ފިލިޕީންސް ރައީސްގެ ދަރިކަނބަލުން ނައިބު ރައީސް ކަމަށް ވާދަކުރައްވަނީ

ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ އަދި ދަރިކަނބަލުން ސާރާ. -- ފޮޓޯ: އޭއެފްޕީ

ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ އަދި ދަރިކަނބަލުން ސާރާ. -- ފޮޓޯ: އޭއެފްޕީ

މެނީލާ، ފިލިޕީންސް (ނޮވެމްބަރު 13) - ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭގެ ދަރިކަނބަލުން ސާރާ އެ ގައުމުގެ ނައިބު ރައީސް ކަމަށް ވާދަކުރަން ނިންމަވައިފި އެވެ.

ކޮމިޝަން އޮން އިލެކްޝަންސްގެ ފޭސްބުކް ޕޭޖުގައި ބުނެފައި ވަނީ 2022 ވަނަ އަހަރުގެ އިންތިހާބުގައި ސާރާ ނައިބު ރައީސް ކަމަށް ވާދަކުރައްވާނެ ކަމަށެވެ.

"މޭޔަރު އިންޑޭ ސާރާ ޑުޓާޓޭގެ މަންދޫބަކު ވަނީ އެކަމަނާ ނައިބު ރައީސް ކަމަށް ވާދަކުރައްވަން ހުށަހަޅަން ޖެހޭ ލިޔުންތައް ލަކަސް ސީއެމްޑީ ޕާޓީގެ ދަށުން ހުށަހަޅާފައި،" ސާރާގެ ތަރުޖަމާނު ކްރިސްޓީނާ ގާސިއާ ފްރާސްކޯ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

އަންނަ މޭ މަހު އޮންނަ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުންގެ ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ ނޮވެމްބަރު 15 އެވެ. އެންމެ ފަހު ވަގުތު ލިޔުންތައް ހުށަހެޅުމާ އެކު ލަކަސް ސީއެމްޑީ ޕާޓީގެ ފަރާތުން ރައީސް ކަމަށް ވާދަކުރައްވާ ފާޑިނަންޑް މާކޯސް ޖޫނިއާ ވަނީ ރަނިންމޭޓަށް މަރުހަބާ ދަންނަވާފަ އެވެ.

ކުރިން ބެލެވިފައި އޮތީ ސާރާ ރައީސް ކަމަށް ވާދަކުރައްވާނެ ކަމަށެވެ. އެކަމަނާގެ ބައްޕާފުޅު ޑުޓާޓޭގެ ހަ އަހަރުގެ ދައުރު ހަމަވުމުން ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން އިތުރަށް ރައީސްކަމުގައި ނުހުންނެވޭނެ އެވެ.

ނަމަވެސް ސާރާ ވިދާޅުވަމުން ދިޔައީ ބޭނުން ވަނީ ޑަވާއޯ ސިޓީގެ މޭޔަރުގެ މަގާމުގައި ދެމިހުންނެވުމަށް ކަމަށެވެ. އެކަމަކު ހިޔާލު ހޯދުމުގެ ޕޯލްތަކުން ދައްކާފައި ވަނީ ރައީސް ކަމަށް ކުރިމަތިލައްވައިފި ނަމަ ސާރާ އަށް ބޮޑު ތަރުހީބެއް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

އެކަމަނާ ވަނީ ފާއިތުވި ހަފުތާގެ ތެރޭގައި މޭޔަރު ކަމަށް ވާދަނުކުރަން ނިންމަވައި، ލަކަސް ސީއެމްޑީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ. އެ ޕާޓީއަކީ ސާރާގެ ގާތް ބޭފުޅެއް ކަމަށްވާ ކުރީގެ ރައީސް ގްލޯރިއާ އަރޯޔޯ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ އެވެ.

އެ ޕާޓީގެ ފަރާތުން ނައިބު ރައީސް ކަމަށް ސާރާ ނުކުމެވަޑައިގެންނެވުމުން، މާކޯސް ޖޫނިއާ އަށް އިންތިހާބު ކާމިޔާބު ކުރެއްވުމުގެ ފުރުސަތު އިތުރަށް ބޮޑުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox