ވުރެ ވެސް މައްޗަށް ދިއުމުގެ ފުރުސަތު ބޮޑުކަމަށާއި އަދި އޭގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް އަސަރު ކުރާނެ ކަމަށް ވެސް އެ އިދިކޮޅުން ބުނެ އެވެ.

މީގެ އިތުރުން ބަޖެޓް މެނޭޖް ކުރުމަށްޓަކައި އިދިކޮޅުން ލަފާދެނީ ދައުލަތުގެ ރިކަރަންޓް ހަރަދު ކުޑަކޮށް މަޖިލީހުގެ މެންބަރުންނާ ސަރުކާރުގެ ސިޔާސީ އިސް މަގާމުތަކުގައި ތިބި މީހުންގެ މުސާރަ ކުޑަ ކުރުމަށެވެ. އަދި ސިޔާސީ މަގާމްތައް މަދުކުރުމަށާއި ދައުލަތުގެ އިސްރާފު ކުޑަކުރުމަށް ވެސް އެ ކޯލިޝަނުން ގޮވާލަ އެވެ.

އޯވާޑްރޯ ކޮށްފައިވާ އަދަދު އަނބުރާ ނުދެއްކޭނެތީ، މިނިސްޓްރީން ހުށަހަޅާފައިވަނީ އެ ހަތަރު ބިލިއަން ރުފިޔާ އެމްއެމްއޭއިން ދޫކުރާ އެމޯޓައިޒޭޝަން ބޮންޑަކަށް ބަދަލުކުރުމަށެވެ. އެގޮތުން، 50 އަހަރަށް ދޫކުރެވޭ ބޮންޑުގެ ކޫޕަން ރޭޓަކަށް މިނިސްޓްރީން ހުށަހަޅާފައިވަނީ 2.5 ޕަސަންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox