ރޯލްސް ރޮއިސްއިން ނިޔުކްލިއާ ރިއެކްޓަރުގެ ވިޔަފާރީގެ ތެރެއަށް

ރޯލްސް ރޮއިސްއިން ނިޔުކްލިއާ ރިއެކްޓަރުގެ ވިޔަފާރީގެ ތެރެއަށް ވަނުމުން ކާބަން މަދު ހަކަތަ ބޭނުން ކުރުން އިތުރުވާނެ ކަމަށް އިނގިރޭވިލާތުން ބުނޭ.

ރޯލްސް ރޮއިސްއިން ނިޔުކްލިއާ ރިއެކްޓަރުގެ ވިޔަފާރީގެ ތެރެއަށް ވަނުމުން ކާބަން މަދު ހަކަތަ ބޭނުން ކުރުން އިތުރުވާނެ ކަމަށް އިނގިރޭވިލާތުން ބުނޭ.

ލަންޑަން، އިނގިރޭސިވިލާތް (ނޮވެމްބަރު 10) - އަގުހެޔޮ، ކުޑަ ނިޔުކްލިއާ ރިއެކްޓަރުތައް އުފައްދައި އިނގިރޭސިވިލާތުން ބޭރު ކުރާ ކާބަން މަދުކުރަން އެހީވާނެ ކަމަށް ވައިގެ އުޅަނދުތަކުގެ އިންޖީން އުފައްދާ ރޯލްސް ރޮއިސް ކުންފުނިން ބުނެފި އެވެ.

ރޯލްސް ރޮއިސްއިން އެހެން ބުނެފައި ވާއިރު ނިޔުކްލިއާ ހަކަތައިގެ ދާއިރާ ފުޅާކުރަން އިނގިރޭސިވިލާތުން އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން މި ފަހުން އެ ގައުމުގައި ގާއިމްކުރާ އެންމެ ބޮޑު ނިޔުކްލިއާ ޕްލާންޓް "ހިންކްލީ ޕޮއިންޓް ސީ" ގެ ބިޔަ ޕްރޮޖެކްޓު ވަނީ ލޯންޗުކޮށްފަ އެވެ.

ރޯލްސް ރޮއިސްއިން ބުނީ 547 މިލިއަން ޑޮލަރު އިންވެސްޓުކޮށްގެން ކުޑަ މޮޑިއުލާ ރިއެކްޓަރެއް އުފައްދާފައިވާ ކަމަށެވެ. އެފަދަ ރިއެކްޓަރަކީ ބޮޑެތި ނިޔުކްލިއާ ޕްލާންޓްތަކާ އަޅާ ބަލާއިރު ކުޑަ ހޭދައެއް ކޮށްގެން ފަސޭހައިން އުފެއްދޭ އެއްޗެކެވެ.

"މިއަދުގެ މި ނިންމުމަކީ ސަރުކާރުގެ ނެޓް ޒީރޯ ސްޓްރެޓެޖީ އަށް ވާސިލްވުމުގައި އެހީވުމަށް ލިބުނު އިތުރު ކުރިއެރުމެއް،" އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ނަމަވެސް, ތިމާވެށި ގްރޫޕުތަކުން ބުނީ ނިޔުކްލިއާ ހަކަތަ އަށް ވުރެ ބޮޑަށް އިނގިރޭސިވިލާތުން އިސްކަން ދޭންވީ އިއާދަކުރަނިވި ޓެކްނޮލޮޖީތަކަށް ކަމަށެވެ.

އިނގިރޭސި ސަރުކާރުގެ އަމާޒަކީ ނިޔުކްލިއާ ހަކަތައިގެ އެހީގައި 2050 ވަނަ އަހަރާ ހަމައަށް ދާން ވާއިރަށް ކާބަން ނެޓް ޒީރޯ ހާސިލް ކުރުމެވެ.

ރޯލްސް ރޮއިސްގެ އުއްމީދަކީ ނިޔުކްލިއާ ރިއެކްޓަރު ވިޔަފާރީގެ ތެރެއަށް ވަނުމުން 2050 ވަނަ އަހަރުގެ ކުދިން މަދުވެގެން 40،000 އާ ވަޒީފާ އުފެއްދުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox