ލިވަޕޫލް ހަމަލާއަށް ފަހު އިނގިރޭސި ވިލާތުގެ ޓެރަރިޒަމް އެލާޓް މަތިކޮށްފި

ސެކިއުރިޓީ ބެލެހެއްޓުމުގައި ހަތިޔާރު އެޅި ފުލުހުން ހަރަކާތްތެރިވަނީ.

ސެކިއުރިޓީ ބެލެހެއްޓުމުގައި ހަތިޔާރު އެޅި ފުލުހުން ހަރަކާތްތެރިވަނީ.

ލިވަޕޫލް، އިނގިރޭސި ވިލާތް (ނޮވެމްބަރު 16) - ލިވަޕޫލްގެ ހޮސްޕިޓަލެއްގެ ބޭރުގައި އެއްޗެއް ގޮއްވާލައި ދިން ހަމަލާ އަށް ފަހު އިނގިރޭސި ވިލާތުގެ ޓެރަރިޒަމް އެލާޓް މަތިކޮށްފި އެވެ.

އިންޓީރިއާ މިނިސްޓަރު ޕްރިޓީ ޕަޓޭލް ވިދާޅުވީ ޓެރަރިޒަމްގެ ނުރައްކާ އޮތް މިންވަރު ބެލުމަށް ފަހު "ހާލަތު ގޯސް" ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެއީ ދެ ވަނަ އަށް އެންމެ މަތި އެލާޓެވެ. އެ އެލާޓުން އަންގައިދިނީ އިތުރު ހަމަލާއެއްގެ ފުރުސަތު އެބަ އޮތް ކަމެވެ.

ލިވަޕޫލް ވިމެންސް ހޮސްޕިޓަލުގެ ބޭރުގައި ދިން ހަމަލާ އަކީ އޮކްޓޯބަރު މަހުން ފެށިގެން އިނގިރޭސި ވިލާތުގައި ދިން ދެ ވަނަ ޓެރަރިސްޓު ހަމަލާ އެވެ. މިދިޔަ މަހު ޕާލިމެންޓް މެމްބަރު ޑޭވިޑް އެމެސްގެ ހަށިކޮޅަށް ވަޅިން ހަމަލާދީ އަވަހާރަކޮށްލާފައި ވެ އެވެ.

އިނގިރޭސި ވިލާތުގައި ފާހަގަކުރާ "ރިމެމްބްރަންސް ސަންޑޭ" އާ ދިމާކޮށް އާދީއްތަ ދުވަހު ހެނދުނު ލިވަޕޫލްގެ ހޮސްޕިޓަލުގެ ބޭރުގައި އައިއީޑީއެއް ގޮއްވާލީ ޓެކްސީއެއްގައި ދަތުރުކޮށްފައި ދިޔަ ޕަސެންޖަރެކެވެ. އެ ހަމަލާގައި އޭނާ މަރުވި ނަމަވެސް، ޓެކްސީ ޑްރައިވަރު ވަނީ ސަލާމަތްވެފަ އެވެ.

ފުލުހުން ބުނީ އަމިއްލަ އަށް މަރުވެގެން ދިން ހަމަލާގެ ފަހަތުގައި ހުރީ އުމުރުން 32 އަހަރުގެ އިމާދް އަލް ސްވީލްމީން ކަމަށެވެ. ހަމަލާ އަށް ފަހު ފުލުހުން ބަލައި ފާސްކުރި ދެ ގެޔަކީ އޭނާއާ ގުޅުން ހުރި ދެ ތަނެވެ. އެ ތަނުން އެއް ގެއިން ފުލުހުން ވަނީ ބައެއް ތަކެތި ގެންގޮސްފަ އެވެ.

މީގެ ކުރިން ފުލުހުން ވަނީ ތުހުމަތު ކުރެވޭ ތިން މީހުން ހައްޔަރުކޮށްފައި އެވެ. އުމުރުން 21 އަހަރާއި، 26 އަހަރާއި، 29 އަހަރުގެ ތިން ފިރިހެނުން އަދިވެސް ތިބީ ބަންދުކޮށްފަ އެވެ. އުމުރުން 20 އަހަރުގެ އިތުރު ފިރިހެނަކު ހޯމަ ދުވަހުގެ ހެނދުނު ހައްޔަރުކުރި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ހަމަލާގެ އަސްލު ޓާގެޓަކީ 2000 އަށް ވުރެ ގިނަ މީހުން ޖަމާވި ލިވަޕޫލް ކެތީޑްރަލްގައި އޮތް "ރިމެމްބްރަންސް ސަންޑޭ" އެއްވުމެވެ. ހަމަލާގައި އަނިޔާވި ޓެކްސީ ޑްރައިވަރު، ޕަސެންޖަރުގެ އަމަލުތަކާ މެދު ޝައްކު އުފެދި އޭނާ އަށް ޓެކްސީ އިން ނުނިކުމެވޭ ގޮތަށް ދޮރުތައް ތަޅުލި ކަމަށް ވެ އެވެ. އެހެންވެ، އެ ޓެކްސީ ޑްރައިވަރަކީ ބަތަލެއްގެ ގޮތުގައި އިނގިރޭސި ރައްޔިތުން ދަނީ ސިފަކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox