އާތުރައިޓިސްގެ ވޭނާއި ތަދުގެ ވާހަކަތައް

އާތުރައިޓިސްގެ ވޭނާއި ތަދުގެ ވާހަކަތައް

ރާއްޖެ ބަލި ނުވަތަ އާތުރައިޓިސް އަކީ ހުޅުތައް ބަލިކަށި ކުރާ ތަފާތު ހާލަތްތަކަކަށް ކިޔާ އާންމު ނަމެކެވެ. މި ބަލީގެ ސަބަބުން ހުޅުތަކުގައި ރިއްސުމާއި، ދިލަ ނެގުމާއި ހަރަކާތްތައް ލަސްވެ ހެލިފެލިއުޅުން އުނދަގޫކޮށްލަ އެވެ. އާތުރައިޓިސްގެ އެތައް ވައްތަރެއް ހުންނަ އިރު މިއިން ކޮންމެ ހާލަތެއްގައި ބަލިމީހާގެ ހަށިގަނޑުން ފެންނަ އަލާމާތްތައް ތަފާތުވެ އެވެ. އަދި ގިނަ ފަހަރަށް ދޭ ފަރުވާ ވެސް ތަފާތުވެ އެވެ. އާންމުކޮށް އުމުރުން ދުވަސްވާ މީހުންނަށް ޖެހޭ ބައްޔަކަށް ވިޔަސް، ވަކި ޖިންސެއް، އުމުރެއް ނެތި ކޮންމެ މީހަކަށް ވެސް އާތުރައިޓިސް ޖެހިދާނެ އެވެ.

އާތުރައިޓިސް އަކީ ކޮބާ؟

އާތުރައިޓިސް އަކީ ހަށިގަނޑުގައި ހުންނަ ކަށިތައް، އެއްކަށި އަނެއް ކައްޓާ ގުޅޭ ހިސާބު ނުވަތަ، ހުޅުތަކަށް މެދުވެރިވާ ސިއްހީ ނުރައްކާތެރި ހާލަތެކެވެ. މި ހާލަތުގެ ސަބަބުން އާންމުކޮށް ހުޅުހުޅުން ދިލަނަގާ ގޮތް ވާނެ އެވެ. އިތުރަށް ބަލި ގޯސްވުމުން ހުޅުތައް ބިންދައިގެން ދިއުމަށް މެދުވެރިވެ އެވެ.

އެންމެ ގިނައިން އާތުރައިޓިސް ޖެހޭ ގުނަވަންތައް

Advertisement

- ފައިތިލަ

- އަތް

- އުނަގަނޑު

- ކަކޫ

- ޅިނދު ކަށިގަނޑު (ލޯވަާ ބެކް)

އާތުރައިޓިސްގެ ވައްތަރުތައް

އޮސްޓިއޯއާތުރައިޓިސް

މިއީ އާތުރައިޓިސްގެ އެންމެ އާންމު ވައްތަރެވެ. ހުޅުތައް ހަލާކުކޮށް ވަރަސް ބޮޑަށް ނާޒުކުކޮށްލާ އާތުރައިޓިސްގެ މި ހާލަތު މެދުވެރިވުމުން އެއް ހުޅު އަނެއް ހުޅާ ޖެހިފައި ހުންނަ އިރު ހުޚުތަކުގެ ކޮޅުގައި ހުންނަ މަޑު ކަށިކޮޅު ހަލާކުވުމުގެ ސަބަބުން އެއްކަށި އަނެއް ކައްޓާ ޖެހި ގޭނޭ ގޮތް ވެ އެވެ. މީގެ ސަބަބުން ހުޅުތައް ދުޅަވެ، ހަރުވެފައި ހުންނަން މެދުވެރިވެ އެވެ. ދުވަސްވުމުން ހުޅުތަކުގެ ބާރު ކަނޑިދެ އެވެ. އަދި ތަދު ބަރުދާސްކުރަން އުނދަގޫވެ މީހާގެ ހާލަތު ދެރަވަރުވެ އެވެ. މާބޮޑަށް ބަރުވުމާއި، ކުރިން ލިބިފައިހުރި އަނިޔާއެއް ފަރުވާ ނުކޮށް ބެހެއްޓުމާއި އާއިލާގައި ބަލި ވާރުތަވެފައި ހުރުމަކީ ބައްޔަށް ހުށަހެޅުން ކައިރި ކަންކަމެވެ.

ހެލިފެލިވެ އުޅުމާއި ވަކި އަތަކަށް ބަރުވާ ގޮތަށް އެއްޗެހީގައި ނުހިފުމާއި، ހޫނުފެނުން ބޮނޑިތާން ކުރުމާއި، ކަސްރަތުކުރުމުގެ އިތުރަށް ބަރުދަން ވަކި މިނެއްގައި ހިފެހެއްޓުމަކީ ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅެކެވެ. ބަލި މާ ގޯސްވެއްޖެ ނަމަ ހުޅު ބަދަލުކުރުމަށް ވެސް ބައެއް ފަހަރު ޑޮކްޓަރުން ލަފާދެ އެވެ.

ރިއުމަޓޮއިޑް އާތުރައިޓިސް

މިއީ އޮޓޯ އިމިއުން ނުވަތަ އިންފްލެމޭޓޮރީ އާތުރައިޓިސް އެވެ. އޮޓޯ އިމިއުން ގެ މާނަ އަކީ، ސިއްހީ މައްސަލައަކާ ހެދި، ދިފާއީ ނިޒާމުން، ހަށިގަނޑުގައި ހުންނަ ދުޅަހެޔޮ ސެލްތަކަށް ހަމަލާ ދިނުމުގެ ސަބަބުން ތަންތަން ދުޅަވުމާއި ކުއްލި ކުއްލިއަށް ތަދު އެރުމާއި ހަށިގަނޑުގެ އެކި ގުނަވަންތަކަށް ތަފާތު މައްސަލަތައް ޖެހެން މެދުވެރިވުމެވެ. ހުޅުތައް ދުޅަވާގޮތްވެ، އާދަޔާ ހިލާފަށް ދިލަ ނެގުމާއި ހަށިގަނޑުގެ އެކި ގުނަވަންތަކުގައި ރިއްސުން ފަދަ އަލާމާތްތައް މި ހާލަތު ހުންނަ މީހަކު ތަޖުރިބާކޮށްފާނެ އެވެ.

ރިއުމަޓޮއިޑް އާތުރައިޓިސް އާންމުކޮށް ހަމަލާދޭ ހުޅުތަކުގެ ތެރޭގައި އަތުގައި ހުންނަ ހުޅުތައް، އަތުގެ ކުޑަހުޅު، ކަކޫ ހިމެނެ އެވެ. މިއީ ހުޅުތަކުގައި ހުންނަ ޓިޝޫތައް ހަލާކުކޮށްލާ ވައްތަރަކަށް ވާތީ، އޭގެ ސަބަބުން ހަށިގަނޑުގެ ބެލެންސު ހިފެހެއްޓުން އުނދަގޫވުމާއި ގުނަވަންތަކަށް އައިބު އައުމަށް ވެސް މެދުވެރިވެ އެވެ.

ރިއުމަޓޮއިޑް އާތުރައިޓިސް ގެ ސަބަބުން ހުޅުތައް ނޫނަސް އެހެން ގުނަވަންތަކުގައި ހުންނަ ޓިޝޫތަކަށް ވެސް އަސަރުކޮށްފާނެ އެވެ. މިސާލަކަށް ފުއްޕާމެއާއި ހިތާއި ލޮލުގައި ހުންނަ ޓިޝޫތަކަށް ވެސް އަސަރުމުގެ ޗާންސު އޮވެ އެވެ.

ބައްޔަށް ހުސަހެޅެން މެދުވެރިވާ ބައެއް ސަބަބު ތަކުގެ ތެރޭގައި، މާ ބޮޑަށް ފަލަ ވުމާއި ދުންފަތުން އިސްތިއުމާލުކުރުމާއި ޅަ އިރު ސިއްހީ ނުރަނގަޅު އާދަތަކަށް ހުށަހެޅުން ފަދަ ކަންކަން ހިމެނެ އެވެ. މީގެ އިތުރުން އާންމު ސަބަބުތަކުގެ ތެރޭގައި، އުމުރަށް އަންނަ ބަދަލާއި، އާއިލީ ވާރުތަ ފަދަ ސަބަބުތައް ވެސް ހިމެނެ އެވެ.

ފައިބްރޮމަލްޖިއާ

މިއީ މުޅި ހަށިގަނޑިގައި ރިއްސުމަށް މެދުވެރިވާ އާތުރައިޓިސްގެ ވައްތަރެކެވެ. ފައިބްރޮމަލްޖިއާގެ ސަބަބުން ވަރުބަލިވުމާއި، ނިދުމަށް އުނދަގޫވުމާއި، އާންމުކޮށް ހާސްވެ ކަންބޮޑުވާ ގޮތް ވުން ފަދަ އަލާމާތްތައް ދިމާވެ އެވެ. ފައިބްރޮމަޔަލްޖިއާ ހުންނަ ބަލިމީހުންނަށް އެނޫން މީހުންނަށް ވުރެ ފަސޭހައިން، ބޮޑަށް ތަދު އިހުސާސްވާ ކަހަލަ ގޮތެއް ހުރެ އެވެ. މިއަށް ކިޔަނީ އެބްނޯމަލް ޕެއިން ރިސެޕްޝަން ނުވަތަ އާދަޔާ ހިލާފަށް، ހަށިގަނޑުން ތަދު ބަލައިގަތުމެވެ.

މި ވައްތަތުގެ އާތުރައިޓިސްގެ ސީދާ ސަބަބު އަދި ހޯދިފައެއް ނުވެ އެވެ. އެކަމަކު ކުރެވިދާނެ ފަރުވާތައް ހުރެ އެވެ.

ޖުވެނައިލް އާތުރައިޓިސް

މިއީ ތުއްތު ކުދިންގެ ހަށިގަނޑުގައި ހުންނަ އާތުރައިޓިސް އަށް ކިޔާ ނަމެކެވެ. ކުދިންގެ މެދުގައި އެންމެ ގިނައިން ފެންނަ އާތުރައިޓިސްގެ ވައްތަރަކީ، ޖުވެނައިލް އިޑިއޮޕަތިކް އާތުރައިޓިސް ނުވަތަ ޖުވެނައިލް ރިއމަޓޮއިޑް އާތުރައިޓިސް އެވެ.

މި ހާލަތު ހުންނަ ކުއްޖެއްގެ ގައިން ފެންނާނެ އަލާމާތްތަކުގެ ތެރޭގައި ދުވުމާއި ކުޅެ އުޅުމުގައި އުނދަގޫތައް ހުރުމާ އެކު ހުޅުތައް ދުލަވެ ރިއްސުމާއި އެނޫން ވެސް ރިއުމަޓޮއިޑް އާތުރައިޓިސްގެ އަލާމާތްތައް ފެނުން އެކަށީގެންވެ އެވެ.

އިންފެކްޝިއަސް އާތުރައިޓިސް

ބެކްޓީރިއާ ފަންގަސް ނުވަތަ ވައިރަސްތަކަކީ ހުޅުތަކަށް ވާސިލްވެވޭ، އަދި އޭގެ ސަބަބުން ހުޅުތަކުގެ ރިހުން ގަދަވެ ހުޅުތަކުގައި ޖަރާސީމު އަށަގެންނުވުމުގެ ގާބިލުކަން ހުންނަ އެއްޗިއްސެވެ. "ސަލްމޮނިއްލާ" އަދި "ޝިގެއްލާ" އަކީ ހުޅުތައް އިންފެކްޓް ކުރާ މައިގަނޑު ޖަރާސީމްތަކެކެވެ. އަދި "ކްލަމޭޑިއާ" (ކާނާވިހަވުން، ސާފުތާހިރުކަން ކުޑަވުމުންޖެހޭ ބަލި) އާއި "ގޮނޯރިއާ" އަދި ހެޕަޓައިޓިސް ސީ (ޖިންސީ ގުޅުމުން ޖެހޭ ބަލި) އަކީ ވެސް މިކަމަށް މަގުފަހiކުރުވާ ބަލިތަކެކެވެ.

އާންމުކޮށް މިގޮތަށް ހުޅުތަކުގައި އަށަގަންނަ ޖަރާސީމުތައް އެންޓިބައޮޓިކްސް އިން މަރާލެވެއެވެ. ނަމަވެސް ބައެއްފަހަރު ސީރިއަސް ބައްޔަކަށް ވެދެއެވެ.

މެޓަބޮލިކް އާތުރައިޓިސް (ގައުޓް)

މި ބާވަތުގެ އާތުރައިޓިސް ޖެހުމުގައި އެންމެ ބޮޑު އެއް ރޯލެއް އަދާކުރާ ހަށިގަނޑުގެ އެއް މާއްދާއަކީ ޔޫރިކް އެސިޑެވެ. ބައެއް މީހުންނަކީ ޔޫރިކް އެސިޑް ގިނަ އަދަދަކަށް ހަށިގަނޑުގައި އުފައްދާ މީހުންނެވެ. ނުވަތަ އެހާ އަވަހަށް އެ މައްދާ ހަށިގަނޑުން ބޭރުކޮށްލުން ދަތި މީހުންނެވެ. ބައެއް މީހުންގެ ހަށިގަނޑުގައި ހުންނަ މި ޔޫރިކް އެސިޑްގެ ސަބަބުން ހުޅުތަކުގައި ތިނޯސް ފަދަ މާއްދާތަކެއް އުފެދެ އެވެ. އޭގެ ސަބަބުން "ޝޮކް" ތަކެއް ގޮތަށް އަންނަ ކުއްލި ތަދުތަކެއް ތަހައްމަލު ކުރަންޖެހެއެވެ. ހަށިގަނޑުން ޔޫރިކް އެސިޑް ދަށް ނުކުރެވިއްޖެ ނަމަ މިކަން އާންމުކަމަކަށްވެ ހުޅުތަކަށް އޭގެ ނުރައްކާ ފޯރައެވެ.

ލުޕަސް

ލުޕަސް އަކީ ވެސް ހަށިގަނޑުގެ އެކި ގުނަވަންތަކަށް އަސަރުކުރާ އޮޓޯ އިމިއުން ބައްޔެކެވެ. އޮޓޯއިމިއުން ބަލިތައް ޖެހެން މެދުވެރިވަނީ ހަށިގަނޑުގެ ދިފާއީ ނިޒާމުން ހަށިގަނޑުގެ ދުޅަހެޔޮ ސެލްތަކަށް ހަމަލާދޭން ފަށާ ހިސާބުންނެވެ. އެފަދަ ހާލަތެއް މެދުވެރިވާ އަސްލު ސަބަބު އަދި ހޯދިފައެއް ނުވެ އެވެ. އެކަމަކު، އޮޓޯ އިމިއުން ބައްޔެއް ޖެހުމުން ދިފާއީ ނިޒާމަށް ހެލްތީ ސެލްތަކާއި ނުރައްކާތެރި ވައިރަހާއި ބެލްޓީރިއާ ވަކިކުރަން އުނދަގޫވެ ނުކުޅެދެ އެވެ.

ލުޕަސް ގެ އަލާމާތްތައް އެކި ގޮތްތގޮތަށް ފެނިދާނެ އެވެ. މިސާލަކަށް އެހެން ކޮންމެވެސް ބައްޔެއްގެ އަލާމާތްތަކެއް ގޮތަށް ވެސް ފެނިދާނެ އެވެ. ލުޕަސް ޑައިގްނޯސްކުރަން އުނދަގޫވާ އެންމެ މައިގަނޑު ސަބަބަކީ ވެސް މިއީ އެވެ. މި ބަލީގެ އަލާމާތްތައް އެންމެ ގޯސްވާ ހިސާބުން ފުރާނައަށް ވެސް ނުރައްކާ ވުމުގެ ޗާންސު އޮވެ އެވެ. އެހެންކަމުން މިފަދަ އަލާމާތްތަކެއް ފެންނަ ނަމަ ރިއުމަޓޮލޮޖިސްޓަކަށް އަވަހަށް ދެއްކުމަކީ މުހިއްމުކަމެކެވެ.

ދުޅަހެޔޮ ސިއްހަތަކަށް އެދޭނަމަ ފަރުވާތެރިވުމަކީ މުހިއްމު ކަމެކެވެ. ފަރުވާތެރިވުމުގެ ފުރަތަމަ ފެށުމަކީ އަމިއްލަޔަށް ހޭލުންތެރިވުމެވެ. ބަލިތަކާ ބެހޭގޮތުން މައުލޫމާތު މުއްސަނދިވި ވަރަކަށް މީހާގެ ސިކުނޑި އެލާޓްވާނެ އެވެ. އެހެންކަމުން އަމިއްލަ ސިއްހީ ހޭލުންތެރިކަން އިތުރުކުރާށެވެ. ހެލިފެލިވެ އުޅޭ ދިރިއުޅުމެއް އިހުތިޔާރުކުރާށެވެ.

ނޯޓް؛ މި އާޓިކަލް އަށް މައުލޫމާތު ނަގާފައިވަނީ ސެންޓަ ފޮ ޑިސީސް ކޮންޓްރޯލް (ސީޑީސީ) ގެ ވެބްސައިޓުންނާއި މަޔޯކްލިނިކް ގެ ވެބްސައިޓުންނެވެ. މި މައުލޫމާތަކީ އެއްވެސް މީހަކަށް އަމިއްލަ އަށް ބަލި ޑައިގްނޯސްކުރަން އެހީވެދޭނެ މައުލޫމާތުތަކެއް ނޫނެވެ. މިއީ ހަމަ އެކަނި ސިއްހީ މައްސަލަތަކަށް ހޭލުންތެރިކުރުމުގެ ގޮތުން ހިމަނާ މައުލޫމާތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox